Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ފަރާތުން ފެނުނީ ފައިނަލެއްގައި ފެންނަން ޖެހޭ ފެންވަރުގެ ކުޅުމެއް ނޫން: ޒަވީ

ޚާއްސަކޮށް ވާދަވެރި ރެއާލާ ދެކޮޅަށް ދައްކަން ޖެހޭ ފެންވަރުގެ ކުޅުމެއް ނޫން ކަމަށް އޭނާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖެނުއަރީ 2024 | އަންގާރަ 00:33
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާގެ ފަރާތުން ފެނުނީ، ފައިނަލް މެޗެއްގައި ފެންނަން ޖެހޭ ފެންވަރުގެ ކުޅުމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގައި ކުޅުނު ފައިނަލް މެޗުގައި ވާދަވެރި ރެއާލް މެޑްރިޑާ ވާދަކޮށް ބާސެލޯނާ ވަނީ ބަލިވެފަ އެވެ. އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒަވީ ބުނީ، ބާސެލޯނާގެ އެންމެހާ ސަޕޯޓަރުންގެ ކިބައިން އޭނާ މައާފަށް އެދެން ބޭނުންވާ ކަމަށެވެ.

އެގޮތުން ފައިނަލް މެޗުގައި ބާސެލޯނާ އިން ދެއްކީ ދަށް ކުޅުމެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ޚާއްސަކޮށް ވާދަވެރި ރެއާލާ ދެކޮޅަށް ދައްކަން ޖެހޭ ފެންވަރުގެ ކުޅުމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މިކަން އިތުރަށް ފާހަގަކޮށް ޒަވީ ބުނީ، މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އޭނާ ކަމަށެވެ. އެހެންކަމުން މިހާރު ދެން ކުރަން އޮތް ކަމަކީ، ހެދުނު ގޯސްތައް ދެނެގަނެ ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރުން ކަމަށް އޭނާ ބުންޏެވެ. ޒަވީ ޤަބޫލު ކުރާ ގޮތުގައި ބާސެލޯނާ އަށް ލިބުނީ ހިތްދަތި ބައްޔެކެވެ. ނަމަވެސް އޭނާ އަށް އޮތް ޔަގީން ކަމަކީ، ބާސެލޯނާ އިން މިހާރަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމުގެ ޔަގީންކަމެވެ.

މީގެ އިތުރުން ޒަވީ ބުނީ މިފަދަ ދަނޑިވަޅުތަކުގައި ކޯޗަށް ބޮޑު ޕްރެޝަރެއް އަންނާނެކަން އެނގޭ ކަމަށާއި، އެކަންކަމާ ކުރިމަތިލާން ތައްޔާރު ކަމަށެވެ. ނަމަވެސް، އޭނާގެ ވިސްނުން ހުރީ އެ ދިމާލަށް ނޫން ކަމަށާއި، ވިސްނުން ހުރީ އޭނާގެ މަަސައްކަތަށް ކަމަށް ވެސް ޒަވީ ބުންޏެވެ. އެހެންކަމުން، މާދަމާ ވެސް މަސައްކަތް ކުރާނީ ކުރިއަށް ހުރި މެޗުތަކަށް ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޕްރެޝަރާއެކު ވެސް ކުރިއަށް ދާން ޖެހޭނެ އެވެ. އަނެއްކޮޅުން ކަންކަން އަނބުރާލުމުގެ ޤާބިލުކަން ވެސް ބާސެލޯނާ އަށް އޮންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން ވަނީ މިދިޔަ ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އެ ޓީމުން ވަނީ ރެއާލް ބަލިކޮށްފަ އެވެ. ބާސެލޯނާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު