ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 21:19
އެމްއެމްޕީއާރުސީ - ކުރީގެ ސަރުކާރުން ޓޫރިޒަމަށް ދޫކުރި ގިނަ ރަށްތައް ދޫކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް
އެމްއެމްޕީއާރުސީ - ކުރީގެ ސަރުކާރުން ޓޫރިޒަމަށް ދޫކުރި ގިނަ ރަށްތައް ދޫކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް
ސަން
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް
ރަށްތަކުގެ މައްސަލަތަށް ނިމޭނީ ކިހިނެއް؟
 
މި ބޮޑު ޖަރީމާ ހިންގީ ދައުލަތިގެ މުއައްސަސާތައް ގުޅިގެން
 
ކުއްލިއަކަށް ރަށްތައް އަތުލުމަކީ ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެ
 
ބައެއް ރަށްތައް ތަރައްޤީކޮށް ނިމި ހުޅުވައިފައި އެބަހުރި

އެމްއެމްޕީއާރުސީގެ މައްސަލައަކީ މި ރާއްޖޭގެ ތާރީޚްގައި ހިންގި އެންމެ ބޮޑު ހިޔާނާތެވެ. ތަހްގީގުތަކުން ދައްކާ ގޮތުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި، 57 ތަނުން (ރަށާއި ފަޅު) 77 މިލިއަން އެމެރިކާ ޑޮލަރު ލިބެންޖެހެ އެވެ. ނަމަވެސް ލިބިފައިވަނީ 12 މިލިއަން ޑޮލަރެވެ. މި ބޮޑު ވައްކަން 2014 ވަނަ އަހަރުގެ ކުރީކޮޅު ފެށި ނަމަވެސް މިހާރު އެނގޭ ގޮތުގައި އޭގެ މާކުރިންް މިކަމަށް ތައްޔާރުވެ، ވިސްނުންތައް ގެންގުޅުނުކަމަށް ބެލެވެ އެވެ.

އެމްއެމްޕީއާރުސީގެ މެންޑޭޓް ބަދަލުކުރުމުގެ އިތުރުން، ފައިސާ ދައުރުކުރުމަށްޓަކައި އުސޫލްތައް ބަދަލުކުރީ އިއްތިފާގުންނޭ ބުނުމަށް ވުރެ، އެއީ ބަޔަކު ގަަސްތުގަ ކުރިކަންތައްތަކެކެވެ. އެފްއައިޔޫއިން މައްސަލައަށް ސަމާލުކަން ނުދިނުމާއި، ޕޮލިހާއި، އޭސީސީ އާއި ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަތަކަށް އަޅާނުލީ، ނުބައި ވިސްނުމުގައި އެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ނިޒާމު ހަރާބުކޮށްލުމުންނެެވެ.

އެ ޖަރީމާތައް ތަހްގީގުކޮށް އިންސާފު ހޯދަދޭންޖެހެ އެވެ. ނަމަވެސް މިއީ ކުޑަކުޑަ ކަމެއް ނޫނެވެ.

ރަށްތަކުގެ ހާލަތު

އެމްއެމްޕީއާރުސީއިން ރަށްތަކާއި ފަޅުގެ ގޮތުގައި 57 ތަނެއް ދޫކޮށްފައިވާ ކަމަށް ލިޔުންތަކުން ދައްކައެވެ. އޭގެ ތެރެއިން އެގްރީމެންޓް ހަދާފައިވާ 49 ތަނުގެ ތެރެއިން 12 ރަށެއް ރަށެއް ވަނީ ހުޅުވައިފަ އެވެ.

15 ރަށެއް ތަރައްގީކުރުމުގެ އެކި މަރުހަލާތަކުގައި އުޅޭއިރު، 50 ޕަސެންޓަށް ވުރެ ގިނަ މަސައްކަތް، ތިން ރަށެއްގައި ނިންމާފައިވެ އެވެ. ތިން ރަށެއްގެ މަސައްކަތް އުޅޭނީ 21 ޕަސެންޓާއި 49 ޕަސެންޓާ ދެމެދު އެވެ. 9 ރަށެއްގެ މަސައްކަތް ހުރީ ނުވަ ޕަސެންޓަށް ވުރެ ވެސް ދަށުގަ އެވެ.

ދޫކުރި ރަށްތަކުގެ ތެރެއިން 3 ތަނެއްގެ އެއްބަސްވުން ބާތިލްކޮށްފައިވާއިރު، އަދިވެސް މައުލޫމާތު ފުރިހަމައަށް ނޭނގޭ 9 ރަށަކާއި، ތަރައްގީކުރުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ފަށާފައި ނުވާ 10 ތަނެއް އެބަ އޮތެވެ. އޮފަރ ލެޓާ ދޫކުރި ނަމަވެސް އެގްރީމެންޓާ ހަމައަށް ނުގޮސް އޮތް އަށް ތަނެއް އެބަ އޮތެވެ. މި މައްސަލަތައް ޕޮލިހާއި، އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުގައި ވެސް އެބަ އޮތެވެ. މި ރަށްތަކުގެ މަސައްކަތް އަވަސްކުރަންޖެހެ އެވެ.

ހެދޭނީ ކިހިނެއް؟

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި، އެސެޓް ރިކަވަރީ ކޮމިޝަނުން ރަށްތަކުގެ ވެރިންނަށް ވަރުގަދަ އެންގުމެއް އަންގާފައި އެބަ އޮތެވެ. އެއީ މިލްކުވެރިކަން ބަދަލުނުކުރުމުގެ އެންގުމެކެވެ.

"[އެހެންވެ] މިކަމުގައި ގޮތެއް ނުނިންމި ގިނަ ދުވަސްވުމަކީ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް،"ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު އަދި މަޝްހޫރު ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

ރަށްތައް ދޫކުރިއިރު ޓޫރިޒަމް ގާނޫނުގައި ބުނެފައިވާ ގޮތުން ބީލަމަށް ނުލައި ރަށެއް ދޫކުރެވޭނީ ސަރުކާރާއެކު ޖޮއިންޓް ވެންޗަރއެއް ހަދައިގެންނެވެ. އެމްއެމްޕީއާރުސީން ރަށްތައްް ދޫކުރީ ބީލަމަކު ނޫނެވެ. އަދި ސަރުކާރާއެކު ޖޭވީއެއް ހަދައިގެނެސް ވެސް ނޫނެވެ. އެެހެންވެ، މިކަމުގެ ޒިންމާ ނަގަންޖެހެނީ ރައީސުލްޖުމްހޫރިއްޔާތޯ، ޓޫރިޒަމް މިނިސްޓަރުތޯ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުތޯ ނުވަތަ އިންވެސްޓަރުތޯ ބަލަންޖެހެ އެވެ.

"އިންވެސްޓަރު ސަރުކާރާ މުއާމަލާތް ކުރަނީ ގާނޫނާ އެއްގޮތަށް ކަންތައް ގެންދާނެ ކަމަށް ދެކިގެން. އެހެންވެ، މި ރަށްތައް [އެމްއެމްޕީއާރުސީ އިން] ދޫކުރުމުގައި މައްސަލަތަކެއް އޮތަސް، އެކަމުގެ ޒިންމާ ނަގަންޖެހޭނީ ދައުލަތުން. ރަށްތަކުގެ މައްސަލަ ކޮންމެ ގޮތަކަށް ނިންމިޔަސް މަގާމުގައި ތިބެ، ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ކަންކުރި ވެރިންގެ ފަރާތުން ބަަދަލު ހޯދަން ދައުވާ ވެސް ކުރެވިދާނެ،"ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

މި މައްސަލަ ދިގު ދެމިގެންދާއިރު، އެމްއެމްޕީއާރުސީން ވިއްކި ބައެއް ރަށްތައް މިހާރު ވަނީ ހުޅުވައިފަ އެވެ. އެ ރަށްތައް އަތުލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އެއްގޮތަކަށް ވެސް ހަދަން ނުފަށާ ހުރި ތަންތަނާއި، ހެދޭނެ ކަމުގެ އުއްމީދެއް ނެތް ތަންތަން އެބަ ހުއްޓެވެ. އެތަންތަން ދައުލަތަށް އަލުން ނެގިދާނެ އެވެ. ނަމަވެސް ނަގަނީ އެމްއެމްޕީއާރުސީން ގަވާއިދާ ހިލާފަށް ދޫކޮށްފައި އޮތުމަކުންނޫނެވެ. އިމާރާތްކޮށް ހުޅުވަން ދިން މުއްދަތު ހަމަވެފައި އޮތުމުންނެވެ. މަސައްކަތުގެ ބޮޑު ބައި ނިމި ނުވަތަ، ނިމެން ކައިރިވެފައިވާ ތަންތަނަށް ވަކި މުއްދަތެއް ދެވިދާނެ އެވެ. ނުވަތަ ރިސޯޓް ހުޅުވުމަށް ފަހު، ބާކީ ބައި ފުރިހަމަކުރަން ހުއްދަ ދެވިދާނެ އެވެ.

ނިންމާފައިވާ ރަށްތަކާއި ހުޅުވުމަށް އިތުރު ފުރުސަތު ދެވިދާނެ ރަށްތަކުގެ ކަންތަކުގައި ދެ ގޮތެއް ކަނޑައެޅިދާނެ ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. އެއްގޮތަކީ ޖޭވީ ހެދުމަށް ފަހު، އަހަރުން އަހަރުން ފައިދާގެ ޕަސެންޓް ސަރުކާރަށް ލިބޭނެ ގޮތް ހެދުމެވެ. އަނެއް ގޮތަކީ ފައިދާ ޕަސެންޓްގެ ބަދަލުގައި، ފައިސާގެ ވަކި އަދަދެއް އަހަރުން އަހަރަށް ދޭ ގޮތަށް ކަނޑައެޅުމެވެ. މި ދެ މޮޑެލަކީ ވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގަމުންދާ މޮޑެލެވެ.

އެންމެން ވެސް ގޯސް ހެދި!

މި ބޮޑު ޖަރީމާ ހިންގީ އެންމެ ފަރުދެއްގެ ސަބަބުންނެއް ނޫނެވެ. ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ ނުކުޅެދުންތެރިކަމުގެ ސަބަބުންނެވެ. އަދި ބައެއް ވިޔަފާރިވެރިންގެ ވެސް އަމިއްލަ އެދުމުގެ ސަބަބުންނެވެ. ޓޫރިޒަމް ދާއިރާއަކީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީވުމާއެކު މި ކަމަށް ރަނގަޅު ނިންމުމެއް ގެންނަންޖެހެ އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ކަންކަން ހިނގާފައި އެބަ ހުރި. އެކަންކަން ވަކި ހިސާބަކުން ނިންމައި. އެހެންވެ، އެމްއެމްޕީއާރުސީގެ މައްސަލަ ވެސް ނިމުން އަންނަންޖެހޭ. ޒިންމާ ނަގަންޖެހޭ ބަޔަކު ދެނެގަނެ، އެ ބަޔަކު ޒިންމާ ކުރުމަށް ފަހު ނުވަތަ އަދަބު ދިނުމަށް ފަހު، އަދި ގެއްލުމުގެ ބަދަލު ހޯދޭނެ ގޮތްތަކެއް ކަނޑައެޅުމަށް ފަހު މައްސަލަ ވަކި ގޮތަކަށް ނިންމަން ޖެހޭ،"ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖެ.އެމްވީއަށް އެނގިފައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ރަށްތަކުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ރިޔާސީ ލަފާ ދޭ ކޮމިޓީއަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ކޮމިޓީން ވެސް ވަކި ގޮތެއް ނުނިންމަ އެވެ.

ނިންމާ ކޮންމެ ނިންމުމަކީ ދެން އެފަދަ ޖަރީމާއެއް ނުހިންގޭނެ ވަރުގެ ނިންމުމަކަށް ވާންޖެހޭނެ އެވެ. ޖަރީމާ ހިންގުމުގެ އެންމެ އިސްކޮށް ތިބި ފަރާތްތަކުން ކުރި ކުށަށް އަދަބު ލިބޭނެ ނިންމުމަކަށް ވާންޖެހެ އެވެ. އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިތުބާރު ނުގެއްލޭނެ، އަދި ރަށްތައް ނުހަދައި އިންވެސްޓަރެއް ލިބޭނެ ކަމަށް އަދިވެސް އަތްފުޅައި އަޅަމުންދާ ފަރާތްތަކަށް އިތުރު ފުރުސަތު ނުލިބޭނެ ނިންމުމަކަށް ވާންޖެހެ އެވެ. ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ވެސް ހޯދޭނެ ނިންމުމަކަށް ވާންޖެހޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
25%
0%
75%
ކޮމެންޓް
29 ޖުލައި 2019 | ހޯމަ 07:12
ޝިޔާޒު
ނުސީދާގޮތަކަށް ލިބުނުރަށެއްނަމަ ނެގެންވާނެ. މައްސަލަ ބަލާ ތަހްގީގް ކުރެވެންވާނެ. ކުއްކުރި މީހާއަށް އަދަބު ދެވެންވާނެ. ކުށެއްްކުރި މީހުން ޒިއްމާތަކުން ދުރުކުރެވެންވާނެ. އެގަޓް ހުރެގެން ގައުމުކުރިޔަށް ގެންދެވޭނީ.
29 ޖުލައި 2019 | ހޯމަ 00:13
މޮލިނިމަސް
ހުއްދަ ބާތިލުކުރި ފަރާތްތަކުން އައްސަވަިގެން ކުރިޔައް ދެވިދާނެ ވާނުވާ އެންގޭނެ ދެއްތޯ އޭރައް. ނޫނީ ހުލުވާފަހުރިރައްތައް ހުއްޓުވާފަ އައްސަވަން ވީނޫންތޯ
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި