Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓަރީއަށް ޕްރެޝަރ

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

އެހެން މެޗުތަކަށްވުރެ މި މެޗުގައި ކުޅުންތެރިން ލީ އެފަޓް ރަނގަޅު: ސުޒެއިން

ލީވާން އަލީ
ލީވާން އަލީ | 10 މާރިޗު 2017 | ހުކުރު 19:28
ވިކްޓްރީގެ ކޯޗު ސުޒެއިން

ވިކްޓްރީގެ ކޯޗު ސުޒެއިން

ގެއްލުނީ އަނެއްކާ ވެސް މުހިންމު މެޗެއް ކަމަށާއި، ލީގުގައި އިތުރަށް ކުރިޔަށްދާން ޕްރެޝަރު ބޮޑުވެއްޖެ ކަމަށް ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.

މާލޭ ލީގުގައި އީގަލްސް އަތުން 1-1 ގެ ނަތީޖާއިން އެއްވަރުވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުޒެއިން ބުނީ އެހެން މެޗުތަކަށް ވުރެ މި މެޗުގައި ކުޅުންތެރިން ލީ އެފަޓް ރަނގަޅު ކަމަށާއި، އެހެންނަމަ ވެސް އެއްވަރުވުމުން ލީގުގައި ކުރިޔަށްދާން އިތުރަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ ކަމަށެވެ.

ސުޒެއިން ބުނީ ޓީމަށް ދިމާވި އެންމެ ބޮޑު ގެއްލުމަކީ ބިދޭސީ ޑިފެންޑަރު އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެ ހުއްޓާ އަނެއް ބިދޭސީ ފޯވާޑް ކެރިޗް އަށް މެޗުގައި އަނިޔާވުން ކަމަށާއި، ޓީމު އެއްކޮށް ކުޅެލަން ފުރުސަތު ނުލިބޭތީ ކަމަށެވެ.

އެހެންނަމަވެސް ސުޒެއިން ބުނީ ކުރިޔަށް އޮތް މެޗަށް ތައްޔާރުވާން ދުވަސްކޮޅެއް ލިބޭ ކަމަށާއި، އެގޮތުން ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ފިޓްނަސްއަކީ ވެސް ވިކްޓްރީ އަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއްކަން ފާހަގަކޮށް ސުޒެއިން ބުނީ، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އެގޮތުން އީގަލްސް ޓީމަށްވުރެ ރަނގަޅަށް ވިކްޓްރީން ކުޅެފައިވާ ކަމަށާއި، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރި ކަމަށެވެ.

މީގެ އިތުރުން ސުޒެއިން ބުނީ ވިކްޓްރީ އަށް ދެން އިތުރަށް ކުރިޔަށް ދެވޭނީ ކުރިޔަށް ހުރި ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގެ ތެރޭގައި މާޒިޔާ މެޗު ވެސް ހިމެނުމަކީ އިތުރު ހުރަހެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

11 އެޕްރީލު 2017
ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު