Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

ޔާމީން ކެމްޕެއިން އަށް ފައިސާ ހޯއްދެވި ގޮތުން އިތުރު ގާނޫނީ ސުވާލު ތަކެއް

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓުގައި ގާތް ގަނޑަަކަށް ފަސް މިލިއަން ޑޮލަރު އުޅޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2025 | ބުރާސްފަތި 11:34
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ފުލުހަށް ޙާޟިރު ކުރި ދުވަހު ސަޕޯޓަރުންނާ އިޝާރާތް ކުރައްވަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ފުލުހަށް ޙާޟިރު ކުރި ދުވަހު ސަޕޯޓަރުންނާ އިޝާރާތް ކުރައްވަނީ

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނާއި، ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފަށް ކެމްޕެއިން ފައިސާ ހޯދާފައިވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިއްތިރާފުވެ ވަޑައިގެންފި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ދެއްކި ވާހަކަފުޅުގަ އެވެ. އެގޮތުން އެމަނިކުފާނުގެ ވެރި ކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެކައުންޓުގައި ކިހާ ފައިސާއެއް ދައުރު ކޮށްފައިވާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓުގައި ގާތް ގަނޑަަކަށް ފަސް މިލިއަން ޑޮލަރު އުޅޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ހުންނާނީ ޑޮލަރުން ކަމަށާއި، ދިވެހި ރުފިޔާ ހުންނާނެ ކަމެއް ބުނަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އިތުރަށް ޔާމީން ވިދާޅުވީ އެ ފައިސާ ގެންގުޅުނީ އެމަނިކުފާނުގެ ސޭވިންސް އެކައުންޓުގައި ކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ޑޮލަރުން ފައިސާ ހުންނަން ޖެހުނު އެއް ގޮތަކީ ދިވެހި ރުފިޔާ ޑޮލަރަށް ބަދަލު ކޮށްގެން ކަމަށެވެ. އެއީ ޞައްހަ މުއާމަލާތެއްކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުގައި ފައިސާ ހުންނަން ޖެހުނު ސަބަބު މީޑިއާ ތަކުގައި ކިޔައި ދެއްވާފައި ވާނެ ކަމަށެވެ.

އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ އެމަނިކުފާނު ނިކުންނެވިއިރު، އެ ކެމްޕެއިންގެ ވަރަށް ބޮޑު ޚަރަދުތަކެއް ހިލޭ ހަމަޖެހިގެން ދިޔަ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން އެމަނިކުފާނަށް އެހީތެރިވާ ކަމަށާއި، އެ ފައިސާތައް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އަތުގައި ހުންނާނެ ކަމަަށް ވިދާޅުވެފައި ވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެ ފަރާތްތަކަކީ ރާއްޖޭގައި އެއްވެސް ގޮތަކަށް އިންވެސްޓު ކޮށްގެން އުޅުނު ބައެއް ނޫން ކަމަށާއި، އެ ފައިސާ އަކީ އެމަނިކުފާނުގެ ކެމްޕެއިން އަށް ދީފައިވާ ފައިސާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރު އަދިވެސް، ކުރީގެ ޓުވަރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަދީބު އަތުގައި ވާނެ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

ރައީސް ކަމުގައި ހުންނެވިއިރު ބޭރުގެ ފަރާތްތަކުން ބޮޑެތި އަދަދު ތަކުން ފައިސާ ދީފައި ވަނީ އެމަނިކުފާނުގެ މަސައްކަތަށް ހެޔޮ އެދޭ ފަރާތްތަކުން ކަމަށާއި، އެ ފައިސާ ދިނީ އެމަނިކުފާނާ ރައްޓެހި އަދި ގާތް ފަރާތްތަކުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އެ ފައިސާ ދީފައި ވަނީ އެމަނިކުފާނަށް ރިޔާސީ ދެ ވަނަ ދައުރެއް ލިބިގެން އެ މީހުން ބޭނުން ވެގެން ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މިހާރު ވެސް އެ ބޭފުޅުންގެ އަތުން އެހީތެރިކަން ނުވަތަ ފައިސާ ލިބޭތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ، "ދެން ތިވާހަކަ ދައްކާކަށް ނުޖެހޭ" ކަމަށެވެ.

ވެރިކަމުގެ ފަސް އަހަރުގައި އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ އެކައުންޓުގައި ގާތް ގަނޑަކަށް ފަސް މިލިއަން ޑޮލަރު އުޅޭނެ. ޑޮލަރުން ބޮޑު ބައި ހުންނާނީ، ދެން ރުފިޔާ އިން ކޮންމެ ވެސް ނޫޅޭ ކަމެއް ނޭނގޭ، އެކަމަކު ޑޮލަރުން ބޮޑު ބައި ހުންނާނީ. އެއީ އަޅުގަނޑުގެ ސޭވިންސް އެކައުންޓުގައި އެ ލާރި ގެން ގުޅުނީ. އެއީ ދިވެހި ރުފިޔާ ޑޮލަރަށް މާރު ކުރުން އެއީ އެއް ކަންތައް ދެއްތޯ. މާރު ކުރެވޭ ނޫންތޯ، އެއީ ހަމަ ޞައްޙަ މުއާމަލާތެއް ނޫންތޯ. ދެން އަޅުގަނޑު ކިޔައިދީފިން މީޑިއާގައި ކީއްވެގެންކަން އަޅުގަނޑު އަތުގައި އެންމެ ފުރަތަމަ ފައިސާ ހުރީ. އެއީ އެންމެ ފުރަތަމަ އަޅުގަނޑު ކެމްޕެއިނަށް ނިކުތްއިރު، ދެހާ ތޭރައިގައި ކެމްޕެއިން އަށް ނިކުތްއިރު އަޅުގަނޑަށް ކެމްޕެއިންގެ ވަރަށް ބޮޑެތި ޚަރަދުތައް ހިލޭ ޖެހިގެން ދިޔަ. އެއީ ބޭރުން ހަމަ އަޅުގަނޑަށް އެހީތެރިވާ ފަރާތްތަކުން ދީފައި ހުރި ފައިސާ، އެއީ ރާއްޖެގެ އެކި ކަންކަމަށް، އެއީ އެއްގޮތަކަށް ވެސް މިތާ އިންވެސްޓު ކޮށްގެން އުޅޭ ބައެއް ނޫން. އަޅުގަނޑު ކެމްޕެއިން އަށް ހަމަ އެހީތެރިވާން ލިބުނު ފައިސާ އެއީ. އެ ފައިސާ އަދީބު އަތުގައި އަދިވެސް ވެއްޖެ ފަސް މިލިއަން ޑޮލަރު. އެއީ އަޅުގަނޑުގެ މަސައްކަތަށް ހެޔޮ އެދޭ ފަރާތްތަކުން، އަޅުގަނޑާ ރައްޓެހި، ގާތް، ރަޙުމަތްތެރި ފަރާތްތަކުން އެމީހުން ބޭނުންވީ އަޅުގަނޑަށް ރިޔާސީ ދެ ވަނަ ދައުރެއް ލިބެން.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވާހަކަ ތަކަކީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފު ވާހަކަތަކެކެވެ. އެގޮތުން ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގެ ނުވަ ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޤާނޫނު އަސާސީ ގައި ބަޔާން ކޮށްފައިވާ އިންތިޚާބެއް ގައި ވާދަ ކުރުމަށް ކެމްޕޭން ކުރުމަށްޓަކައި ބިދޭސީ ސަރުކާރަކުން، ނުވަތަ ބިދޭސީ ޖަމާޢަތަކުން، ނުވަތަ ބިދޭސީ ފަރުދެއްގެ އަތުން ފައިސާ ހޯދުމަކީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ހަމަ އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި ވަނީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ނުވާނެ ކަމަށް އެ މާއްދާގެ (ހ) ގައި ކަނޑަ އަޅާފައިވާ ކަމެއް، ޕާޓީގެ މަޤާމަކަށް އިންތިޚާބު ކޮށްފައިވާ، ނުވަތަ ޢައްޔަން ކޮށްފައިވާ މީހަކު ވެސް ރާއްޖޭ ގައި ބޭއްވޭ އިންތިޚާބަކަށް ޕާޓީގެ ނަމުގައި ކުރިމަތި ލާފައިވާ މީހަކު ވެސް، އަދި ޕާޓީގެ ނަމުގައި އެ އިންތިޚާބެއް ކާމިޔާބު ކޮށްފައިވާ މީހަކު ވެސް ކޮށްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 70 ވަނަ މާއްދާގައި ބުނެފައި ވަނީ، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށް ޓަކައި، ނުވަތަ ބޭނުން ކުރުމަށް ޓަކައި އަންނަނިވި ފަރާތްތަކުން ދޭ ފައިސާ ނުވަތަ ތަކެތި، އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން އެހެން މީހަކު ވިޔަސް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.

އެގޮތުން ބިދޭސީންނާއި، ބިދޭސީ ފަރާތްތަކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާޢަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި ޤަބޫލު ކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާން ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު