Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލް ކްލެސިކޯ

ރެފްރީއަށް މެސީ ޕްރެޝަރު ކުރިކަމަށް ރާމޯސް ތުހުމަތުކޮށްފި

މެޗުގެ ކޮންޓްރޯލް ރެފްރީ އަތުން ގެއްލުނު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 މެއި 2018 | ހޯމަ 15:33
މެސީ އަދި ރާމޯސް

މެސީ އަދި ރާމޯސް

ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅުނު އެލް ކްލެސިކޯ މެޗުގައި ލިއޮނެލް މެސީ ރެފްރީއަށް ޕްރެޝަރު ކުރިކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ތުހުމަތުކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ޓީމުގެ މެދުގައި ސްޕެނިޝް ލަލީގާގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު މި މެޗުގައި ރެފްރީކަންކުރި އަލެހަންދްރޯ ހޯސޭ ހަނާންޑޭޒް ހަނާންޑޭޒްއަށް ވަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މެޗުގެ ކޮންޓްރޯލް ރެފްރީ އަތުން ގެއްލުނު ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އޭނާގެ ފަރާތުން މެޗުގައި ފެނުނު ނިންމުންތަކާއި މެދު ދެ ޓީމުން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ރެއާލްގެ ގެރެތު ބޭލްއަށް ދައްކަން ޖެހޭ ރަތް ކާޑެއް ނުދެއްކުމާއި ރެއާލްއަށް ލިބެން ޖެހޭ ޕެނަލްޓީއެއް ނުދިނުމުގެ އިތުރަށް ބާސާއިން ދެވަނަ ލަނޑު ޖެހިއިރު އެ ޓީމުން ފައުލް ކުރި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މެޗުގެ ރެފްރީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރާމޯސް ބުނީ ހާފް ޓައިމްގައި ރެފްރީއަށް ޓަނަލް ތެރޭގައި މެސީ ޕްރެޝަރުކުރި ކަމަށާއި އެތަނުގައި ކެމެރާ ހުރި ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި ދެވަނަ ހާފުގައި އެކަމުގެ ސަބަބުން ރެފްރީގެ ބައެއް ނިންމުންތައް ގޯސްކޮށް ދިޔަ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ރެފްރީއަށް މެސީ ޕްރެޝަރު ނުކުރިނަމަ އޭނާ އެ ނިންމުންތައް ނިންމާނީ އެހެން ގޮތަކަށް ކަމަށެވެ. އޭނާ ބުނީ މިއީ ފުޓްބޯޅަ ކަމަށާއި ހުރިހާ ކަމެއް ވެސް ނިންމަންޖެހޭނީ ދަނޑުމަތިން ކަމަށެވެ.

ރެއާލްއަށް ކުޅެމުން އަންނަ ކަސެމީރޯ ވެސް ވަނީ ރެފްރީންގެ ނިންމުންތަކާއިމެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނީ މާސެލޯއަށް ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށާއި އެހެން ނަމަވެސް ރެފްރީއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ރެފްރީ މަސައްކަތްކުރީ އެންމެ ރަނގަޅަށް ކަންކަން ނިންމުމަށް ކަމަށާއި މެޗު އެއްވަރުވިނަމަވެސް ދެ ޓީމަށް ވެސް މި މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށެވެ.

ބާސާގެ ސުއަރޭޒް ވެސް ވަނީ ދެވަނަ ލަނޑަކީ ފައުލްއެއް ކުރުމަށްފަހު އޭނާ ދިން ބޯޅައެއްގައި މެސީ ޖެހި ލަނޑެއްކަމަށް އިއުތިރާފް ވެފައެވެ. އޭނާ ބުނީ ރެއާލްގެ ޑިފެންޑަރު އަތުން ބޯޅަ ހޯދުމަށް އޭނާގެ ފައިގައި ޖެހި ކަމަށާއި އޭނާ ހީކުރީ ރެފްރީއަށް އެ މަންޒަރު ފެނި ރެއާލްއަށް ހިލޭ ޖެހުމެއް ދޭނެ ކަމަށެވެ. ރެފްރީ އެގޮތަށް ކަން ނުކުރުމުން ހައިރާންވި ކަމަށާއި ބައެއް ނިންމުންތައް ރެފްރީގެ އަތްދަށުން ވެސް ދާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ރޮބާޓޯއަށް ދެއްކި ރަތް ކާޑާއެކު ޓީމަށް ދަތިތަކެއް ދިމާވި ކަމަށާއި އެހެން ނަމަވެސް ނަތީޖާއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

މި މެޗުގައި ރެފްރީކަންކުރި ހަނާންޑޭޒް ހަނާންޑޭޒްއަކީ މީގެކުރިން ވެސް ބައެއް މެޗުތަކުގައި އޭނާގެ ފަރާތުން ފެނިފައިވާ ނިންމުންތަކާއި ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ރެފްރީއެކެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު