Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޯޓިސްޓިކް ކުދިން މުޖުތަމައުން ބާކީކުރުން

އޯޓިސްޓިކް ކުދިންނަށް މަލާމާތްކޮށްފައި މައާފަށް އެދުމުން ހުރިހާ ކަމެއް ނުނިމޭނެ!

މާލެސިޓީގެ އާންމު ޖަލްސާއެއްގައި ކައުންސިލް މެމްބަރު އާދަމް ރަމީޒު ވަނީ އޯޓިޒަމް ކުދިންނަކީ ދަށު ދަރަޖައިގެ ބައެއްކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2022 | ބުރާސްފަތި 08:50
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރައްސާރަކުރުން

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރައްސާރަކުރުން

ތިމާ ބޭނުންވާކަމެއް ހާސިލުކުރުމަށްޓަކައި ސަޅިބައިސާ ކެނޑުމަކީ ދުނިޔަވީ އާދައެކެވެ. އަދި ތިމާގެ އަމިއްލަ ހުއްޖަތްތައް ފުރިހަމަ ކުރުމަށްޓަކައި އެހެން މީހުންގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީވެސް ބަޔަކު ކޮށްއުޅޭ މުޑުދާރު އަމަލެކެވެ. މިކަން މިގޮތަށް ކުރަނީ ދެންތިބި މީހުންގެ އަގުވައްޓާލުމަށެވެ. އެއީ ދެރަ ބައެއްގެ ގޮތުގައި މީހުންނަށް ދެއްކުމަށްޓަކައެވެ. ތިމާއަކީ މާމޮޅު މީހެއްކަން މީހުންގެ ކުރިމަތީގައި ދެއްކުމަށެވެ.

ނަމަވެސް ބަޔަކު ކިޔާހާ އެއްޗެއް އަޑުއަހައިގެން ދިވެހީން އުޅުނު ޒަމާން މިހާރު ވަނީ ފަހަނައަޅާ ގޮސްފައެވެ. ޒަމާނާއެކު ދިވޭހީންވެސް ތަރައްގީވެއްޖެއެވެ. ކަންކަމުގައި ގޮތް ނިންމާއިރު ފަތިފުށް ރަނގަޅަށް ބަލައެވެ. މިހާރު މިފަދަ ވާހަކަތައް ދައްކާ މީހުން އާޚިރުގައި މުޖްތަމައުން ބަލައެއް ނުގަނެއެވެ. އޭގެ ބަދަލުގައި ގިނަ ފަހަރަށް ފެންނަނީ އެމީހެއްގެ އަގު ވެއްޓޭ މަންޒަރެވެ. ދެންތިބި މީހުން އެމީހާއަށް ހަޖޫޖަހަނީވެސް މަދު ފަހަރެއްގައެއް ނޫނެވެ.

މިފަހަރުވެސް ކަންދިމާވީ ހަމަމިހެންނެވެ. މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 36 ވަނަ ރަސްމީ އާންމު ޖަލްސާގައި ޕީޕީއެމްގެ މެދު ހެންވޭރު ކައުންސިލް މެމްބަރު އާދަމް ރަމީޒު ވަނީ ބައެއް މިނިސްޓްރީތަކުގައި އޯޓިސްޓިކް ކުދިން އެބަތިބި ކަމަށާ، އެކަމާ މެދު ހައިރާން ނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަކުރަމް ކަމާލުއްދީނަކީ އޯޓިސްޓިކް ކުއްޖެއްކަމަށް ރަމީޒް ވިދާޅުވިއެވެ.

ސިޔާސީ މަންފާތައް ހާސިލުކުރުމަށް މިބީދައިން ވާހަކަދައްކާއިރު ވިސްނާލަންޖެހޭ ބައިވަރު ކަންތައް ހުންނާނެކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އެފަރާތްތަކަށެވެ. ކޮންމެ ނިޔަތެއްގައި ނަމަވެސް އެފަދައިން ވާހަކަދެއްކުމުން ދޭހަވާ އެއް ކަމެއް އެބައޮތެވެ. ކައުންސިލް މެމްބަރު ރަމީޒުގެ ކުރިމަތީގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ އެއްވެސް އަގެއްނެތް ބައެކެވެ. އެއީ މުޖުތަމައުގައި ބޭކާރު ބައެކެވެ. ނުވިތާކަށް މުޖުތަމައުން އެކުދިންނަކީ ބަލައިގަންނަން ޖެހޭ ބައެއްކަމަށް ގަބޫލު ނުކުރާހިނދު މިފަދަ ވާހަކައެއް ދައްކާނީ އެކުދިންނާމެދު ހަމްދަރުދީގެ ފުކެއްވެސް ނެތީމަތާއެވެ.

ކޮންމެއަކަސް މާލެ ސިޓީގެ ކައުންސިލް މެމްބަރުކަމަށް ރައްޔިތުން ވޯޓުލައިގެން ހޮވާފައިވާ މީހަކު މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީވެސް މުޖުތަމައަށް ބޭނުންހުރި ބައެއްކަމާއި، އެފަރާތްތައްވެސް މުޖުތަމައުގައި ބައިވެރިކޮށް އެފަރާތްތަކަށް އަޅާލަން ޖެހޭނެކަން އަދުގެ ސަރުކާރުން އަދުގެ ސަރުކާރުން އަންނަނީ ވަރަށް ރަނގަޅަށް ދައްކަމުންނެވެ. ނަމަވެސް ކައުންސިލް މެމްބަރު ރަމީޒުފަދަ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިބީދައިން ވާހަކަދައްކަން ހަމަ ލަދުވެސް ނުގަންނަނީއެވެ.

މީގެ ދުވަސްކޮޅެއް ކުރިއަށް ޖެހިލާނަމެވެ. ހަނދާން ނެތޭހާ ދުރަކަށް ނޫނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން ޚަރަދު ކޮށްގެން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކަލާފާނު ސްކޫލުގައި ލިފްޓެއް ބަހައްޓާފައެވެ. ލިފްޓު ބޭނުންކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ ނާއިބުރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. މިކަންވެސް ބައެއް ސިޔާސީ ފަރާތްތަކަށްވީ ޖޯކަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމާއެކު އިދިކޮޅު ކޯލިޝަނުން އެންމެ ފުރަތަމަ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ މި ސަރުކާރުން މުޅިންވެސް ފެންނަނީ "ރިބަން ފަށް" ކަނޑާ މަންޒަރުކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަދުގެ ނާއިބުރައީސް ކުރައްވަނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރައްވައި ރައީސް ޔާމީނު ވަނީ "ނުހަނު ބުރަކޮށް އުޅުއްވައި ލިފްޓެއް ހުޅުވައިދެއްވާފައިވާ" ކަމަށް ސަމާސާ ރާގެއްގައި ވިދާޅުވެފައެވެ. އަދި ކުދިންނަށް ރާއްޖޭގެ ތައުލީމީ ސިޔާސަތު ވިސްނައިދިނުމަށް ޕްރައިމަރީ ސުކޫލުތަކަށް ވަޑައިގަންނަވާ ވަޑައިގެންނެވުމަށްވެސް ރައީސް ޔާމީނު ވަނީ ޖޯކު ޖައްސަވާފައެވެ.

މިކަހަލަ ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. އެކަންކަމުން ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް މިފަދަ ބޭފުޅުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަމެވެ. އަދި މިފަދަ ފަރާތްތަކުގެ ހިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެއްވެސްކަހަލަ ހަމްދަރުދީއެއް ނެތްކަމެވެ. އެފަރާތްތަކުން ބޭނުންވާނީ ކޮންމެހެނަކުންވެސް އެބޭފުޅުން ބޭނުންވާ މަގުސަދުތައް ހާސިލުކުރުމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ދަށުދަރަޖައިގެ ބަޔަކަށްހަދައި، އެކުދިންނަށް މަލާމާތް ކުރުމަށްފަހު ކައުންސިލް މެމްބަރު ރަމީޒު ވަނީ އެކަމަށް މައާފަށް އެދިފައެވެ. ނަމަވެސް ސުވާލަކީ ހިތުހުރި އެއްޗެއް ގޮވާފައި މައާފަށް އެދުމުން ހުރިހާކަމެއް ހައްލުވާނެތޯއެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ހާމަވެގެންދަނީ ބައެއް ފަރާތްތަކުގެ ވީދައިފައިއޮތް ފަތިފުށް ނޫންތޯއެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު