Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގައްޒާގެ ހާލަތު

ޣައްޒާގެ ރަށްވެހިން، 'ރޮނގުގެ ނިމޭ ހިސާބަށް': މާނައަކީ؟

8 ޖެނުއަރީ 2024 | ހޯމަ 22:34

ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 100 ޕަސެންޓް މީހުންނަކީ މިއަދު އުފަން ވަޒަނުގައި ރެފިއުޖީން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 ޖެނުއަރީ 2024 | ހޯމަ 22:34
އަމިއްލަ ގެދޮރު ދޫކޮށް ގައްޒާގެ ރައްޔިތުން މިސްރާއި ގުޅޭ ބޯޑަރު ކައިރީގައި

އަމިއްލަ ގެދޮރު ދޫކޮށް ގައްޒާގެ ރައްޔިތުން މިސްރާއި ގުޅޭ ބޯޑަރު ކައިރީގައި

3 މަހަށް ދިގުލައިގެން ގޮސްފައިވާ ޤަތުލުޢާންމެއްގެ ތެރޭގައި ކަސްތޮޅު އެޅިފައި އޮތް ފަލަސްޠީނުގެ ޣައްޒާއަށް އަމާޒުކޮށް، ނިރުބަވެރި އިޒްރޭލުން ދެމުންދާ ޙަމަލާތަކުން ކުޑަ ނަމަވެސް ދިފާޢެއް ލިބޭތޯ، ޣައްޒާގެ މަދު ޢާއިލާތަކެއް އެތަނެއްގައި ވަގުތީ ހިޔާވަހިކަން ހޯދަމުން ދާ އެއް ތަނަކީ، ޣައްޒާއާއި މިޞްރު ހިއްސާކުރާ ބޯޑަރު ސަރަޙައްދެވެ. މެދުކެނޑުމެއް ނެތި، ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާޓަކުން ދިފާއުވުމަށް، ބޯޑަރާ ގާތްގަނޑަކަށް އެންމެ 500 އެއްހާ މީޓަރު ދުރުގައި ޢާއިލާތަކުން ދިރިއުޅެމުން ދަނީ އަމިއްލަ އަތުން ޓެންޓު ޖަހައިގެންނެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 100 ޕަސެންޓް މީހުންނަކީ މިއަދު އުފަން ވަޒަނުގައި ރެފިއުޖީންނެވެ. އޭގެ ތެރޭގައި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު، އެކި ހިޔާވަހިތަކަށް ބަދަލު ވާން މަޖުބޫރުވި މީހުންގެ ޢަދަދުވެސް އިންތިހާއެވެ. ވަގުތީ ހިޔާވައްސެކޭ ބުނި ކަމުގައި ވީ ނަމަވެސް އެއީ ބައު ސަތަރިގަނޑެކެވެ. ނޫނީ ކޮންމެވެސް ކަހަލަ ޕްލާސްޓިކު ކޮތަޅު ޒާތުގެ އެއްޗަކުން، ހާމަ ބިމުގައި ޖަހާފައިވާ ޓެންޓުތަކެކެވެ. 

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތަށް ޢަމާޒުކޮށްގެން ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި މުޅި ޣައްޒާހެން މިއަދު އޮތީ ސުންނާފަތިކޮށްފައެވެ. ޢާންމުން ދިރިއުޅޭ ގެތަކާއި، ޢިމާރާތްތަކާއި، ޢުމްރާނީ ބިނާވެށި ފުނޑުފުނޑުކޮށްލާފައެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް ޣައްޒާގެ ވަޒަންވެރިން ވަނީ މަޚްރޫމުކޮށްފައެވެ. މުޅި ޣައްޒާ އޮތީ ބަނޑަށް ޖެހިފައެވެ. ބޯލާނެ ސާފު ފެންފޮދެއް ނެތެވެ. ފިނި މޫސުމުގެ ދުވަސްވަރެއް ކަމަކު ހަށިގަނޑު ނިވާކޮށްލެވޭނެ ފަދައެއްވެސް ނެތެވެ. ބޭސްފަރުވާ ކުރުމުގެ ނަޞީބެއް ނެތެވެ. މި ހުރިހާ ކަމަކާއެކު، ސާމީ ޢައްބާސް ފަދަ އެތައް ބަޔަކަށް މިއަދު މަޖުބޫރު ވެފައި ވަނީ އޭނާ ބުނި ގޮތުން ނަމަ، 'ރޮނގުގެ ނިމޭ ހިސާބަށް' ދިއުމަށެވެ. ކުރު ލަފުޒުތަކެއް ކަމަކު، ފުންމިން ވަޒަންކޮށްލަންވެސް ދަތި މާނައެއް އޮތް ބުނުމެކެވެ.

އިޒްރޭލަށް ޢަމާޒުކޮށްގެން ޙަމާސް ޖަމާޢަތުން އޮކްޓޯބަރ 7 ވަނަ ދުވަހު ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ ޔަހޫދީން ދެމުން ގެންދާ ނިރުބަވެރި ޙަމަލާތަކުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 23000 އަށް އަރަނީއެވެ. އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ވާ މީހުންގެ ޢަދަދުތައް އެކަންޏެވެ. ޢިމާރާތްތަކުގެ ދަށުގައި ތާށިވެ، މަރުވެފައި އަދިވެސް އެތައް ހާސް ބަޔަކު ވާނެ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ނިރުބަވެރި ޔަހޫދީން ބުނާ ގޮތުގައި އިޒްރޭލުގެ މަޤްޞަދަކީ ޙަމާސްގެ ވަސް މި ބިންމަތިން ފޮހެލުމެވެ. އަދި ޣައްޒާއިން ހަތިޔާރު ނައްތާލާ، ޣައްޒާގައި ފެތުރިފައި އޮތް ހައްދު ފަހަނަ އަޅާ ދިއުމުގެ ފިކުރަށް ނިމުން ގެނެސް، އޮކްޓޯބަރ 7 ވަނަ ދުވަހު ހިނގި ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާއަކީ އިޒްރޭލު ސިއްސުވާލި ޙަމަލާއެއް ކަމަށް ބުނާ އިރު، ޖާސޫސީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ބާރަށް އެކަން ނޭނގި އޮވެދާނެތޯ ސުވާލު އުފެދެއެވެ. ޢާންމުންގެ ބައެއްގެ ފުރާނަ ދިޔައަސް ހެޔޮކޮށް، ޣައްޒާ ހަފުސްކޮށް ނަސްލު ދޮވެލާނެ އުޒުރެއް ހޯދަން، އިޒްރޭލުގެ ނިރުބަވެރިންނަށް އެ ޙަމަލާގެ މަޢުލޫމާތު އެނގި ހުރެމެ، އެކަން ސިއްރު ކުރީ ނޫން ކަންވެސް ނޭނގެއެވެ.

ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާއަށް އަމާޒުކޮށް އެއްގަމާއި ވައިގެ މަގުން ޔަހޫދީން ދެމުންދާ ޙަމަލާތައް، ފަހަރަކަށް ވުރެ ފަހަރެއް ދަނީ ވަރުގަދަ ކުރަމުންނެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ އޮފިޝަލުން އާދީއްތަ ދުވަހު ހާމަކުރެއްވި ގޮތުގައި، އާދީއްތަ ދުވަހުގެ ކުރިއަށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޔަހޫދީން ވަނީ ފަލަސްޠީނުން 111 މީހަކު މި ދުނިޔެއާ ވަކިކޮށް، 250 މީހަކު ޒަޚަމް ކޮށްފައެވެ.

ޣައްޒާގެ ރަށްވެހިން މިއަދު އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކައަކީ، އެ ނޫން އެހެން އެއްވެސް ބަޔަކަށް ކިޔައިދެވޭނެ ވާހަކަތަކެއް ނޫނެވެ. 21 ވަނަ ޤަރުނުގެ އަދުގެ ދުނިޔޭގައި ބަޔަކަށް ކުރިމަތިލާން ޖެހިދާނެ ކަމަށް ބިރުވެރި ހުވަފެނެއްގައިވެސް ފެނިފައި ނުވާ ފަދަ ޙާލެއްގައި ޣައްޒާގެ ކުދިބޮޑު އެންމެން މިއަދު ދިރިއުޅެމުން އެ ދަނީ، ހަމަޖެހިލުމުގެ ނޭވާއެއް ލެވޭނެ ދުވަހެއްގެ ކޮޅުމަތިވެސް ފެންނަން ނެތް ޙާލުގައެވެ. ނިރުބަވެރިންގެ ޢުދުވާނީ ޙަމަލާއެއްގައި ފުރާނަ ގެއްލި ދިއުމާ ހަމައަށް ޣައްޒާގެ ކޮންމެ ރަށްވެއްސެއްގެ ކިބައިންވެސް ފެނިގެން ދަނީ އުފަން ފަސްގަނޑަށް އެ ހިތުގައި ދެވިފައި އޮތް މަތިވެރި މަޤާމެވެ. އަދި ހެއްދެވި ފަރާތުން އިރާދަ ކުރެއްވި މިންވަރަށް ޝުކުރުކޮށް، ކެތްތެރިވުމުގެ ލާމަސީލު ނަމޫނާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2022

އޯޓިސްޓިކް ކުދިންނަށް މަލާމާތްކޮށްފައި މައާފަށް އެދުމުން ހުރިހާ ކަމެއް ނުނިމޭނެ!

20 ޖެނުއަރީ 2022
އޯޓިސްޓިކް ކުދިންނަށް މަލާމާތްކޮށްފައި މައާފަށް އެދުމުން ހުރިހާ ކަމެއް ނުނިމޭނެ!
21 ސެޕްޓެމްބަރު 2021

ޤައުމުތަކަށް ހިތުހުރިއެއްޗެއް ގޮވަމުން" މުންޑުއަރުވާ" ހިސާބަށް ދިޔުމަކީ ކާމިޔާބު ޚާރިޖީ ސިޔާސަތެއް ނޫން

21 ސެޕްޓެމްބަރު 2021
ޤައުމުތަކަށް ހިތުހުރިއެއްޗެއް ގޮވަމުން" މުންޑުއަރުވާ" ހިސާބަށް ދިޔުމަކީ ކާމިޔާބު ޚާރިޖީ ސިޔާސަތެއް ނޫން
28 ޖުލައި 2019

ރަށްތަކުގެ މައްސަލަތަށް ނިމޭނީ ކިހިނެއް؟

28 ޖުލައި 2019
ރަށްތަކުގެ މައްސަލަތަށް ނިމޭނީ ކިހިނެއް؟
23 ޖޫން 2019

ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް

23 ޖޫން 2019
ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް
11 މެއި 2018

ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟

11 މެއި 2018
ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟
20 މާރިޗު 2018

ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ އިރު!

20 މާރިޗު 2018
ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ އިރު!
09 އޮކްޓޯބަރު 2017

ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި

09 އޮކްޓޯބަރު 2017
ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި
19 ޖޫން 2017

"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

19 ޖޫން 2017
"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް