Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި

އަޅުގަނޑަށް ނަސޭހަތް ދެއްވަން އެބަ ޖެހޭ: ރައީސް ޔާމީން

ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2017 | ހޯމަ 21:33
ހޯމަ ދުވަހުގެ ރޭ ރަސްފަންނުގައި އިސްރަށްވެހިންނާއެކު ބޭއްވި ހަފްލާގައި ރައީސް ޔާމީނާއި އަނބިކަނބަލުން މޮޅު ގޮނޑީގައި

ހޯމަ ދުވަހުގެ ރޭ ރަސްފަންނުގައި އިސްރަށްވެހިންނާއެކު ބޭއްވި ހަފްލާގައި ރައީސް ޔާމީނާއި އަނބިކަނބަލުން މޮޅު ގޮނޑީގައި

ހޯމަ ދުވަހުގެ ރޭ ރަސްފަންނުގައި ބޭއްވި ހަފްލާގައި ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ސްޕޮންޖް ޖެހި މޮޅު ގޮނޑިކޮޅުގައި ތިއްބެވިއިރު، އިސް ރަށްވެހިން ޕްލާސްޓިކް ގޮނޑީގައި ތިބެންޖެހިއްޖެއެވެ.

އިސް ރަށްވެހިން ހެއްވާލި ރައީސްއަކީ ރައީސް ޔާމީން ކަމަށް ބުނެ، އިސްތިހާރުކުރި މި ހަފުލާއިން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ހިނގާބިނގާވެ އުޅުމަށް ދަތި، ހަށިގަނޑުންވެސް ބަލިކަށި އުމުރަށް ގޮސްފައިވާ މުސްކުޅިންނަށް ހާއްސަކޮށްފައި ހުރީ އާދައިގެ ޕްލާސްޓިކް ގޮނޑިއެވެ. އެފަދަ ގޮނޑީގައި މުސްކުޅިން ތިބެން ޖެހުމަކީ އުނދަގޫތަކެއް ވާނެކަމެއް ކަން، ހަފުލާ އިންތިޒާމުކުރި ބޭފުޅުންނަށް އެނގިވަޑައެއް ނުގެންނެވިއެވެ.

މިފަދަ ބޮޑު ތަފާތުކުރުމެއް ފެނިގެން ދިޔައިރު، އިސްރަށްވެހިން ހަފުލާއަށް ވަންނަން ޖެހުނީ، ވަރުގަދަ ސެކިއުރިޓީ ގޭޓުންނެވެ. ރައީސް ޔާމީން ވަޑައިގެންނެވީ އިސްރަށްވެހިން ވެންނެވުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ނޫން ކަމަށް މަންޒަރު ފެނުނު މީހުން ބުނެއެވެ. އެ މަނިކުފާނު ވަޑައިގަތީ އައިޖީއެމްއެޗް ފަޅިންނެވެ.

އުމުރުން ދުވަސްވީ މީހުން ބާކީ ނުކުރުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެކަމެއް ހަފުލާއިން ފެނިގެން ނުދިޔައެވެ. ރައީސް ޔާމީން ވިދާޅުވީ ދައުލަތެއް ބިނާކުރުމުގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އަޚްލާގް ރަނގަޅު ޖީލެއް އުފެއްދުން ކަމަށެވެ. އެކަމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެވޭނެ އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ މަސައްކަތުގައި ސަރުކާރާ އެކު އެ މީހުން ބައިވެރިވާން ރައީސް ގޮވާލެއްވިއެވެ.

"އަޅުގަނޑަށް ނަސޭހަތް ދެއްވަން އެބަ ޖެހޭ. އަދި މަގުން ކައްސާލައިގެން ދާ އެކިއެކި ވިސްނުންތަކަށް ތިބޭފުޅުން އެބަ ޖެހޭ ނަސޭހަތްތެރިވާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާތީ ދަންނަވަމެވެ. ކޮންމެ މީހަކަށް ވިޔަސް، އަމިއްލަ "ލެޔަށް" ކުލުނެއް ނެތް ނަމަ، އެހެން މީހަކަށް، އެހެން އުމުރެއްގެ މީހަކަށް ކުލުނެއް ރަހުމެއް ހުންނާނެތޯއެވެ؟ މަނިކުފާނަށް ދޭން އޮތް ނަސޭހަތް ވަރަށް ގިނައެވެ. ހަލާލާއި ހަރާމުގެ ވާހަކައެވެ. ވައްކަމާއި ހިޔާނާތުގެ ވާހަކައެވެ. ސިހުރާއި ފަންޑިތައިގެ ވާހަކައެވެ. އިސް ރަށްވެހިން މިގައުމުގައި އުޅުނީ ހަލާލެއް ހަރާމެއް ނުބަލައި އަތުޖެހުނު އެއްޗެއް ހޯދައިގަނެގެނެއް ނޫނެވެ. ކާބަފައިން މި ގައުމު ބިނާކުރީ، ކޮރަޕްޝަނަށް ތުހްމަތު ކުރެވޭ ގޮތަކަށް ނޫނެވެ. މުސްކުޅިން ޚިދުމަތްކުރީ ތިމާގެ ވާދަވެރިއެއް ހުރި ނަމަ އެ މީހެއް މަންޒަރުން ދުއްވާލައިގެނެއް ނޫނެވެ.

އެންމެ ކުޑައިރުން ފެށިގެންވެސް މަންމަ އާއި ބައްޕަ ދޭ ނަސޭހަތަކީ މުސްކުޅިންނަށް އިހްތިރާމްކުރުމެވެ. ނަމަވެސް އެކަން ފެނިގެން ނުދިޔުމުން، ހިތަށް ކުރި މި އަސަރު މިހިސާބަށް ނިންމާލަމެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން ހަފުލާއެއް ބޭއްވިއިރު، ގިނަ ބައެއް ފާޑުކިޔުން އެންމެ ބޮޑަށް އޮއްސަމުން ދިޔައީ ރައީސް ޔާމީންގެ އެއްބަފާ ބޭބެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މި ސަރުކާރުން ހަދާފައިވާ ގޮތުންނެވެ. ރައީސް މައުމޫން ޖަލުގެ ގޮޅީގައި ނެތަސް، އެ މަނިކުފާނުގެ "ހިތާއި ފުރާނަ" އެ ވަނީ ބޭއިންސާފުން ޖަލުގައެވެ. އަމިއްލައަށް އުފެއްދި ޕާާޓީ، ޕީޕީއެމްއިން އެ މަނިކުފާނު ވަކިކޮށް، ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީން ނެންގެވިއެވެ.

މިފަދަ އިހްތިރާމެއް ނުދިނިއްޔާ މާރަނގަޅުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު