Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ވަޒީރުންނާ މަޖިލިސް މެންބަރުން ޕާޓީއަށް ސޮއި ހަމަ ކުރުމުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 00:37
ވަޒީރުންނާއި މެންބަރުން ނުކުމެވަޑައިގެން ޕީޕީއެމް އަށް މީހުންގެ ސޮއިހޯދަނީ

ވަޒީރުންނާއި މެންބަރުން ނުކުމެވަޑައިގެން ޕީޕީއެމް އަށް މީހުންގެ ސޮއިހޯދަނީ

އަޅައިގަތީ ވައިބައިން ރައްޓެއްސަކު ފޮނުވާލި ފޮޓޯއެއްގައެވެ. އެފޮޓޯ ފެނިފައި ބޭއިޚްތިޔާރުގައި އެތައް ސުވާލެއް އުފެދުނެވެ. ހިތަށް އަރާ ފައިބަމުން ދިޔައީ އެތައް ޚިޔާލް ތަކެކެވެ. ހަމަ އެންމެ ފޮޓޯއަކުންނެވެ. އެފޮޓޯގައި ފެންނާން ހުރި ސާފު މަންޒަރުންނެވެ.

ހިތާހިތާ ބުނެލެވުނެވެ. ނޫސްވެރިކަމުގެ މާހިރުން އެ ބުނެއުޅެނީ އާދައިގެ ވާހަކައެއް ނޫންތާއެވެ. "އެންމެ މަންޒަރަކުންވެސް އެތައްހާސް ވާހަކައެއް" ބުނެދޭނެ އޭ އެބުނަނީ ހާދަ ބޮޑު ހަޤީގަތެއްތާއެވެ.

ތެދެކެވެ. އެފޮޓޯއިން ލައްކަ ވާހަކަ ބުނެފިއެވެ. ފޮޓޯއިން ފެންނަނީ މަގެއްގެ މަތީގައި ތިބި ބައެކެވެ. ގަޔަށް ބާރު ޓީޝާޓް ލައިގެންތިބި ބަޔަކު މުސްކުޅި ބޭބެއެއްގެ ވަށައިގެން ތިބިތަނެވެ. ކޮންމެވެސް ކަރުދާސްގަނޑެއްގައި އެބޭ ލައްވާ އެއްޗެއް ލިޔުއްވާތަނެވެ.

ފޮޓޯއަށް ރަނގަޅަށް ވިސްނާލިއިރު ކަމަކު ދާކަށް ނެތެވެ. މިއީ ސަރުކާރުގެ ތިން ވަޒީރުންނެވެ. މާ ގަދަފަދަ ބާރެއް ލިބިދީފައި އޮވެގެން މަތިހަށި ނަގާފައި އުޅޭ މިއަދުގެ ސަރުކާރުގެ ތިން ވަޒީރުންނެވެ. ދެންވެސް ލިބުނީ ހައިރާން ކަމެކެވެ. އެއީ އާދައިގެ ވަޒީރުންނަށް ނުވީތީއެވެ.

އެބޭލައްވާ ލިއުއްވަން އުޅުއްވަމުން ގެންދެވީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރެވެ. މުޅި ބޭރުދުނިޔެއަށްވެސް ރާއްޖެ މަޝްހޫރުވެފައިވަނީ ރާއްޖެއަކީ ތިމާވެއްޓަށް ލޯބި ކުރާ ޤައުމެއްގެ ގޮތުގައެވެ. އެކަމަށްޓަކައި ރާއްޖެއިން ކުރަމުންދާ ގިނަ މަސައްކަތުންނެވެ. އެބޭފުޅުންގެ ބަހުން ހިންގަވާ ޕްރޮޖެކްޓްތަކުންނެވެ. ހަމަގައިމުވެސް އެއީ ހައިބަތު ބޮޑުވާނެ ވަޒީރެކެވެ. މުޅި ދުނިޔެ އެކަމަކާ ކަންބޮޑުވާ ތިމާވެށީގެ މައްސަލަތަކުގައި ގައިމު ރާއްޖެއިންވެސް ބައިވެރިވާނެއެވެ. އެ ވުޒާރާގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ހުންނާނީވާ ހާދަ ބަޔަކާ ބައްދަލުވެފައެވެ. ރައީސް އަބްދުﷲ ޔާމީނަށް ބައިވެރިވެވަޑައިގަންނަވަން ކެރިވަޑައިނުގަތުމުން މަޝްހޫރު ކޮޕް22 އަށްވެސް ވަޑައިގެންނެވީ ހަމަ އެބޭފުޅާއެވެ. އެތައް ބަޔަކާ ބައްދަލުވެ ފެނިދެނިވެ ވާހަކަތަކެއްވާ ދެކެވިފައި ހުންނާނެއެވެ.

އެކަމަކު އެ ހައިބަތު ބޮޑު ވަޒީރު އެއުޅުއްވަނީ ވަތަށް ފައިބައިވަޑައިގެން ސޮއި ހޯއްދެވުމުގައެވެ. ޕާޓީއަށް މެންބަރުން ހޯއްދެވުމަށެވެ. މޭޑަމް އެންގެވީތީ ކުޑަވެގެންނެވެ. ރަނގަޅަށް ސައިޒް ވެލައްވައިގެންނެވެ. ފެންނަ ފެނުމަށް ބަލާއިރު ހަމަކުރަން ޖެހޭވަރަށް ފޯމު ހަމަ ނުކުރެއްވިދޭނެތީ ކަންބޮޑުވެވަޑައިގެން އުޅުއްވާހެންނެވެ.

ޤައުމެއްގެ ނިސްބަތުން ޑިފެންސް މިނިސްޓަރަކީ އާދައިގެ ވަޒީރެއް ނޫނެވެ. ޤައުމުގެ ދިފާއެވެ. މިލިޓްރީ ގޮތެއް ހުރުމަކީ އެފަދަ ވަޒީރެއްގެ ކިބައިގާ ހުންނަން ޖެހޭނެ ލާއިޤް ސިފައެއް ކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. ޑިފެންސް މިނިސްޓަރ އެހުންނެވީ އެބޭގެ ކުރިމައްޗަށެވެ. ސޮއިކުރުން ނޫންގޮތެއް ނޯންނާނެޔޭ ބުނާ ކަހަލައެވެ. ޑިފެންސް މިނިސްޓަރ ނުކުންނަވައިގެން ސޮއި ހަމަކުރައްވަން މިފެންވަރަށް ވެއްޓުނީމާ އެބޭފުޅުން އެތިއްބެވި ހާލަތު އިތުރަކަށް ބުނެދޭން ޖެހޭނެ ކަމަކަށް ނުދެކެމެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ދީނުގައި އޮންނަ ގޮތް ކަނޑައަޅެޅުމާއި ބޮޑު އިމާމުގެ ގޮތުގައި މުސްލިމު ޤައުމެއްގައި އިސްލާމިކް މިނިސްޓްރީގެ ވަޒީރު ގިނަބަޔަކު ބަލައިގަނެއުޅެއެވެ. މޫނު ބުރުގާ އެޅި ބަޔަކު ވަޒީފާއިން ކަނޑާ ނަގާއެއްލާލީ ހަމަ އިހަށް ދުވަހުއެވެ. އިސްލާމިކް މިނިސްޓަރު ވީތަނެއްވެސް ނޭނގެއެވެ. ކަންއޮތްގޮތް ހާމަ ކުރާކަށް އެވުޒާރާގެ ބަހެއް ނެތެވެ. އަމުދުން އިސްލާމިކް މިނިސްޓަރގެ ހިލަމެއް ނުފެނުނެވެ. އެކަމަކު އެވަޒީރުވެސް އެއުޅުއްވަނީ އަރުވާ ޖަހާފައި މެޑަމްއަށް ފޯމު ހަމަކޮށްދެއްވުމަށެވެ. އެވިދާޅުވާ އަދަދު ނުހޯދިއްޖެނަމަ ގޭގައި ހުންނަވަން ޖެހިދާނެތީ ތޯއްޗެކެވެ. އިސްލާމިކް މިނިސްޓަރ މިފެންވަރަށް ދިޔައިމާ ހާމަވާ އެހެން މަންޒަރެއްވެސް އެބައޮތެވެ. އިސްލާމް ދީނަކީ މަޖްބޫރުން ކަންކަން ނުކުރުވާ ދީނަކަށްވާއިރު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ކުރެވޭ ތުހުމަތެވެ.

މިއީ މިއަދުގެ ހާލަތެވެ. ވަޒީރުން އެމީހުންގެ މަޖްބޫރީ ޙާލަތުގެ ސަބަބުން ޕާޓީއަށް މެމްބަރުން ހޯދަން މަގުމައްޗަށް ނިކުމެވަޑައިގެން އުޅުއްވަންޖެހޭ ހިސާބަށް ދިޔައިމާ ޤައުމުގެ ހާލަތު ވަރަށް ސާފެވެ. އިތުރަށް ބުނެދޭން ޖެހޭނެ އެއްވެސް ކަމެއް ނެތެވެ.

ރެއާ ދުވާލު އިވެނީ ކޮރަޕްޝަންގެ ވާހަކައެވެ. ބިރުވެރިކަމުގެ ވާހަކައެވެ. ސަރުކާރުން ކުރިމަތި ކުރުވާ މަޖްބޫރުގެ ވާހަކައެވެ. ސަރުކާރުގެ އަޅުންނަށް ރައްޔިތުންވެ ރައްޔިތުން އަޅުވެތިވެފައިވާ ވާހަކައެވެ. މިކަންކަމުން ސަލާމަތްކޮށް ސަރުކާރު ޒިންމާދާރު ކުރުވަން އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެކަމަކު އެކަންވެސް ވާން ނެތްކަން އެނގެނީ ފޮޓޯގައި ދެން ފެންނަން އެހެރަ ބޭފުޅާގެ ސަބަބުންނެވެ. އެރައްޔިތުންގެ މަޖިލީހުގެ މެންބަރު އެވަޒީރުންނާއެކު އެހާލަތުގައި ސޮއި ހޯއްދަވަން ހުންނެވީމާ ފޮޓޯއިން ހަޤީގަތުގައިވެސް އެބުނެދިނީ ހަމަ އެއްހާސް ޖުމްލައެވެ.

ކޮންމެއަކަސް އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކު ޤައުމުން މިފެންނަނީ މިހާލަތެވެ. ތާއީދު ނެތް ސަރުކާރަކަށް ގަދަކަމުން ތާއީދު ހޯދުމަށް ކުރެވޭ ކަންކަމެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވައުދުތައް ފުއްދި ރައްޔިތުން އުފަލުން ތިބޭނަމަ ވަޒީރުންނާ މެންބަރުން ސޮއި ހަމަކުރައްވާކަށް މަގުމައްޗަށް ނިކުމެ އުޅުއްވާކަށް ނުޖެހުނީހެވެ. ފިނިކޮޓަރީގައި ތިއްބަވަނިކޮށް އެބޭފުޅުންގެ ގާތަށް ސޮއިކުރައްވަން ދާނީ ޢާއްމުރައްޔިތުންނެވެ. އާދައިގެ މީހުންނެވެ. ތާއީދު ކުރާ މީހުންނެވެ. ހިތުން ރުހުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު