Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްޠީން އިސްރާއީލް ހަނގުރާމަ

ޔުނިވަރސިޓީއާއި ގެދޮރު ބިމާ ހަމަކުރިއަސް، އެ ޒުވާން ހިތުގައި ޖަހަމުންދާ ޢަޒުމުގެ ވިންދު ވަނީ ވަރުގަދަ!

މެޑިސިންގެ ރޮނގުން ކިޔެވުމަކީ ބުރަކަމަކަށް ވާއިރު، މިއަދު އަސީލް އުޅެން ޖެހެނީ ޓެންޓެއްގަ، ކޮންމެ ދުވަހަކީވެސް ޙަމަލާތައް އަންނަ ދުވަހެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ފެބުރުއަރީ 2024 | ބުރާސްފަތި 08:06
އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް

އަސީލް އަބޫ ހަދަފް؛ ފަލަސްޠީނުގެ އަންޑަރގްރެޖުއޭޓް މެޑިކަލް ދަރިވަރެއް

ތަޢުލީމީ ޙަޔާތަށް ފަށާ، ދުނިޔެ ތެރެއަށް ހިސާބަކަށް ލޯހުޅުވިލާ ހިސާބުން ފެށިގެންވެސް ގިނަ ކުދިންނަކީ 'ބޮޑު ވެގެން' ޚިދުމަތްތެރި ޝަޚްސަށް ވުމުގެ ފޮނި ހުވަފެންތައް ދެކެމުންދާ ކުދިންނެވެ. ބައެއް ކުދިންނަކީ ފަޔަރމަނުންނާއި ސިފައިންގެ މީހުންނެވެ. ފުލުހުންނާއި ޓީޗަރުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ޢުމުރުން 5، 6 އަހަރުގެ ކުދިން ތިބި ކުލާހަކަށް ވަދެ ސުވާލު ކޮށްލައިފިނަމަ ހައްތަހާވެސް ޒިންމާދާރު ޚިދުމަތްތެރިންނެވެ.

އެފަދަ ހުވަފެންތަކެއް، އިންތިހާ ކުޑަ ދުވަހުއްސުރެ ދެކެމުން އައި އެކަކީ މެޑިސިންގެ ރޮނގުން ކިޔަވަމުން ދާ ފަލަސްޠީނުގެ ދަރިވަރު، އަސީލް އަބޫ ހަދަފްއެވެ.

ޑޮކްޓަރަކަށް ވުމަކީ އޭނާގެ އަބަދުގެވެސް ހުވަފެނެވެ. ނަމަވެސް، މިއަދު އޭނާގެ ޙަޔާތުގެ ކޮންމެ ދުވަހެއްވެސް ގުނަމުން ދަނީ ޣައްޒާގެ ރަފަޙުގައި ތޮއްޖެހިފައި އޮތް ރެފިއުޖީ ކޭމްޕެއްގައި ޖަހާފައި ހުރި އާދައިގެ ޓެންޓެއްގެ ތެރޭގައެވެ.

ޣައްޒާގެ އުތުރުގެ ސަރަޙައްދުގައި އޮންނަ ޣައްޒާ ސިޓީގައި އަސީލް ކިޔަވަމުން ދިޔަ އަލް-އަޒްހަރު ޔުނިވަރސިޓީގެ ކެމްޕަސްވެސް މިއަދު ނެތެވެ. ނިރުބަވެރި އިޒްރޭލުންގެ ޢުދުވާންތަކުގައި ބިމާހަމަކޮށް، ސުންނާފަތި ކުރީއެވެ.

އަސީލްއާ އެއްބަނޑު އެއްބަފާ 4 ކުދިން، ޢާއިލާ ގޮވައިގެން ޚާން ޔޫނިސްގައި ހުރި އެމީހުންގެ ގެއިން ނުކުމެ، ވަގުތީ ހިޔާވަހިކަމަށް ބަދަލުވީ ޣައްޒާގައި ޤަތުލުޢާންމު ފެށުމާ އެކުގައެވެ. ދުވަހުގެ ގިނަ ވަގުތު ފިލާވަޅު ދަސްކޮށް، މުޠާލިއާ ކުރުމުގައި ހޭދަ ކުރި އަސީލްއަށް މިއަދު މަޖުބޫރު ވެފައި އޮތީ ޢާއިލާއަށް ބޭނުންވާ ފެނާއި ކާބޯތަކެތި ހޯދުމަށް އަތްފުނާއަޅާށެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް 4 މަސް ވާން ގާތްވެފައި ވާ އިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބަދީގެ 1 ޕަސެންޓް މީހުން ވަނީ މި ދުނިޔެއާ ވަކިކޮށްފައެވެ. ބާކީ އޮތް އާބާދީ އެކުގައި ހެން ތިބީ ރެފިއުޖީ ޙާލުގައި، ޣައްޒާގެ ދެކުނުގައި ތޮއްޖެހިފައެވެ. ބިނާވެށި ހަފުސްކޮށްފައި އޮތް ޣައްޒާގައި ކާބޯތަކެއްޗާއި ބޯފެން ލިބުން އިންތިހާ ދައްޗެވެ. ބޭސްފަރުވާގެ ކަންފުޅެއްވެސް ނެތޭ ބުނެވިދާނެއެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 25000 އަށް ވުރެ މައްޗަށް އަރާފައެވެ. ޙަޤީޤީ ޢަދަދުތައް އުޅޭނީ އެއަށްވުރެވެސް މާ މަތީގައި ކަމީ، ޤަބޫލު ކުރަން ޖެހޭ ހިތި ޚަބަރެކެވެ.

ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު