Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާޅުގުޑި

ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް

ވައި ނުޖެހުމުން ދަތިތަކާ ކުރިމަތިލާންޖެހުނު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 23 ޖޫން 2019 | އާދީއްތަ 14:42
ރާޅުގުޑި ހަރަކާތުގެ ތެރެއިން

ރާޅުގުޑި ހަރަކާތުގެ ތެރެއިން

ރާއްޖޭގެ އެންމެ ދެކުނުން ފެށި ރާޅުގުޑި ހަރަކާތަކީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ ކަމެކެވެ. ގަދަ ވަޔާއި، ވިއްސާރައިގައި ހަތަރު ކައިޓް ސާފަރުން ކުރާ މި ދަތުރު މިހާރު މިވަނީ މެދަކާ ހިސާބަށް ގޮސްފައެވެ. ކައިޓް ސާފަރުން މިހާރު މާލޭގައި ތިބިއިރު، އެ ކައިޓް ސާފަރުންނަށް ކުރެވުނު އިހުސާސްތައް ވަރަށް ތަފާތެވެ.

އައްޑޫ ސިޓީން މި ދަތުރު ފަށާގޮތަށް އޮތް ނަމަވެސް، ވައި ނުޖެހުމުގެ ސަބަބުން ބައެއް އަތޮޅުތަށް ވަނީ ދޫކޮށްލަންޖެހިފައެވެ. އެގޮތުން ކައިޓް ސާފަރުންގެ ދަތުރު ފެށުނީ މ. އަތޮޅުންނެވެ. މ. އަތޮޅުން ފެށިގެން ކައިޓް ސާފަރުން އެކި ރަށްތަކަށް މަޑުކުރަމުން މާލެއާ ހިސާބަށް އާދެވުނީ އާދީއްތަ ދުވަހުއެވެ.

ކައިޓް ސާފަރުން މާލެ އައުމުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ރައީސް ވަނީ ހަރަކާތުގައި ބައިވެރިވާ ކުދިންނާ ބައްދަލުކޮށް، ދަތުރާ ބެހޭ ސުވާލު ކުރައްވާފައެވެ. އަދި އެ ކުދިންނަށް ރައީސް ވަނީ ހިތްވަރު ދެއްވައިފައެވެ.

މި ހަރަކާތުގައި ބައިވެރިވާ ހަތަރު ކައިޓް ސާފަރުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ތަސްލީމް (ޑެލިއޯ) ބުނީ، އެންމެ ބޮޑު ޗެލެންޖަކީ ވައި ކަމަށާއި، އެކަމުގެ ސަބަބުން ދަތުރަށް ހުރަސްއެޅުނު ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު ކައިޓް ސާފް ކުރަން ފެށި ޑެލިއޯ ބުނީ، ޖުމްލަ ގޮތެއްގައި ދަތުރު ވަރަށް ސަޅި ކަމަށެވެ.

ހަރަކާތުގައި ބައިވެރިވުމަށް އެކި ރަށްރަށުން ކައިޓް ސާފަރުން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ކައިޓް ބޯޑިން ރާއްޖޭގައި ކުރިއަރަމުން އަންނަ ކަމަށްވެސް އުމުރުން 28 އަހަރުގެ ޑެލިއޯ ވަނީ ބުނެފައެވެ.

ދަތުރުގައި ކ.މާފުށިން މާލެއަށް ދަތުރުކުރި 13 އަހަރުގެ ކައިޓް ސާފަރު ބުނީ، ދަތުރު ވަރަށް އުނދަގޫ ކަމަށާއި، ރާޅުބޮޑުވެފައި ވައި މަޑުވީމަ ދަތިތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް އޭނާވެސް ބުނީ، މިއީ ވަރަށް ސަޅި ކަމެއް ކަމަށެވެ.

މި ހަރަކާރުތުގައި ބައިވެރިވާ ދުނިޔޭގެ ކައިޓް ބޯޑިންގ ޗެމްޕިއަން ޔޫރީ ޒޫން ބުނީ، މިއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، އެކި ރަށްރަށުން މި ހަރަކާތުގައި ގިނަ އަދަދެއްގެ ހުނަރުވެރި ކައިޓް ސާފަރުން ފެނިފައިވާ ކަމަށެވެ.

ރަށްރަށުން ދިން މެހެމާންދާރީ ހަނދާން ނުނެތޭނެ ކަމަށާއި، ކޮންމެ ރަށެއް ވެސް ވަރަށް ތަފާތުކަމަށް ރާއްޖެއަށް ކައިޓް ބޯޑުކުރުމަށް މީގެކުރިން ވެސް އައިސްފައިވާ ޔޫރީ ވަނީ ބުނެފައެވެ.

މާފުށިން މާލެއަށް ކުރި ދަތުގައި ބައިވެރިވި އުމުރުން 16 އަހަރުގެ ހަސަން މާހިރު (ހަންޓޭ) ބުނީ، ރާޅުބޮޑުވުމުން ދަތިތަކާ ކުރިމަތިވި ކަމަށާއި، ނަމަވެސް ހަރަކާތުގައި ބައިވެރިވެ މާލެއަށް އާދެވުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

ހަންޓޭ ބުނީ، މިއީ ވަރަށް ސަޅި ހަރަކާތެއް ކަމަށާއި، މި ހަރަކާތުގައި ބައިވެރިވާން ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ކުރިޔަށް އޮތްތަނުގައި ވެސް އޮންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހަރަކާތުގައި ބައިވެރިވާ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ބުނީ، ދަތިތަކާއެކު ވެސް މިކުރެވެނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، އުންމީދަކީ ވައިލިބިގެން ތުރާކުނާ ހިސާބަށް ގޮސް ދަތުރު ނިންމާލުން ކަމަށެވެ.

ރާޅުގުޑި އިވެންޓްގެ މެނޭޖަރ މުހައްމަދު ފައިސަލް ބުނީ، ވައި ނުލިބުމުގެ ސަބަބުން ދަތުރުގެ ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށާއި، ނަމަވެސް ރަށްރަށުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ދެކުނުން އުތުރަށް ކުރާ މި ދަތުރުގައި ބައިވެރިވާ ހަތަރު ކައިޓް ސާފަރުންނަކީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) އާއި އާސިމް މުހައްމަދު ފުޅު (ސިމްބެ) އަދި އަބްދުﷲ ތަސްލީމް (ޑެލިއޯ) ގެ އިތުރުން ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީޒޫންއެވެ.

ރާޅުގުޑި އިވެންޓު އިންތިޒާމު ކުރަނީ މާފުށި ޑައިވް، ސްލޯޓޭޕް، ޔޫތު މިނިސްޓްރީ އަދި ޕާލޭ މޯލްޑިވްސްއެވެ.

މި އިވެންޓު ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ.

އެހެންވެ ކަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާ މެދު މީހުންގެ ހޭލުންތެރި ކުރުވުމަކީ ވެސް މި އިވެންޓު ބޭއްވުމުގެ އެއް ސަބަބެވެ. އެކަމަށްޓަކައި ސަރުކާރުގެކަމާއި ބެހޭ އިދާރާތަކުން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ. މި އިވެންޓުގެ ސަބަބުން ޒުވާނުންނަށް ފުރުސަތު ތަކެއް ހުޅުވިގެންދާނެ އެވެ.

އައްޑު އަތޮޅުން ތުރާކުނަށް ރާޅުގުޑީގައި ކުރާ މި ދަތުރުގައި 15 ދުވަސް ނަގާނެ އެވެ. އަދި އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި މި ރަށްރަށުގައި ހާއްސަ ބައެއް ހަރަކާތްތަކެއް ހިންގާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

20 މެއި 2018
ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

25 އެޕްރީލު 2018
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

19 ޖެނުއަރީ 2018
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު