Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ކްލޮޕާ ގުޅޭ ގޮތުން ކުރި ސުވާލަށް ޑެކޯގެ ސާފު ޖަވާބެއް ނެތް!

ކްލޮޕް ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2024 | އަންގާރަ 02:43
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމަށް ގެންނަން ބޭނުންވާ ކެންޑިޑޭޓުންގެ ލިސްޓުގައި، ޖަރުމަނުގެ ޔާގަލް ކްލޮޕްގެ ނަން އޮތްތޯ ކުރި ސުވާލަށް ސާފު ޖަވާބެއް ދިނުމަށް، ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ދެކޮޅު ހައްދަވައިފި އެވެ.

ބާސެލޯނާގެ ކޯޗުކަމުގައި މިވަގުތު ހުރި ސްޕެއިންގެ ޒަވީ ހެނާންޑޭޒް ވަނީ، މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. ބާސެލޯނާ ދޫކޮށްލަން ޒަވީ ނިންމިއިރު، އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސެލޯނާގެ ނަތީޖާތައް ދަށްވެފައިވާތީ، ޒަވީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

މިވަގުތު ލިވަޕޫލް އަށް އިރުޝާދު ދެމުން އަންނަ ކްލޮޕް ވަނީ، މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމައިފަ އެވެ. އަށް އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމި ނަމަވެސް، އޭނާގެ ކުރިމަގުގައި ނިންމާނެ ވަކި ގޮތެއް ކްލޮޕް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ކްލޮޕް ވަނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކާ ހަވާލު ނުވާނެ ކަމަށް ބުނެފަ އެވެ.

ބާސެލޯނާ އިން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ކްލޮޕް ހިމެނޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޑެކޯ ވިދާޅުވީ، ކްލޮޕް އަކީ ތަޖުރިބާކާރު މޮޅު ކޯޗެއް ކަމަށެވެ. ނަމަވެސް ޑެކޯ ވިދާޅުވި ގޮތުގައި، މިއީ އެ ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ނުވަތަ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ބާސެލޯނާގެ ކޯޗަކަށް ގެންނަން ބޭނުންވާ ކެންޑިޑޭޓުންގެ ލިސްޓުގައި ގިނަ ނަންތަކެއް އޮތް ކަމަށާއި، ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ފަހުން ކަމަށެވެ. ޑެކޯ ވަނީ ކްލޮޕާ ގުޅޭ ގޮތުން ސާފު ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

ބާސެލޯނާ އިން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި އެ ޓީމުގެ ކުރީގެ ކޯޗު، މިހާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދެމުން އަންނަ ލުއިސް އެންރީކޭގެ އިތުރުން، ބެލްޖިއަމް ޤައުމީ ޓީމުގެ ކުރީގެ ކޯޗު އަދި މިހާރު ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗު ރޮބާާޓޯ މާޓިނޭޒް އަދި ބަޔާން މިއުނިކާއި، ޖަރުމަނު ޤައުމީ ޓީމަށް ކުރިން އިރުޝާދު ދީފައިވާ ހަންސީ ފްލިކް ހިމެނޭ ކަމަށް ސްޕެއިންގެ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ބާސެލޯނާޔާގެން ކްލޮޕްޑެކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު