Advertisement
ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 23:06
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ބިލްޑިންގ ހުޅުވުމުގެ ކުރިން ކިއު މެނޭޖު ކުރުމާ ބެހޭ ތަމްރީނު ތައް ކުރިއަށް ދަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ބިލްޑިންގ ހުޅުވުމުގެ ކުރިން ކިއު މެނޭޖު ކުރުމާ ބެހޭ ތަމްރީނު ތައް ކުރިއަށް ދަނީ
އެމްއޭސީއެލް
ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތައް ބިޑަށް ނުލައި ދޫކުރާ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ އައު ޓާމިނަލް ގައި ޑިއުޓީ ފްރީ ފިހާރަ އާއި ފުޑް ކޯޓް ހިންގާ ޖާގަތައް، އާއްމުކޮށް އިއުލާނު ކުރުމެއް ނެތި، ވަކިބަޔަކަށް ދޫކުރަމުންދާ ކަމަށް ބުނެފައިވޭ
އެއްވެސް ހާމަކަމެއް ނެތި، ކޮރަޕްޝަނުގެ ޢަމަލުތަކެއްގެ ތެރެއިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އަށް ބޮޑު ފައިދާވާން އޮތް ކަމެއްގައި އެ ކުންފުންޏަށް ގެއްލުންވާގޮތަށް ހިންގާ ޢަމަލުތަކެއްކަން ވަނީ ފާހަގަ ކޮށްފައި
މައްސަލަ ބައްލަވައިދެއްވައި، އެކަން ހުއްޓުވައި ދެއްވުމަށް، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތައް ބިޑު ނުކޮށް، ވަކި ބަޔަކަށް ދޫކުރަމުންދާ ކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އޭސީސީ އަށް ހުށަހަޅައިފައި ވަނީ އާއްމު ފަރާތަކުންނެވެ.

ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ އައު ޓާމިނަލް ގައި ޑިއުޓީ ފްރީ ފިހާރަ އާއި ފުޑް ކޯޓް ހިންގާ ޖާގަތައް، އާއްމުކޮށް އިއުލާނު ކުރުމެއް ނެތި، ވަކި ބަޔަކަށް ދޫކުރަމުން ދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށާއި، އެއީ، އެއްވެސް ހާމަ ކަމެއް ނެތި، ކޮރަޕްޝަނުގެ ޢަމަލު ތަކެއްގެ ތެރެއިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އަށް ބޮޑު ފައިދާ އެއް ވާން އޮތް ކަމެއްގައި އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް ހިންގާ ޢަމަލުތަކެއް ކަން ފާހަގަ ކޮށް، އެ މައްސަލަ ބައްލަވައި ދެއްވައި، އެކަން ހުއްޓުވައި ދެއްވުމަށް، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވެއެވެ.

އަދި، އާއްމުކޮށް އިއުލާނު ކޮށްގެން، ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ލިބޭ ގޮތަށް، އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ޖާގަތައް ލިބޭ ގޮތަށް އެ ތަންތަން ދޫކުރުމުގެ ކަންކަން ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އަށް އަންގަވައި ދެއްވުމަށް ވެސް އެ ފަރާތުން އެދިފައިވެއެވެ.

އޭސީސީ އަށް އެ މައްސަލަ ހުށަހެޅި އިރު އޭސީސީ ގެ ރަައީސް އަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ފަރާތެއްގެ ގޮތުގައި، ގާނޫނަށް ބަދަލު ގެނެސް ގެން، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ހަދާފައެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ އެއްވެސް މައްސަލަ އެއް އޭސީސީން ބަލައިފާނެ ކަމަށް ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ވެލާނާ އެއާރޕޯޓްގެ އެކި ކަންކަމުގައި މިހާރު އިންތިހާ އަށް ކޮރަޕްޝަން ހިންގަމުން އަންނަ ކަމަށް ވާހަކަތައް ފެތުރެމުން ދާ މި ދަނޑިވަޅުގައި، އަލަށް ތަރައްގީ ކުރި ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވައި އެތައް މިލިއަން ޑޮލަރެއް އެކިއެކި ފަރާތްތަކަށް ދެމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އަދި ހަމަ އެހެންމެ، ޕްރައިވެޓް ޖެޓް ޓާމިނަލް ދުބާއީގެ ޖެޓެކްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 25 އަހަރަށް ދިނުމަށްވެސް މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަ ވަނީ ފެންމަތިވެފައެވެ.

- ކޮމެންޓް