Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް އެތެރެކުރުން

ފޮތެއްގެ ބަނޑޭރިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2024 | އާދީއްތަ 07:01
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ފޮތެއްގެ ބަނޑޭރިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement - newsAdvertisement

އޭނާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 23 ޖެނުއަރީ 2024 ގައެވެ.

ކްރިމިނަލް ކޯޓުން ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ޤަރީނާ ލިބިފައިވާކަމަށެވެ. އެގޮތުން އޭނާ ޕޯސްޓަށް ބަލައި ދިޔަ ފޮށިގަނޑެއްގެ ތެރޭގައި އޮތް ދެ ފޮތެއްގެ ބަނޑޭރިގަނޑުގައި ކޮންސީލްކޮށްފައި (ފޮރުވާފައި) ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާ ސީންގައި ބުނެފައިވަނީ އެއީ ރައްޓެއްސަކު ބުނެގެން އޭނާ ޙަވާލުވާން ދިޔަ ފޮށިގަނޑެއް ކަމަށެވެ.

ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ ފޮށިގަނޑުގެ ވެރިފަރާތް ހޯދުމަށް ފުލުހުންނަށް އެއްބާރުލުންދީގެން ހިންގާ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް އޭނާ އެއްބާރުލުން ދީފައިނުވާކަމަށެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ މުުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދިފައިވެއެވެ.

އޭނާ ވަނީ އޭނާގެ ސިއްޙީ މައްސަލަތަކެއް ހުރިކަމަށް ބުނެ އެކަމުގެ ލިއެކިއުންތައް ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު