Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ސަމިޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ ފޮރިން މިނިސްޓަރު ވަރްސެން އަޣާބެކިއަން ޝާހިން ވިދާޅުވެފައި ވަނީ، މުޅި ދުނިޔޭގައި ވެސް ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމުގެ ވާހަކަ ހަރު އަޑުން ދައްކަމުން އަންނަ ކަމަށާއި، މިހާރު ޖެހޭނީ އެކަން ހަގީގަތަކަށް ހެދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމަށެވެ.

ފަލަސްޠީނު ދައުލަތެއް ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ ތާއީދު އިތުރުވަމުންދާއިރު ނިއުޔޯކްގައި ސަމިޓެއް ބޭއްވުމަށް ހަމަޖެހިފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2025 | ހޯމަ 07:42
ފަލަސްޠީނުގެ ދިދަ

ފަލަސްޠީނުގެ ދިދަ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް އިތުރު ޤައުމު ތަކެއް ތާއީދު ލިބެމުންދާއިރު، ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން ދެ ދައުލަތުގެ ޙައްލު ހޯދުމަށް އިތުރަށް މަގު ފަހި ކުރުމަށް މަސައްކަތް ފަށައިފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ހޯމަ ދުވަހު އޮންނަ ސަމިޓުގައި ގިނަ ޤައުމު ތަކެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާއިރު، ދެ ދައުލަތުގެ ހައްލަކަށް މަގު ފަހި ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ.

އެ ސަމިޓުގައި ބައެއް ޤައުމު ތަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަލައި ގަތުމަށް ނިންމާފައިވާއިރު، އިސްރާއީލް އާއި އެމެރިކާ އިން އެ ސަމިޓު ބޮއިކޮޓް ކުރާނެ ކަމަށްް، އިސްރާއީލް އިން އދ އަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ޑެނީ ޑެނޮން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، މި ފަދަ ސަމިޓެއް ބޭއްވުމަކީ މައްސަލަ އަށް އެހީތެރިވާނެ ކަމެއް ނޫން ކަމަށާއި، އެއީ ޓެރަރިޒަމް އަށް ހިތްވަރު ދިނުން ކަމަށެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ހޯސްޓު ކުރައްވާ އެ ސަމިޓާ ދެކޮޅަށް އިސްރާއީލް އިން އަޅާނެ ފިޔަވަޅު ތަކުގެ ތެރޭގައި ވެސްޓް ބޭންކުގެ ބައެއް އެނެކްސް ކުރުމާއި، ފްރާންސްއާ ދެކޮޅަށް ވަކި ފިޔަވަޅު ތަކެއް އެޅުން ހިމެނިދާނެ ކަމަށް އިސްރާއީލްގެ ބައެއް އިސްވެރިން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާ އިން ވެސް ބުނެފައި ވަނީ، އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު އަޅާ ފަރާތްތަކަށް ނޭދެވޭ ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އޭގެ ތެރޭގައި ސަމިޓު ބާއްވާ ފްރާންސްއާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުން ހިމެނިދާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފަ އެވެ.

އިނގިރޭސިވިލާތާއި، ކެނެޑާ، އޮސްޓްރޭލިއާ އަދި ޕޯޗުގަލް އިން އާދީއްތަ ދުވަހު ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަލައިގެންފަ އެވެ. މީގެ އިތުރުން ފްރާންސް އާއި އިތުރު އެހެން ފަސް ޤައުމަކުން ހޯމަ ދުވަހު އޮންނަ ސަމިޓުގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަލައި ގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްރާއީލް އާއި އެމެރިކާ އިން ސަމިޓާ ދެކޮޅު ހަދާފައިވާއިރު، ސަމިޓުގައި ބައިވެރިވާ ފަލަސްޠީނުގެ ވަފުދަށް ވިސާ ނުދޭން އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އެކަމުގެ ސަބަބުން، ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް އަށް ސަމިޓުގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފަ އެވެ. އޭގެ ބަދަލުގައި އދ އިން ނިންމާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސަމިޓުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އައްބާސް އަށް ދިނުމަށެވެ.

ފްރާންސް އާއެކު ސަމިޓު ހޯސްޓު ކުރާ ސައުދީ އަރަބިއްޔާގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ވެސް ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ނަމަވެސް، ފްރާންސްގެ ރައީސް މެކްރޮން ސަމިޓުގައި ބައިވެރިވުމަށް އެމެރިކާ އަށް ވަޑައިގަންނަވާނެ އެވެ.

ސަމިޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ ފޮރިން މިނިސްޓަރު ވަރްސެން އަޣާބެކިއަން ޝާހިން ވިދާޅުވެފައި ވަނީ، މުޅި ދުނިޔޭގައި ވެސް ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމުގެ ވާހަކަ ހަރު އަޑުން ދައްކަމުން އަންނަ ކަމަށާއި، މިހާރު ޖެހޭނީ އެކަން ހަގީގަތަކަށް ހެދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ

ފަލަސްތީނު-އިސްރާއީލްމަޙްމޫދު އައްބާސްސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންއެމެނުއެލް މެކްރޯންފަލަސްޠީނު ދައުލަތްޣައްޒާ ހަނގުރާމައެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު