Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާންގައި ޓުޗެލް އަށް ޕްރެޝަރު ބޮޑުވަނީ!

ބަޔާންގެ އިސްވެރިން ޓުޗެލް އަށް ދެން ހަވާލު ކުރާނީ ކުރު މުއްދަތެއްގެ ތެރޭގައި ހާސިލު ކުރަން ބޭނުންވާ ކަންކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2024 | ބުރާސްފަތި 00:40
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗު، ތޯމަސް ޓުޗެލް އަށް ޕްރެޝަރު ބޮޑުވާން ފަށާފަައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޖަރުމަނުގެ މީޑިއާތަކުގައި މިފަދައިން ރިޕޯޓުކޮށްފައި ވަނީ، ޖަރުމަނު ލީގުގައި ބަޔާންގެ ނަތީޖާތައް ދަށްވެފައި ވަނިކޮށެވެ. ލީގުގައި އެންމެ ފަހުން ވެސް ބަޔާން ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އެއާއެކު، އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ދެމެދު އޮތް ފަރަގު ކުޑަނުކުރެވި، ލީގު ރޭހުގައި ބަޔާން ވަނީ ފަހަތަށް ސޮއްސާލައިފަ އެވެ.

ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމަށްފަހު އެވެ. ބަޔާނުން ނާގަލްސްމަން ވަކިކޮށްފައި ވަނީ ވެސް، އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. އެއަށްފަހު، ކޯޗަކަށް ޓުޗެލް ހަމަޖައްސައި، އޭނާ އަށް ވަނީ ބޮޑު ޓާގެޓެއް ހާސިލު ކުރުމަށް ހަވާލުކޮށްފަ އެވެ. އެގޮތުން ޖަރުމަނު ލީގު ކާމިޔާބު ކުރުމާއި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ވަނީ އެދިފަ އެވެ.

ނަމަވެސް، ޖަރުމަނު ލީގުގެ ރޭހުގައި ބަޔާން ފަހަތަށް ސޮއްސާލާފައިވާއިރު، ބަޔާންގެ އިސްވެރިންގެ ޕްރެޝަރު ޓުޗެލް އަށް ކުރިމަތިވާން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ބަޔާންގެ އިސްވެރިން ޓުޗެލް އަށް ދެން ހަވާލު ކުރާނީ ކުރު މުއްދަތެއްގެ ތެރޭގައި ހާސިލު ކުރަން ބޭނުންވާ ކަންކަމެވެ. އެކަންކަން ހާސިލު ނުވެއްޖެނަމަ، ބަޔާންގެ ކޯޗުކަމުން އޭނާ ވަކި ކުރުމުގެ ވިސްނުން ކުލަބުގެ ވެރިން ގެންގުޅޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ބަޔާންގެ އިސްވެރިން އެކި ފަހަރު މަތިން ޓުޗެލްއާ ވާހަކަދައްކަމުން އަންނަ ކަމަށާއި، ޓުޗެލް ހުރީ ކަންކަން ބަދަލު ކުރުމަށް ބޭނުންވެފައި ކަމަށް މީޑިއާތަކުން ބުނެ އެވެ.

ޓުޗެލް ހަވާލުވީ ފަހުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 38 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 25 މެޗުން މޮޅުވެފަ އެވެ. އަށް މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ވަނީ މިހާތަނަށް 17 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 13 މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް ލިބުނު 41 ޕޮއިންޓާއެކު ބަޔާން ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި ލެވަކޫސަނަށް ލިބެނީ 48 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

21 މެއި 2018

ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ

21 މެއި 2018
ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ
07 މެއި 2018

ރެފްރީއަށް މެސީ ޕްރެޝަރު ކުރިކަމަށް ރާމޯސް ތުހުމަތުކޮށްފި

07 މެއި 2018
ރެފްރީއަށް މެސީ ޕްރެޝަރު ކުރިކަމަށް ރާމޯސް ތުހުމަތުކޮށްފި
07 މެއި 2018

ހަމޭސް ބޭނުންވަނީ ބަޔާންގައި މަޑުކުރަން

07 މެއި 2018
ހަމޭސް ބޭނުންވަނީ ބަޔާންގައި މަޑުކުރަން
31 މާރިޗު 2018

ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް

31 މާރިޗު 2018
ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް
27 މާރިޗު 2018

ލެވަންޑޯސްކީ ބަޔާންގައި މަޑުކުރާނެ!

27 މާރިޗު 2018
ލެވަންޑޯސްކީ ބަޔާންގައި މަޑުކުރާނެ!
01 މާރިޗު 2018

މި ސީޒަނުގައި މާޒިޔާ ވަރަށް ތަފާތު، ޕްރެޝަރު އޮތީ އެ ޓީމަށް: ނިއުގެ ކޯޗު

01 މާރިޗު 2018
މި ސީޒަނުގައި މާޒިޔާ ވަރަށް ތަފާތު، ޕްރެޝަރު އޮތީ އެ ޓީމަށް: ނިއުގެ ކޯޗު
28 އޯގަސްޓު 2017

ޕްރެޝަރު އޮތީ އޮމާން އަށް، ގަތަރު ކޭމްޕުން މެޗަށް ފައިދާވާނެ: ގައުމީ ކޯޗު

28 އޯގަސްޓު 2017
ޕްރެޝަރު އޮތީ އޮމާން އަށް، ގަތަރު ކޭމްޕުން މެޗަށް ފައިދާވާނެ: ގައުމީ ކޯޗު
23 ޖޫން 2017

ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް

23 ޖޫން 2017
ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު