Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިނަރެސް ފްލެޓްތަކުގެ ކުލި

"ސްކޭމް" ސަރުކާރުގެ އިތުރު "ސްކޭމް"އެއް، ކުޑަކުރާނެ ކަމަށް ބުނި ވިނަރެސް ފްލެޓްތަކުގެ ކުލި ވާނުވާއެއްގައި!

އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، ކުލި ކުޑަކުރުމާ ގުޅޭ ނިންމުން ބަދަލުވެފައި ނުވާ ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2024 | ބުދަ 13:40
ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި ވިނަރެސް ފްލެޓްތައް

ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި ވިނަރެސް ފްލެޓްތައް

މި ނޫން ޙާލަތެއް ހަމަ ނެތެވެ. ހުސް ދޮގެވެ. މަކަރާ އޮޅުވާލުމެވެ. ރައްޔިތުން ގުނބޯ ހެއްދުމެވެ. މި އޮތީ އަނެއްކާ ވެސް އޭގެ ކަމެކެވެ.

މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމުނު ކަންކަމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް، ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ބޭއްވުނެވެ. އޭގެ ފަހުން ބޭއްވެވި ބައްދަލުވުންތަކާ ޚިލާފަށް، އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެދުވަހުގެ ނިންމުންތަކުގެ މައުލޫމާތު ދެއްވީ ޚުދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ދުވަހު ރައީސް މުއިއްޒު އެކި ކަންކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން ގޮސް، ގާތްގަޑަކަށް އެންމެ ފަހު ކަމެއްގެ ގޮތުގައި ޢިއުލާނުކުރެއްވީ، ވިނަރެސް ފްލެޓްތަކާ ގުޅޭ ކަމެކެވެ. ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ އަދަދު ކުޑަކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އެހާ ހިސާބުން އެކަން ނިންމެވި ގޮތް ރައީސް ވިދާޅުވެދެއްވިއެވެ.

ރައީސް އެދުވަހު ފާހަގަކުރެއްވި އެ ނިންމެވުމާއެކީ، ވިނަރެސް ފްލެޓްތައް ގަތް އެތައް ބަޔަކަށް ހިތްހަމަ ޖެހުން ލިބުނެވެ. އެވާހަކަތައް މީސްމީޑިޔާގައި ބަންޑުކޮންލީ އެ ހިސާބުންނެވެ.

މުޅި މައްސަލައަށް ފީނާލުމުގެ ކުރިން، ވިނަރެސް ފްލެޓްތަކުގެ ތަފްސީލަށް ބަލާލަމާ ހިނގާށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަން ފެށި މި ފްލެޓްތަކުގެ މަސައްކަތް ނިންމާލެވުނީ 20 ޖޫން 2022 ގައި އެވެ. މުޅި މަޝްރޫއުއަކީ، 13 ބުރީގެ 10 ޓަވަރެވެ. އެއީ 1،344 އެޕާޓްމެންޓެވެ. ޖުމްލަ އެޕާޓްމެންޓެއްގެ އަގު އުޅެނީ 2.5 މިލިއަނާއި 3.5 މިލިއަން ރުފިޔާގެ ދެމެދުގެ އަގެއްގައި އެވެ.

އެހާ ބޮޑު އަގެއް އެއްފަހަރާ ދެއްކުމުގެ ގާބިލުކަން އެންމެންގެ ކިބައިގައި ނުހުންނާނެތީވެ، އެތަންތަން ދިގު މުއްދަތަށް ބަހާލައިގެން ކުލި ދެއްކުމުގެ ފުރުސަތު އާބަންކޯ އިން ދިނެވެ. އެގޮތުން ހުޅުވާލި ދެ ގޮތަކީ، ފްލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުން ނުވަތަ،  20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން އަގު އަދާކުރުމެވެ.

އެހެން ނަމަވެސް، އޭރު ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން ނަގާ އިންޓަރެސްޓު ރޭޓު ނުވަ ޕަސެންޓުގައި ހުރުމުން، އެ އަދަދު ހަ ޕަސެންޓަށް ވެސް މިދިޔަ ސަރުކާރުން ކުޑަކުރިއެވެ. އެއާއެކު، އާންމުކޮށް 25 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން 1.2 މިލިއަން ރުފިޔާ ވަރު ކުޑަވިއެވެ.

އޭރު، އެ ފްލެޓްތަކުގެ އަގު ބޮޑުވެގެން، ކުލި ކުޑަކުރުމަށް ގޮވާލައި، އެ ފްލެޓްތަކުގެ އަސްލު އަގު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވީ ރައީސް މުއިއްޒުއެވެ. ކޮންމެ ފަދަ ބޭނުމެއްގައި ނަމަވެސް ނުވަތަ ނަމެއްގައި ނަމަވެސް، އެމަނިކުފާނު ކުލި ކުޑަކުރައްވައިފި ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ދަންނަވަންތޯއެވެ. އެ ދުވަހު ރައީސް މުއިއްޒު ދެއްވި، ފޮނި ހުވަފެން ނުވަތަ އެ ފޮނި އުންމީދު މިއަދު ވެސް އެ އޮތީ އުންމީދެއްގެ ގޮތުގައި އެވެ. ޙަގީގަތަކަށް ބަދަލެއް ނާދެއެވެ. ހަމައެކަނި ބަދަލު އައި ކަމަކީ، ރައީސް އެ ދުވަހު ނިންމެވި ޑައުން ޕޭމަންޓަށް އައި ބަދަލެވެ. ކުލި އެ އޮތީ އޮތްތަނުގައި އެވެ.

މި ފަހަރު، ރައީސް މުއިއްޒު އާންމުންނަށް އޮޅުވާލެއްވީ ކުލި ކުޑަކުރައްވާނެ ކަމަށް ވިދާޅުވެއެވެ. އާބަންކޯ އިން އެ ފަރާތްތަކާ އެކު އެއްބަސްވުންތައް ހަދަމުންދާ ފަރާތްތަކުން ބުނާ ގޮތުން، އެ އެއްބަސްވުންތަކުގައި ކުލި ކުޑަކުރި ކަމަށް ބުނެފައެއް ނެތެވެ. އަދި ކުޑަ ކުއްޔެއްގެ ވާހަކައެއް ވެސް ނެތެވެ. އެ ސުވާލުކުރުމުން އާބަންކޯ އިން ދޭ ޖަވާބަކީ ރައީސް އޮފީހުން ރަސްމީކޮށް، ކުލި ކުޑަކުރުމާ ގުޅޭ ވާހަކައެއް އެ ކުންފުންޏަށް އަންގާފައި ނެތް ކަމަށެވެ.

އެކަމުގައި ރައީސް އޮފީހުން ދިން ޖަވާބަކީ، ރައީސް އެ ދުވަހު ވިދާޅުވި ނިންމެވުން ބަދަލެއް ނުވާ ވާހަކައެވެ. އެހެން ނަމަވެސް އެކަން އެހެން ނުހިނގާ ސަބަބެއް ރައީސް އޮފީހަކަށް ބުނެނުދެވެއެވެ.

ކޮންމެއަކަސް، ރައްޔިތުން މިއަދު ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މި ސަރުކާރަށް އިތުބާރެއް ނުކުރެއެވެ. މިހާރުގެ އިދިކޮޅުގައި އޮތް އެމްޑީޕީން ބުނަމުންދާ ގޮތަށް، ރައްޔިތުންނަށް އޮޅުވާލުމެއްގެ ތެރޭގައި ވެރިކަމަށް އައި ބަޔަކު، އަދި ވެސް މި އުޅެނީ އެގޮތުގައި އެވެ. މިއީ ހަމަ މިއަދުގެ ޙާލަތަކީތާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު