Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

ރޫބިއޯ ވިދާޅުވީ، އަލްބަނީސް މަަސައްކަތް ކުރަނީ އެމެރިކާ އާއި، އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓުން ފިޔަވަޅު އަޅަން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖުލައި 2025 | ބުރާސްފަތި 13:56
ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ޔޫރަޕިއަން ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފްރާންސެސްކާ އަލްބަނީސް ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ - ޑިސެމްބަރު 11، 2024

އދ ގެ ޚާއްސަ ރެފައުޓާ ފްރާންސެސްކާ އަލްބަނީސްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި އެވެ. 

މިއީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ކުށްވެރިކޮށް، އިސްރާއީލަށް ފާޑު ކިޔަމުން އަންނާތީ އޭނާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅެވެ.

އެކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެވެ. ރޫބިއޯ ވިދާޅުވީ، އަލްބަނީސް މަަސައްކަތް ކުރަނީ އެމެރިކާ އާއި، އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓުން ފިޔަވަޅު އަޅަން ކަމަށެވެ. އަދި އެމެރިކާ އާއި އިސްރާއީލާއި، އަދި އެ ދެ ޤައުމާ ގުޅުން އޮންނަ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، އެމެރިކާ އިން އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ރޫބިއޯ ވަނީ ހާމަ ކޮށްފަ އެވެ.

އިޓަލީ އަށް ނިސްބަތްވާ އަލްބަނީސް ވަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ ކެމްޕެއިނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޤައުމުތަކުން އިސްރާއީލާ އެކު ހަތިޔާރުގެ ވިޔަފާރި އާއި އެހެނިހެން ގުޅުންތައް މެދު ކަނޑާލުމަށް ވެސް އަލްބަނީސް ވަނީ ގޮވާލައްވައިފަ އެވެ.

އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމުމާ އެކު، އޭނާ ވިދާޅުވީ ޢަދުލު އިންސާފުގެ މަގުގައި ޚަރުދަނާކަމާ އެކު ދެމި ހުންނާނެ ކަމަށެވެ. އަދި އެމެރިކާގެ އެ ނިންމުމަކީ މާފިޔަ ސްޓައިލްގެ ބިއްރު ދެއްކުމުގެ އުކުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނަރަލް އަގްނެސް ކަލަމާޑް ވިދާޅުވެފައި ވަނީ، އަލްބަނީސްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު ކުޑަ ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އދގެ އިންސާނީ ހައްގުތަކުގެ ކައުންސިލާ އެކު ގޮތް ގުޅުން މެދު ކަނޑާލައިފަ އެވެ. އަދި ފަަަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ ޔޫއެންއާރުޑަބްލިއުއޭ އަށް ދެމުން އައި މާލީ އެހީތެރިކަން ވެސް ވަނީ މެދު ކަނޑާލައިފަ އެވެ.

އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމުމުން، ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި، އިދާރާ ތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެމެރިކާއެކުވެރި ދައުލަތްތައް (އ.ދ.)މާކޯ ރޫބިއޯ އދ. ގެ ސްޕެޝަލް ރެޕަޓުއަރ ފްރޭންސިސްކާ އަލްބަނީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު