Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާ ނިކުންނާނީ ތައްޓަށް: ޒަވީ

އޭނާ ބުނީ މުބާރާތުގެ ފައިނަލަށް ގޮސް، ތަށި ކާމިޔާބު ކުރަން ބޭނުންވާއިރު، އެކަން ކުރަން ޖެހޭނީ ފަހަރަކު ފިޔަވަޅަކުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 10:22
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާ އިން ނިކުންނާނީ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރަން ކަމަށް، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ބާސެލޯނާ އިން އޮސަސޫނާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ބާސެލޯނާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެހެންކަމުން، މިއަހަރު ވެސް އެ ޓީމު ނިކުންނާނީ ސީދާ ތައްޓަަށް އަމާޒު ހިފައިގެން ކަމުގައި ޒަވީ ވަނީ ބުނެފަ އެވެ. އަދި ޒަވީ ބުނު ގޮތުގައި، އެއްވެސް ތައްޓަކީ ބާސެލޯނާ އަށް ކުޑަ ތައްޓެއް ނޫނެވެ. ޒަވީ ބުނީ މިދިޔަ ސީޒަންގައި ބާސެލޯނާ އިން ދެ ތަށި ކާމިޔާބު ކުރިއިރު، އޭގެ ތެރެއިން އެއް ތައްޓަކީ ސުޕަ ކަޕް ކަމަށެވެ.

އިތުރަށް އޭނާ ބުނީ، މިދިޔަ ސީޒަންގައި ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކުރީ އާދަޔާ ޚިލާފު ހިތްވަރެއްކޮށް، މޮޅަށް ކުޅެގެން ކަމަށެވެ. ޚާއްސަކޮށް، މިދިޔަ އަހަރު މުބާރާތުގެ ފައިނަލް މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ވަރަށް މޮޅަށް ކުޅުނުކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން، އަނެއްކާ މިއަހަރު ވެސް އެ ކާމިޔާބޫ ތަކުރާރު ކުރަން ބޭނުންވާ ކަމުގައި ޒަވީ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެ މުބާރާތުގެ ތަށި ކާމިޔާބު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް، އެއީ ސްޕެނިޝް ލީގު ނުވަތަ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުންހާ ބޮޑު ކަމަކަށް ނުވެދާނެކަމުގައި އޭނާ ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ފައިނަލަށް ގޮސް، ތަށި ކާމިޔާބު ކުރަން ބޭނުންވާއިރު، އެކަން ކުރަން ޖެހޭނީ ފަހަރަކު ފިޔަވަޅަކުން ކަމަށެވެ. ފައިނަލްގެ ކުރިން ސެމީ ފައިނަލްގައި އޮސަސޫނާ ބަލިކުރަން ޖެހޭ ކަމަށް ޒަވީ ބުންޏެވެ. އޮސަސޫނާއާ ގުޅޭ ގޮތުން ޒަވީ ބުނީ، އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފެނުނީ، ވަރަށް ބޮޑަށް އިދިކޮޅު ޓީމުތަކަށް ނުރައްކާ ކޮށްގެން ކުޅުނު މަންޒަރު ކަމަށެވެ. އެހެންކަމުން، އޮސަސޫނާ އަކީ ބާސެލޯނާ އިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ޓީމެއްކަން އޭނާ ފާހަގަ ކުރި އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ބާސެލޯނާ އިން އޮސަސޫނާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ. އެ މެޗުން މޮޅު ޓީމެއް ފައިނަލްގައި ނިކުންނަން ޖެހޭނީ، ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ސްޕެނިޝް ސުޕަ ކަޕްބާސެލޯނާޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު