Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީރުންނަށް ރުހުން ދިނުން

ޝަހީމް، އުޝާމް އަދި ހައިދަރު ނޫން ހުރިހާ ވަޒީރުންނަށް ރުހުން ދީފި

ވަޒީރުންނަށް ރުހުން ދިނުމަށް ޖަލްސާ ތާވަލް ކުރީ 01:00 އަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2024 | ހޯމަ 09:24
ވަޒީރުންގެ ބައްދަލުވުން

ވަޒީރުންގެ ބައްދަލުވުން

އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ޖަލްސާ ތާވަލް ކުރީ 01:00 އަށެވެ. އެންމެ ފުރަތަމަ އެ ޖަލްސާ ހެނދުނު 11:00 އަށް އެޖެންޑާކުރި ނަމަވެސް ފަހުން އެ ޖަލްސާ ވަނީ ފަސްކޮށްފައެވެ. ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދެވި އިރު 72 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބެވި ނަމަވެސް އެކި ބޭފުޅުންނަށް ރުހުން ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަދަދު ތަފާތެވެ.

Advertisement - newsAdvertisement

ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ހޯމް މިނިސްޓަރު އަލީ އިހުސާން، ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީޤު، އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއު، ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ޖެންޑަރ މިނިސްޓަރު ޑރ.އައިޝަތު ޝިހާމް, ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، އެންވައިރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް، ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު އަމީން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ޑރ.އަބްދުﷲ މުއްތަލިބް، އެގްރިކަލްޗަރ މިނިސްޓަރު ޑރ.އައިޝަތު ރަމީލާ އަދި ލޯކަލް ގަވަރމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

އެންމެ ފުރަތަމަ ވޯޓަށް އަހާފައި ވަނީ މިނިސްޓްރީ އޮފް ޑިފެންސް ޣައްސާން މައުމޫނަށް ރުހުން ދިނުމާއި މެދުގައެވެ. އޭނާ އަށް ރުހުން ދިނުމަށް 71 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. މިއަދުގެ ވޯޓުގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ދިނުމަށް ވޯޓުދެއްވީ 70 މެމްބަރުންނެވެ. އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް ބޭފުޅަކު ވޯޓު ދެއްވާފައެއް ނުވެއެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އަށް ރުހުން ދޭން ފެންނަކަމަށް 68 މެމްބަރުން ވޯޓުދެއްވި އިރު އޭނާ އަށް ރުހުން ދެން ނުފެންނަ ކަަމަށް 1 މެމްބަރަކު ވޯޓުދެއްވިއެވެ. މި ތިން ވޯޓުގައި ވެސް ވަކި ގޮތަކަށް ވޯޓުދެން ބޭނުން ނުވާކަމަށް ވޯޓުދެއްވި މެމްބަރަކު ނެތެވެ.

ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގަށް ރުހުން ދޭން 70 މެމްބަރުން ވޯޓުދެއްވިއެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓުދެއްވި މެމްބަރަކުނެތެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު އަށް ރުހުން ދޭން ފެންނަ ކަމަށް 55 މެމްބަރުން ވޯޓުދެއްވި އިރު އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓުދެއްވިއެވެ. ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ރުހުން ދޭން ފެންނަ ކަމަށް 55 މެމްބަރުން ވޯޓުދެއްވި އިރު ރުހުން ދޭން ނުފެންނަ ކަަމަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވައެވެ. އަދި ވަކިގޮތަކަށް ވޯޓުދޭން ނުފެންނަ ކަަމަށް ވޯޓުދެއްވި 1 މެމްބަރަކު އިންނެވިއެވެ.

7 ވަނަ ވޯޓަކަށް ނަގާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމަށް ނެގި ވޯޓެވެ. އޭނާ އަށް ރުހުން ދޭން ފެންނަ ކަަމަށް 37 މެމްބަރުން އަދި ރުހުން ދޭން ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓުދެއްވިއެވެ. ސައީދު އަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން އޮތީ ނިންމާފައެވެ.

ސައީދުގެ އިތުރުން އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމިއެވެ.

އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ. ބާކީ 44 މެމްބަރުން ވޯޓުދެއްވީ އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާ އަށް ރުހުން ދޭން މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަށް ރުހުން ދޭން ނުފެންނަ ކަަމަށް 31 މެމްބަރުން، ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 8 މެމްބަރުން ތިއްބެވިއެވެ. އޭނާ އަށް ވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.

ދެން މަޖިލީހުން ރުހުން ނުދޭން ނިންމީ ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު އަހުމަދުއަށެވެ. އޭނާ އަށް ރުހުން ނުދިނުމަށް 46 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ރުހުން ދިނުމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަށް ރުހުން ދޭން ފެންނަ ކަަމަށް ވޯޓުގައި ބައިވެރިވެވަޑައިގަތް 70 ބެފުޅުންވެސް ވޯޓުދެއްވިއެވެ. ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަށް ރުހުން ދިނުމަށް 57 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް 2 މެމްބަރުން އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 1 މެމްބަރަކު ހުންނެވިއެވެ. ޖެންޑަރ މިނިސްޓަރު ޑރ.އައިޝަތު ޝިހާމް އަށް ރުހުން ދޭން 69 މެމްބަރުން ވޯޓުދެއްވިއެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް ރުހުންދިނުމަށް 70 މެމްބަރުން ވޯޓުދެއްވިއެވެ. އޭނާ އަށް ރުހުން ނުދިނުމަށް ވޯޓުދެއްވި މެމްބަރަކު ނެތެވެ. އެންވައިރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އަށް ރުހުން ދީފައި ވަނީ 69 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު އަމީނަށް ރުހުން ދޭން 67 ބޭފުޅުން ވަނީ ވޯޓުދެއްވާފައެވެ. އަދި އޭނާ އަށް ރުހުން ނުދޭން 1 ބޭފުޅަކު ވޯޓުދެއްވިއެވެ. ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރަށް ރުހުން ދިނީ 63 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަށް ރުހުން ދޭން 64 މެމްބަރުން އަދި ރުހުން ނުދޭން 1 މެމްބަރަކު ވޯޓުދެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ޑރ.އަބްދުﷲ މުއްތަލިބް އަށް ރުހުން ދިނުމަށް 70 މެމްބަރުން ވޯޓުދެއްވިއެވެ. އެގްރިކަލްޗަރ މިނިސްޓަރު ޑރ.އައިޝަތު ރަމީލާ އަށް ވެސް ރުހުން ދިނީ 70 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދަށް ރުހުން ދިނީ 68 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ލޯކަލް ގަވަރމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އަށް ރުހުން ދިނުމަށް ވެސް 70 މެމްބަރުން ވޯޓުދެއްވިއެވެ. މިއިން އެއްވެސް ބޭފުޅަކަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓުދެއްވި މެމްބަރެއް ނެތެވެ. އަދި ވަކިގޮތަކަށް ވޯޓުދޭން ބޭނުން ނުވާކަމަށް ވޯޓުދެއްވި މެމްބަރެއް ވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު