Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އައު ކޯޗަކަށް ގެންނާނީ ރެކޯޑު އޮތް މީހެއް: ލަޕޯޓާ

އައު ކޯޗެއްގެ ގޮތުގައި އަންނަ މީހަކު ވާން ޖެހޭނީ ރެކޯޑެއް ނުވަތަ ފުރިހަމަ ރެކޯޑެއް އޮތް މީހެއް ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2024 | ހޮނިހިރު 01:30
ބާސެލޯނާ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުލަބުގެ ރައީސް ލަޕޯޓާ

ބާސެލޯނާ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުލަބުގެ ރައީސް ލަޕޯޓާ

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމަށް ގެންނާނީ، ރެކޯޑު އޮތް މީހެއް ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، މި ސީޒަނަށް ފަަހު ބާސެލޯނާގެ ކޯޗުކަމުން ޒަވީ ހެނާންޑޭޒް ވަކިވާން ނިންމާފައި ވަނިކޮށެވެ. އެއާއެކު ބާސެލޯނާ އިން އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބައެއް ފަރާތްތަކުގެ ނަންތައް އެކި އެކި މީޑިއާ ތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ލަޕޯޓާ ވިދާޅުވީ، އައު ކޯޗެއްގެ ގޮތުގައި ގެންނާނެ މީހެއް އެންމެ ރަނގަޅަށް އިނގޭނީ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އަށް ކަމަށެވެ. އައު ކޯޗެއްގެ ގޮތުގައި އަންނަ މީހަކު ވާން ޖެހޭނީ ރެކޯޑެއް ނުވަތަ ފުރިހަމަ ރެކޯޑެއް އޮތް މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނޫން ނަމަ، ކޯޗަކާމެދު ބާސެލޯނާ އިން ގޮތެއް ނިންމާނީ، ވަރަށް ފުރިހަމަ އަށް ވިސްނުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ، ބާސެލޯނާ އިން ދެން ވެސް ނިންމާނީ، ކުލަބަށް އެންމެ ރަނގަޅު ނިންމުން ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

ބާސެލޯނާ އިން ގެންނަން މަސައްކަތް ކުރާ ކޯޗުންގެ ލިސްޓާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެކި ފަރާތްތައް ލިސްޓުގައި ހިމެނޭ ކަމަށެވެ. މީޑިއާ ތަކުން ބުނާ ގޮތުގައި ބާސެލޯނާ އިން ގެންނަން މަސައްކަތް ކުރާ ކޯޗުންގެ ލިސްޓުގައި، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާާ ރަފައެލް މާކުއޭޒް އެބަ އޮތެވެ. އެކަމާ ގުޅޭ ގޮތުން ލަޕޯޓާ ވިދާޅުވީ، އޭނާގެ ނަމަށް އިންކާރު ކުރެވެން ނެތް ކަމަށެވެ. އަނެއްކޮޅުން، ބަޔާން މިއުނިކާއި، ޖަރުމަނު ޤައުމީ ޓީމުގެ ކުރީގެ ކޯޗު ހަންސީ ފްލިކާ ގުޅޭ ގޮތުން ވިދާޅުވީ، އެ ސުވާލު ކުރިމަތި ކުރަން ޖެހޭނީ ޑެކޯއާ ކަމަށެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މާކުއޭޒް އާއި ފްލިކްގެ އިތުރުން، ބާސެލޯނާަ އިން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި އޮތީ ކުރީގެ ކޯޗު ލުއިސް އެންރީކޭ، ބެލްޖިއަމް ޤައުމީ ޓީމުގެ ކުރީގެ ކޯޗު އަދި މިހާރު ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗު ރޮބާާޓޯ މާޓިނޭޒް ހިމެނެ އެވެ.

ބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު