Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފައިން

ޕްރެޝަރު އޮތީ އޮމާން އަށް، ގަތަރު ކޭމްޕުން މެޗަށް ފައިދާވާނެ: ގައުމީ ކޯޗު

ރަނގަޅު ދުވަސްތަކެއް ގަތަރުގައި ހޭދަކުރެވޭނެ

ލީވާން އަލީ
ލީވާން އަލީ | 28 އޯގަސްޓު 2017 | ހޯމަ 12:39
ގައުމީ ޓީމުގެ ކޯޗު ޑެރެން ސްޓެވާޓް

ގައުމީ ޓީމުގެ ކޯޗު ޑެރެން ސްޓެވާޓް

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އަދި އޮމާން ބައްދަލު ކުރާ މެޗުގައި ޕްރެޝަރު އޮތީ އޮމާން އަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ޑެރެން ސްޓެވާޓް ބުނެފި އެވެ.

ގަތަރަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯޗު ބުނީ މުބާރާތައް ކޮލިފައިވާން އޮމާން ބޭނުންވާނެ ކަމަށެވެ. އެގޮތުން ކޮލިފައިންގައި ރާއްޖެ ފަދަ ޓީމެއް އަތުން ބަލިވާން އޮމާން ބޭނުންނުވާނެ ކަމަށާއި، އެޓީމު ކުޅޭނީ ޕްރެޝަރުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ކޯޗު ބުނީ ގަތަރުގައި ހަދާ ތަމްރީންތަކުން ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި، ރަނގަޅު ދުވަސްތަކެއް ގަތަރުގައި ހޭދަކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. އެގޮތުން ކޮލިފައިން މެޗުގެ ކުރިން ފަލަސްތީން އަދި އޮމާން ބައްދަލު ކުރި މެޗު ބެލިކަން ފާހަގަ ކުރަމުން ކޯޗު ބުނީ އެ މެޗުން ކަންތައްތަކެއް ދަސްކުރެވިފައިވާ ކަމަށެވެ. އޭނާ ބުނީ އޮމާން މެޗުގައި ކުޅުންތެރިން ވިސްނައިގެން ކުޅެފިނަމަ ތަފާތު ފެންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޖުމްލަ 23 ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، ސްކޮޑްގައި ނިއުރޭޑިއަންޓްގެ ނުވަ ކުޅުންތެރިޔަކު ހިމެނެއެވެ. މީގެ އިތުރުން ސްކޮޑްގައި މާޒިޔާގެ ހަ ކުޅުންތެރިއަކު ހިމެނޭއިރު، ޓީސީގެ ތިން ކުޅުންތެރިންނާއި، ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިންނާއި، ތިނަދޫގެ ދެ ކުޅުންތެރިންގެ އިތުރުން މިލަންދޫގެ ކުޅުންތެރިއަކު ވެސް ހިމެނެއެވެ.

ގައުމީ ޓީމު ގަތަރުގައި ކޭމްޕް ކުރުމަށް ފަހު އެނބުރި މާލެ ނައިސް ސީދާ ޓީމު ފުރާނީ މެޗު ކުޅުމަށް އޮމާން އަށެވެ. ރާއްޖެ އަދި އޮމާން ބައްދަލު ކުރާ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން ބަލިވެފައެވެ. އެހެން ނަމަވެސް ރާއްޖެ ވަނީ ދެވަނަ މެޗުން ބޫޓާނާ ވާދަކޮށް މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު