Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީގެ މައްސަލަަތައް

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 08:14
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މާލެ ސިޓީގެ ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން، ފާޑުކީ މީހާއަށް ޙަމަލާދިން މައްސަލައެއްގައި އެ ޝެފް 7 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދުލް ޙަސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް މި ދައުވާކޮށްފައިވަނީ 6 ޑިސެމްބަރު 2020 ވަނަ ދުވަހު އިތުރު ބިދޭސީއަކާ މާރާމާރީ ހިންގައި އޭނާގެ އަތުގައި އޮތް ވަޅިއަކުން އެމީހާއަށް ޙަމަލާދިން މައްސަލައެއްގައެވެ.

މި މައްސަލައިގެ ދައުވާލިބޭ ފަރާތަކީ މާލޭގެ ބޭކަރީއެއްގައި ޝެފް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެކެވެ. އޭނާ މާރާމާރީ ހިންގާފައިވަނީ އެ ބޭކަރީގެ ޕްރޮޑަކްޝަން މެނޭޖަރުގެ މަޤާމުގައި ހުރި ބިދޭސިއަކާއެވެ.  

އޭނާ ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ޝަފަހީ އަދި ކިތާބީ ހެކި ހުށަހަޅާފައެވެ. އޭނާގެ ފަރާތުން ބުނެފައިވަނީ ދިފާއުގައި ހުށަަހަޅާނެ ހެއްކެއް ނެތްކަމަށެވެ.

މި މައްސަލައިގައި އަނިޔާވި ފަރާތް ޝަރީއަތުގެ މަޖިލީހުގައި ދިން ހެކިބަހަށް ބަލާއިރު، ޙާދިސާ ހިނގަން މެދުވެރިވީ ދައުވާލިބޭ ފަރާތް ތައްޔާރުކުރި ކާއެއްޗެއް ކަމުނުގޮސްގެން މެނޭޖަރެއްގެ ހައިސިއްޔަތުން އޭނާ ދައުވާލިބޭ ފަރާތް ގާތު އެ ވާހަކަ ދެއްކުމުގެ ސަބަބުންކަން އެނގެއެވެ.

އެ ވާހަކަ ދެއްކުމުން އެކަމާ ހިތްހަމަނުޖެހިގެން ދައުވާލިބޭ ފަރާތް ވަނީ ޕާން ކަފާ ވަޅިއަކުން އޭނާއަށް ޙަމަލާދީފައެވެ.

އެ ޙަމަލާގެ ސަބަބުން އޭނާގެ ބޮލުގެ އެއްފަޅިން ލޭ އައިކަމަށާއި، އޭނާ ސަލާމަތްކޮށްދިނީ އެވަގުތު އެތަނުގައި ތިބި މުވައްޒަފުންކަމަށްވެސް އޭނާ ހެކިބަސްދެމުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ބަލައި ޝަރީއަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

އަދި ކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ 7 އަހަރާއި 25 ދުވަސްކަމަށް ޝަރީއަތުން ވަނީ ޙުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު