Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

ރައީސް މައުމޫނާ ދެކޮޅަށް ފުރަތަމ މަސައްކަތް ކުރެއްވީ އަދީބް ބޭނުން ކުރައްވައިގެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2017 | ބުރާސްފަތި 22:48
ރައީސް މައުމޫނާއި ރައީސް ޔާމީން: މިހާރު ތަފާތު ދެ ފިކުރެއްގައި

ރައީސް މައުމޫނާއި ރައީސް ޔާމީން: މިހާރު ތަފާތު ދެ ފިކުރެއްގައި

ކާންދޭ އަތުގައި ދަތްއަޅައޭ މީހުން ބުނާތީ އަޑުއަހަމެވެ. ހެޔޮކަމުގެ ބަދަލުގައި ތެޔޮ ހަމެއް ވެސް ނުލިބޭ ހިސާބަށް ޒަމާން މިވަނީ ބަދަލުވެފައެވެ. ކަނާއަތުން ޖަހާ ވާއަތް ބުރިކޮށްލަން ފަސްނުޖެހޭނެ ހާލަތަކީ ވެސް އަންނަ ހާލަތެކެވެ. އަޑިއަށް ދާން ފެށީމާ މައިމަކުނު ބޮލުގައި އަޅާފައި ވެސް ފެންމައްޗަށް އަރަން އުޅޭ ބީދަ ދިވެހިންނަށް ވެސް އާދެއެވެ.

މިއީކީ ތޯތޯ ވާހަކައެއް ނޫންކަން އެނގެނީ ބޭބޭފުޅުގެ މުއްފަތުން އެބޭބެގެ މޯހިރުގައި ހުންނަވައިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވުނު ރައީސް ޔާމީންގެ އަމަލްތަކުންނެވެ. އެވެރިކަމުގައި ހުންނަވާން އަދި އިތުރު ދައުރަކަށް ވެރިކަމަށް ވަޑައިގެންނެވުމަށް އެބޭބޭފުޅަށް ޖައްސަވާ ޙާލުންނެވެ. ރައީސް މައުމޫނުގެ އޮފް ކަނޑުއްވާލެއްވުމަށް ރައީސް ޔާމީން ޖައްސަވާ މަޅިތަކުންނެވެ. ކަމަކަށް ފަހު ކަމަކުންނެވެ. ހަރުފަތަކަށް ފަހު ހަރުފަތަކަށް އަރުއްވައިގެންނެވެ.

ފުރަތަމަ ކުޑަކުޑަ ސޮރަކު ބޭނުން ކޮށްގެންނެވެ. މާވަރުގަދަ ބާރަކާއި ހީނުކުރާވަރުގެ ބޮޑު މުއްސަނޖަކަށް އެސޮރު ހައްދަވައިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދީބުގެ ރަންޒަމާނުގައި ރައީސް މައުމޫނަށް ގޯނާ ކުރެއްވުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ. މަހާސިންތާތަކުންނެވެ. ބޮޑެތި ހަފްލާތަކުގައި ބާކީ ކޮށްގެންނެވެ. އިހުގައި ކިތައްމެ ބޭނުންތެރި މީހަކަށް ރައީސް މައުމޫނު ވިކަމުގައި ވިއަސް މިހާރު ކިފުޅި ކޮޅަކަށް ވެސް ބޭނުމެއް ނެތޭ ބުނާ ބީދައިންނެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ނެތުނީހޭ ބުނެ ޕާޓީ މީހުންކޮޅު ލައުނަތް ދިނަސް އަޅާ ނުލާނެ ކަމަށް ބުނަމުންނެވެ.

އެދުވަސްވަރު ވެސް ދިޔައީއެވެ. އޮއްސުނު ގޮތަކަށް އެތަރި އޮއްސުނުއިރު އެޚައްސާސީ ދަނޑިވަޅުގައި ވެސް ބޭބޭފުޅު މައުމޫނު ބޭނުން ކުރެއްވީ ކަރުތާ ފެނުން ބޯ ހިކިލަންދެންނެވެ. އަނެއްކާ ވެސް އިހުހުރި މިނަށެވެ.

މިފަހަރު ސީދާ ރައީސް ޔާމީނެވެ. ބޭބޭފުޅުގެ ބާރު ޕާޓީގެ ތެރެއިން ކަނޑުވާލުމަށެވެ. ގާތުގައި ގެންގުޅޭ މަޖިލީސް ކުދިންކޮޅު ބޭނުން ކުރައްވައިގެން ކޯޓުތަކުގެ މަދަދު ހޯއްދަވައިގެން އެވަނީ އެމަޅި ވެސް ކާމިޔާބު ކުރައްވާފައެވެ. ރައީސް މައުމޫނަކީ މިއަދު ޕީޕީއެމްގައި ހަމަ ނަމެއްގައި ހުންނެވި ރައީސެކެވެ. އާރެއް ބާރެއް ނެތް މީހެކެވެ. އެންމެ އާދައިގެ މެންބަރަކަށް ވުރެ ހާލު ދެރަ މީހެކެވެ. ޕާޓީ ހިންގުމަށް ވައިވެސް ނޭޅެވޭނެ މަޤާމެއްގައި ހުންނެވި ރައީސް ޔާމީން އެވަނީ އެބާރު އަމިއްލަ ފައިކޭޓަށް ޖައްސަވާފައެވެ. ހެއްދެވި އާ ކައުންސިލްގައި ބައިވެރިވެ ވޯޓު ދިނުން ނޫން ގޮތއް ރައީސް މައުމޫނުގެ ދަރިކަލުންނަށް ވެސް ނޯންނާނެއޭ ބުނެ އުފަން ދަރިންކޮޅު ވެސް އެވަނީ ގެންދަވާފައެވެ. ސަރުކާރުން ނުކުންނަވާ ގަދަފައި ވިއްދެވި ދުންޔާ ސައިޒްވި ވަރު އެކަމުގެ ހެތްކަކަށް ފުދެއެވެ.

ގަދަބާރުން ނަމަވެސް އެހާލަތައް ގެނެވުނު ނަމަވެސް ރައީސް ޔާމީނަށް އަދިވެސް އޮތް ބިރުވެރިކަމެއް ހަމަ އެބައޮތެވެ. ރައީސް މައުމޫނުގެ ތާއީދެވެ. ވަތަށް ފައިބާ އެމަނިކުފާނު ކުޅުއްވަފާނެތީއެވެ. އެމަނިކުފާނަށް ތާއީދުކުރާ އާއްމު ރައްޔިތުންކޮޅު ބޭނުން ކުރައްވަފާނެތީއެވެ. ރައީސް މައުމޫނުގެ ފުއްޓަތްކަކަށް ތެދުވާން ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ހަރަކާތްތެރިވެދާނެތީއެވެ.

ވެރިކަމުގައި ހުންނަވަން އަދި އިތުރު ދައުރަކަށް ވަޑައިގެންނެވުމަށް ކޮންމެ ފަދަ ކަމެއް ކުރެއްވުމަށް ފޫގަޅުއްވައިގެން ހުންނެވި ރައީސް ޔާމީން އެވަނީ އެމަޅިވެސް ޖައްސަވާފައެވެ. ޢާއްމު މެންބަރުންނާ ބައްދަލު ކުރައްވަން ރައީސް މައުމޫނު ކުރެއްވި މަސައްކަތް އެވަނީ ހުއްޓުވާފައެވެ. ޤާނޫނު އަސާސީއެއް ޤާނޫނުތަކެއްގައި ކަޅާހުދުން ލިޔެފައި އޮތަސް އެފުރުސަތެއް ނުދޭނަމޭ ބުނެ އެވަނީ ހަމަ އެންމެ ދެފުލުހަކު ލައްވާ އެކަން މަނާކޮށްފައެވެ. އެއީކީ ވެގެންވާނެ ގޮތެއް ނޫނޭ ވިދާޅުވެ ރައީސް މައުމޫނު ކިތައްމެ ސިޓީއެއް ޕޮލިސް ކޮމިޝަނަރަށް ފޮނުއްވިއަސް ކުނިވަށިގަނޑު ނޫން ޖާގައެއް އެއަށް ނޯންނާނެއޭ ބުނާފަދަ ގޮތަކަށެވެ. ކިތައްމެ ވަރަކަށް ބޭނުންވިއަސް ރައީސް މައުމޫނަކަށް އާއްމު މެންބަރުންނާ ބައްދލު ކުރެއްވޭނެ ގޮތެއް ވިޔަކަ ނުދޭނަމޭ އެވަނީ ރޯމާ ދުވާލު ބުނެފައެވެ.

ކޮންމެއަކަސް ކިތައްމެ ހައިބަތަކާ ބާރެއްގައި ކުރިން އުޅުއްވިއަސް ރައީސް މައުމޫނަކަށް މިއަދު ކުޑަވައި އިނގިލި ހިއްލާލައްވަން ވެސް ރައީސް ޔާމީނެއް ފުރުސަތެއް ނުދެއްވާނެއެވެ. ރައީސް މައުމޫން އާއްމު ރައްޔިތުންނާ ބައްދަލު ކުރެއްވުމަކީ ވެރިކަން ފުރޮޅިދާނެ ކަމެއްކަން އެނގިހުރެ އެފުރުސަތެއް ރައީސް ޔާމީން އެހުންނެވީ ދެއްވާކަށް ނޫނެވެ. ރައީސް މައުމޫނުގެ އޮފް ކަނޑުއްވާލެއްވުމަށް އެޖެއްސެވީ އިތުރު މަޅިއެކެވެ. ގަދަ ބަސް ވިދާޅުވެ އުޅުއްވައިފި ނަމަ ފަހަރިދައިތައާ ވެސް އަނގައިން ބުނެވޭނީ ތިމަން ނެރޭ އަމުރަކާ އެއްގޮތަށް ކަމަށް ކަނޑައަޅަން ޖެހިދާނެ ފަދަ ވަރުގަދަ އިންޒާރެއް ދޭ ފަދަ ގޮތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު