Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮބާޓް ލެވެންޑޯސްކީ

ލެވަންޑޯސްކީ ބަޔާންގައި މަޑުކުރާނެ!

އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން އަންނަނީ މަސައްކަތްކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 މާރިޗު 2018 | އަންގާރަ 06:06
ރޮބާޓް ލެވަންޑޯސްކީ

ރޮބާޓް ލެވަންޑޯސްކީ

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ބައިނަލްއަގްވާމީ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެ ޓީމުގައި މަޑުކުރާނެ ކަމަށް އެ ޓީމުން ބުނެފިއެވެ.

ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2014 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއަށް ކުޅުނު 184 މެޗުގައި 142 ލަނޑު އޭނާ ޖަހާފައިވާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ. މި ސީޒަނުގައި ވެސް އުމުރުން 29 އަހަރުގެ ފޯވާޑްގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުމާއެކު އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އަންނަ ސީޒަނުގައި ވެސް ބަޔާންގެ ޖާޒީއިން ލެވަންޑޯސްކީ ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އިތުރު ގޮތެއް ހޯދަންވީ އެއްވެސް ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ.

ރުމެނިގާ ވަނީ 2008 ވަނަ އަހަރު ޗެލްސީއިން އެ ޓީމަށް ކުޅެމުން އަންނަ ފްރޭންކް ރިބެރީ ހޯދުމަށް ހުށަހެޅި ހުށަހެޅުން އަނބުރާ ފޮނުވާލި ގޮތުގެ ވާހަކަ ތަކުރާރުކޮށްފައެވެ. ރިބެރީ ހޯދުމަށް ޗެލްސީއިން 2008 ވަނަ އަހަރު 80 މިލިއަން ޔޫރޯގެ އިތުރުން އެ ޓީމަށް އޭރު ކުޅުނު ޕޯޗުގަލްގެ ޑިފެންޑަރު ހޯސޭ ބޮސިންގްވާ ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް ބަޔާންއިން އެ ހުށަހެޅުން އަނބުރާ ފޮނުވާލީ ރިބެރީ ނުވިއްކާނެކަން ކަށަވަރު ކޮށްދިނުމަށްފަހުއެވެ.

އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ރުމެނިގާ ބުނީ 2008 ވަނަ އަހަރު ރިބެރީ ހޯދުމަށް ޗެލްސީއިން ބޮޑު ހުށަހެޅުމެއް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެދުވަހު ވެސް އެ ހުށަހެޅުމަށް ފުރަގަސްދީ އަނބުރާ ފޮނުވާލި ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ވެސް ފުޓްބޯޅައިގެ ދުނިޔެއަށް ބަޔާންގެ ކުޅުންތެރިޔަކު ހޯދުމަކީ އުނދަގޫ ކަމެއްކަން އެނގިގެން ދިޔަ ކަމަށެވެ. ބަޔާންއިން ކުޅުންތެރިން ވިއްކާނީ އެ ކްލަބްއިން ބޭނުންވެގެން ކަން ހުރިހާ ޓީމަކުން ވެސް ދަންނަން ޖެހޭ ކަމަށާއި ލެވަންޑޯސްކީއަކީ އެއްވެސް ހާލެއްގައި ވިއްކާނެ ކުޅުންތެރިޔެއް ނޫންކަން ސާފުކޮށްދޭން ބޭނުންވާ ކަމަށް ރުމެނިގާ ބުނެފައިވެއެވެ.

ބޯޑޯއަށް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް މެލްކޮމް ބަޔާންއަށް ގެންނަން އުޅޭ ކަމުގެ ވާހަކަތައް ރުމެނިގާ ވަނީ ދޮގުކޮށްފައެވެ. މެލްކޮމް ވަނީ ބަޔާންއަށް ކޮންމެވެސް ދުވަހަކުން ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ ބައެއް މީޑިއާތަކުން ވަނީ ލެވަންޑޯސްކީ އެ ޓީމު ދޫކޮށްލައިފިނަމަ މެލްކޮމް އެ ޓީމަށް ގެންނަން އުޅޭ ކަމަށް ވެސް ރިޕޯޓު ކޮށްފައެވެ. ރުމެނިގާގެ އިތުރުން ބަޔާންގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި ޖުޕް ހެއިންކޭސް ވެސް ވަނީ އެއީ ދޮގު ހަބަރުތަކެއް ކަމަށް ބުނެފައެވެ.

ބަޔާން މިއުނިކްގެ ފޯވާޑް ލައިނުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން އަންނަ ލެވަންޑޯސްކީ ވަނީ އެ ޓީމާއެކު ތިން ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕާ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ބަޔާންއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޖަރުމަނަށް ނިސްބަތްނުވާ ކުޅުންތެރިޔާ ވެސްމެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޒިދާން ދީފި

އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޒިދާން ދީފި

31 މާރިޗު 2018
ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް

ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް

31 މާރިޗު 2018
ބުންޑެސްލީގާ: ބަޔާން މޮޅުވިއިރު ލެވަންޑޯސްކީއަށް ރެކޯޑެއް

ބުންޑެސްލީގާ: ބަޔާން މޮޅުވިއިރު ލެވަންޑޯސްކީއަށް ރެކޯޑެއް

11 މާރިޗު 2018
ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ: ގާޑިއޯލާ

ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ: ގާޑިއޯލާ

01 ޖެނުއަރީ 2018
އާސެނަލްގައި ސަންޗޭޒްއާއި އޮޒިލް މަޑުކުރާނެ: ވެންގާ

އާސެނަލްގައި ސަންޗޭޒްއާއި އޮޒިލް މަޑުކުރާނެ: ވެންގާ

28 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު