Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ޤަތުލުޢާންމުގެ ކުރިން އޮތް އިޤްތިޞާދު ޣައްޒާއަށް އަތުވިއަސް، އަތުވާނީ 2092 ގައި: އދ

ޣައްޒާގެ އާބަދީގެ 3 ބައިކުޅަ 2 ބައި މީހުންނަކީ އިންތިހާ ފަޤީރު ކަމުގެ ޙާލުގައި ދިރިއުޅޭ މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2024 | އަންގާރަ 04:28
ރާމީ އަލްޢައްޒާ؛ ފަލަސްޠީނުގައި މަސައްކަތް ކުރާ އދގެ އިކޮނޮމިސްޓެއް

ރާމީ އަލްޢައްޒާ؛ ފަލަސްޠީނުގައި މަސައްކަތް ކުރާ އދގެ އިކޮނޮމިސްޓެއް

ފަލަސްޠީނުގައި އުފެދުނު ދާޚިލީ ހަމަނުޖެހުންތަކަކަށް ފަހު، ޙަމާސް ޖަމާޢަތުން 2007 ވަނަ އަހަރު ޣައްޒާގެ ކޮންޓްރޯލް ނެގި ފަހުން، މިދިޔަ 16 ވަރަކަށް އަހަރަކީވެސް ޣައްޒާއަށް މާ ތިޔާގި ދުވަސްތަކެއް ނޫނެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، މުޅި ސަރަޙައްދު މުށްދަށު ލުމަށް ދަހިވެތި ވެފައި އޮތް ޔަހޫދީ އިޒްރޭލާއި، ޣައްޒާއާ ބޯޑަރު ހިއްސާ ކުރާ މިޞްރުގެ އިތުރުން، ފަލަސްޠީނުގެ މައި ސަރުކާރުންވެސް ޣައްޒާ ފިއްތާލީއެވެ.

ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަ ކުރާ ޣައްޒާގައި 2.3 މިލިއަނެއްހާ މީހުން، އިންތިހާ ދަތި ޙާލުގައި، އެހެން ނަމަވެސް، ލިބުނު އެއްޗަކުން ފުއްދާލައިގެން ދިރިއުޅުމައިގެން ކުރިއަށް ދަނިކޮށް، ނިރުބަވެރި އިޒްރޭލުން މީގެ 4 މަހެއްހާ ދުވަސް ކުރިން ހިންގަން ފެށި ޤަތުލުޢާންމުގައި މުޅި ޣައްޒާ އެފުށް މިފުށަށް ޖަހައިފިއެވެ. ޣައްޒާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ، ޤަތުލުޢާންމުގެ ކުރިން ހުރި މިންވަރުތަކާ ހިސާބަށް ގެންދިއުމަށް އެކަނިވެސް 'އެތައް 10 އަހަރެއް' ހޭދަ ވާނެ ކަމަށް، ވިޔަފާރިއާ ބެހޭ އދގެ އިދާރާއިން ޢާންމު ކުރި ރިޕޯޓްގައި ބުނެފައި ވެއެވެ. އެއީވެސް، މިހާރުން މިހާރަށް ޤަތުލުޢާންމުގައި ސިއްކަ ޖަހައިފިނަމައެވެ.

އދގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓް (ޔޫއެންސީޓެޑް) އިން ބުނާ ގޮތުގައި، ޤަތުލުޢާންމާއެކު ޣައްޒާގެ ޖީޑީޕީ، 24 ޕަސެންޓް ދަށްވެ، އިޤްތިޞާދު ހީނަރުވެ، ޖީޑީޕީއިން އަހަރެއްގެ މައްޗަށް ބޮލަކަށް ޖެހޭ ނިސްބަތްވެސް 21 ޕަސެންޓް ވަނީ ދަށްވެފައެވެ.

ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލާ، އާރާސްތު ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށައިފި ނަމަ، 2002 އާއި 2007 ވަނަ އަހަރާ ދެމެދު ހޯދި އިޤްތިޞާދީ ކުރިއެރުންތަކާ އެއް ފަންތިއެއްގައި، އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި، 0.4 ޕަސެންޓްގައި ބެހެއްޓޭނީ، ނުވަތަ ޤަތުލުޢާންމުގެ ކުރިން، ޣައްޒާގެ ޖީޑީޕީ ހުރި ހިސާބަށް ވާސިލު ވެވޭ ވަރު ވާނީ، 2092 ވަނަ އަހަރުގައި ކަމަށް، ވިޔަފާރިއާ ބެހޭ އދގެ އިދާރާއިން ވަނީ ބުނެފައެވެ.

ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ހިނގަމުން ދާ ނަމަ، ޣައްޒާގެ ޖީޑީޕީ ކުރި އަރާ ދިއުމުގެ ނިސްބަތް އުޅޭނީ އަހަރަކަށް ބަލާނަމަ 10 ޕަސެންޓްގައި ކަމަށާ، 2006 ވަނަ އަހަރު ޣައްޒާއަށް ފިއްތުންތައް ކުރިމަތިވާން ފެށި ދުވަސްވަރުގެ ކުރިން، ޖީޑީޕީއިން ބޮލަކަށް ޖެހުނު މިންވަރާ އެއް ހަމައަކަށް އެ ނިސްބަތް ގެންދެވެނީ 2035 ހާ ހިސާބުގައި ކަމަށްވެސް އދއިން ވަނީ ބުނެފައެވެ.

2014 ވަނަ އަހަރަކީވެސް އިޒްރޭލުގެ ވަރުގަދަ ޢުދުވާންތަކެއް ޣައްޒާއަށް އަމާޒު ކުރި އަހަރެކެވެ. އެ ފަހަރުގެ ޙަމަލާތަކުގައި ޣައްޒާއަށް ލިބުނު ގެއްލުމުގެ އަގު އެކަނިވެސް 3.9 ބިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން، މިހާރު ހިންގަމުންދާ ޤަތުލުޢާންމުގައި ޣައްޒާއަށް ކުރިމަތިވެފައި އޮތް ގެއްލުމުގެ އަގު ވަޒަން ކުރަންވެސް ދައްޗެވެ.

ސިލްސިލާ ގޮތެއްގައި އިޒްރޭލުން ކުރިމަތިކުރާ ފިއްތުންތަކާއި ފުރައްސާރައިގެ ސަބަބުން، ޤަތުލުޢާންމުގެ ކުރިންވެސް، ޣައްޒާގެ އިޤްތިޞާދު އޮތީ ހީނަރުވާ އަތަށް އަޅާފައެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ޣައްޒާގެ އިޤްތިޞާދު ހީނަރުވި ނިސްބަތް އުޅުނީ 4.5 ޕަސެންޓްގައި ކަމަށް ޔޫއެންސީޓެޑްއިން އަންދާޒާ ކުރެއެވެ.

ޣައްޒާގެ އާބަދީގެ 3 ބައިކުޅަ 2 ބައި މީހުންނަކީ އިންތިހާ ފަޤީރު ކަމުގެ ޙާލުގައި ދިރިއުޅޭ މީހުންނެވެ. ޤަތުލުޢާންމާއެކު، މިއަދު މުޅި އާބާދީ އޮތީ ރެފިއުޖީންނަށް ވެފައޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ޣައްޒާގައި ވަޒީފާ އަދާ ކުރެވޭ ޢުމުރަށް ބަލާއިރު، 45 ޕަސެންޓް މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. މި ދެންނެވި ޤަތުލުޢާންމުގެ ކުރިން، ޣައްޒާގެ ޙާލަތު އޮތް ގޮތެވެ.

ޔޫއެންސީޓެޑްއިން ހާމަ ކުރި ގޮތުގައި، މިދިޔަ ޑިސެމްބަރު މަހު، ޣައްޒާގައި ވަޒީފާއެއް ނެތް މީހުންގެ ނިސްބަތް ވަނީ 79.3 ޕަސެންޓަށް އިތުރުވެފައެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު