Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޮވެރިން ބޮންޑު ނެގުން

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

ނޮވެމްބަރު މަހުގެ ނިއަލަށް ދައުލަތުގެ ބޮންޑާއި ޓީ ބިލް އުޅެނީ 22.9 ބިލިއަން ރުފިޔާގަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2017 | އާދީއްތަ 12:40
ރާއްޖޭގެ ރިސޯޓެއް: ރާއްޖެ ސިޔާދަތުގެ ދަރަނިވެރިކަމަށް ދިއުމުގެ ބުރި އެބައޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ

ރާއްޖޭގެ ރިސޯޓެއް: ރާއްޖެ ސިޔާދަތުގެ ދަރަނިވެރިކަމަށް ދިއުމުގެ ބުރި އެބައޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ

ސޮވެރިން ބޮންޑަކީ ދައުލަތަކަށް ދަތިވާ ދަނޑިވަޅެއްގައި ނުވަތަ ފައިސާ ބޭނުންވާ ހާލަތްތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އިންވެސްޓަރުން ނުވަތަ ބޭރުގެ އެހެންވެސް ފަރާތެއްގެ އަތުން ފައިސާ ގަތުމެވެ. މިއީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ވެސް ކޮށް އުޅޭ މުއާމަލާތެކެވެ. މިފަދަ ބޮންޑަކީ ލޯނެއް ނަމަވެސް މިފަދަ ލޯންތަކަކީ ވަކި އުސޫލުތަކާއި ކަނޑައެޅިފައިވާ ވަކި ޝަރުތުތަކާ އެކު އަނބުރާ ދައްކާ ގޮތަށް ދެފަރާތުންވާ އެއްބަސްވުމެކެވެ. މީގެ އިތުރުން މިފަދަ ބޮންޑްތަކުގައި އާއްމުކޮށް ނަގާ ލޯނަށް ވުރެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު ކުރުވެ، އާއްމުކޮށް ނަގާ ލޯނަށްވުރެ އިންޓްރެސްޓް ރޭޓްވެސް ދަށްވާނެ އެވެ.

ރާއްޖެއަކީވެސް އާއްމުކޮށް ބޮންޑް ގަނެ ވިއްކާ ގައުމަކަށްވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި އެންމެންގެ ސަމާލުކަން އަނެއްކާވެސް ހުއްޓުނީ ސަރުކާރުން 200 މިލިއަން ޑޮލަރު ނުވަތަ 3.1 ބިލިއަން ރުފިޔާގެ ބޮންޑު ގަންނާނެ ބަޔަކު ހޯދުމަށް އިއުލާނު ކުރި ކުރުމަށެވެ. ބޮންޑަކީ އެހެން ގައުމުތަކުންވެސް ނަގާ އެއްޗަކަށްވާއިރު ރާއްޖޭގައި ބޮންޑު ނެގުމުން ރައްޔިތުން އެހާ ކަންބޮޑުވާން ޖެހެނީ ކީއްވެގެންތޯ ބަލާލަންޖެހެ އެވެ.

ރާއްޖޭގެ ދަރަނީގެ މިންވަރު ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފަ އެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ ނިމުނު އިރު ބަޖެޓް ޑެފިސިޓް އުޅެނީ 4.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ދައުލަތުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި 36.9 ބިލިއަން ރުފިޔާގައި ހުރި އިރު މި އަދަދު 2017 ވަނަ އަހަރު 41.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު އެކަނި ސަރުކާރުން ނަގާފައިވާ ލޯންތަކަށް ބަލާ އިރު ބައިނަލްއަގްވާމީ އިދާރާތަކުން އެކަނިވެސް 300 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯން ވަނީ ނަގާފަ އެވެ. އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 100 މިލިއަން ޑިލަރާ، ޗައިނާ އެގްޒިމް ބޭންކުން 67 މިލިއަން ޑޮލަރުގެ އިތުރުން އޯފިޑުން 50 މިލިއަން ރުފިޔާ ވަނީ ނަގާފަ އެވެ. މި ލޯންތައް ނަގާފައިވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖްގެ މަޝްރޫއު ފަދަ މަޝްރޫއު ތަކަށެވެ. ރާއްޖޭގެ ދަރަނީގެ އަދަދު އަހަރުން އަހަރަށް އިންތިހާއަށް ބޮޑުވަމުންދާ އިރު ކޮންމެ އަހަރަކު ބޭރުގެ މާލީ އިދާރާތަކުން ނަގާ ލޯންތަކުން މިދަރަނި ދާނީ ބޮޑުވަމުންނެވެ.

ރާއްޖޭގެ ޑެފިސިޓް 2006 ވަނަ އަހަރުން ފެށިގެން އަރަނިވެފައެއް ނެތެވެ. މި ފާއިތުވެދިޔަ ތިން އަހަރު ފާހަގަކުރެވިގެންދަނީ ދަރަނި އިންތިހާ ދަރަޖައަށް އިތުރުވަމުން އަންނަ މަންޒަރެވެ.

ދައުލަތުގެ މާލީ އިދާރާ އެމްއެމްއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބޮންޑާއި ޓީބިލް އުޅެނީ 22.9 ބިލިއަން ރުފިޔާގަ އެވެ. މިއީ އަހަރުން އަހަރުން ބަލާ އިރު 15 ފަސެންޓްގެ އިތުރުވުމެކެވެ.

މިފަދަ ބޮޑެތި ދަރަނިތަކެއް ދައުލަތުގައި ހުރި އިރު ސޮވެރިން ބޮންޑެއްގެ ސަބަބުން ލިބޭނެ ގެއްލުންތައް ހަމަގައިމުވެސް އިތުރުވެެގެންދާނެ އެެވެ.

އެގޮތުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓެއް އޭގެ ނޭދެވޭ އަސަރު ކުރުމުގެ އިތުރުން ޚިދުމަތުގެ އަގުތަކަށްވެސް އޭގެ ނުރަނގަޅު އަސަރު ކޮށްފާނެ ކަމުގެ ބިރު އެބަ އޮތެވެ. މިއީ ރާއްޖޭފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް ތަހައްމަލު ކުރަން އުދަނގޫ އަސަރު ތަކަކަށް ވެދާނެ އެވެ.

ދައުލަތުން ލިބޭ އާމްދަނީ އާއި ނުބައްދަލު ހަރަދުތައް ކުރުމުގެ އިތުރުން މިއަދު ދައުލަތުން މިގެންގުޅޭ ސިޔާސަތީ ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށް ލޯން ނެގުމުގެ ސިޔާސަތެވެ. އެހެން ކަމުން އަނެއްކާވެސް 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ދޫކުރަކީ ސަރުކާރުގެ ދަރަންޏަށް އަދި ޑެފިސިޓަށް ލިބޭ ބުރަހެލިކަމެކެވެ. ސަރުކާރުން އަރަނި ބަޖެޓަކަށް އަމާޒު ހިފާފައިވާ އިރު އިތުރަށް ބޮންޑު ނުވަތަ ލޯން ނެގުމުން ކުރިއަށް އޮތް އަހަރުތަކަށް އަދި މުސްތަގްބަލުގައި ސަރުކާރާ ހަވާލުވާ ފަރާތްތަކަށްވެސް ސަރުކާރުން ހިންގުމަށް ލިބޭނީ އިތުރު އުނދަގޫތަކެވެ.

ހަގީގަތުގައި މިއަދުގެ ސަރުކާރުން މިހާރަށްވުރެ ރަނގަޅަށް ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުމާ ފައިސާ ހަރަދު ކުރާގޮތް ދެމެހެއްޓެނިވި އުސޫލުތަކެއްގައި ގެންގުޅެން ޖެހެ އެވެ. ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑުން ކަނޑައަޅާފައިވާ ދަރަނި ހުންނަޖެހޭ މިންގަނޑަށްވުރެ ރާއްޖޭގައި ދަރަނި ބޮޑުވެ، އެކަމަށް ސަމާލުވުމަށް އެ އިދާރާތަކުން އަންގާފައިވަނީ ރާއްޖެފަދަ ކުރިއަރަމުން އަންނަ ގައުމެއް އިންތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމުގެ ބިރަށްޓަކަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޑިޔާތައް ބަދަލުކުރުމުން ވިޔަފާރި ވަރަށް ދަށް، އިންތިހާއަށް ކަންބޮޑުވުން!

ގާޑިޔާތައް ބަދަލުކުރުމުން ވިޔަފާރި ވަރަށް ދަށް، އިންތިހާއަށް ކަންބޮޑުވުން!

11 އެޕްރީލު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

29 ޖެނުއަރީ 2018
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

26 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު