Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމީނު

ޤައުމުތަކަށް ހިތުހުރިއެއްޗެއް ގޮވަމުން" މުންޑުއަރުވާ" ހިސާބަށް ދިޔުމަކީ ކާމިޔާބު ޚާރިޖީ ސިޔާސަތެއް ނޫން

21 ސެޕްޓެމްބަރު 2021 | އަންގާރަ 07:50

އޭރު ޚާރިޖީ ސިޔާސަތަކީ ގައުމުތަކަށް ހިތުހުރި އެއްޗެއް ގޮވުން

އާމިރު ސަލީމް
އާމިރު ސަލީމް | 21 ސެޕްޓެމްބަރު 2021 | އަންގާރަ 07:50
ރައީސް ޔާމީނު

ރައީސް ޔާމީނު

ރައީސް އަބުދުﷲ ޔާމީނު އަބުދުލްޤައްޔޫމުގެ ވެރިކަމުގައި މިގައުމުގައި އޮތް " އަމާޒު ލާހޫރޭ" ސިޔާސަތުގެ ސަބަބުން މިޤައުމަށް ލިބުނު ގެއްލުމުގެ ވާހަކަ އަޅުގަނޑުމެން ދައްކަނީ އުފަލަކުންނޫނެވެ. ކޮންމެހެން ކުރާނެ އިތުރުކަމެއް ނެތިގެނެއް ނޫނެވެ. ޤައުމެއްގެ ހަޔާތުގައި އެލިބުނު ގެއްލުން ފޫބެއްދުމަށް އަހަރުތަކެއް ބޭނުންވާތީއެވެ. ވަގުތުތަކެއް ބޭނުންވާތީއެވެ. އެގެއްލުމުގެ އަގު އަދާކުރުމަށް ދިވެހިން އަލުން ވާންޖެހޭ ޤުރުބާނީގެ ބޮޑުކަމުން ދިވެހިދަރިޔަކަށް ވުމުންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރަށް ފަހު މިސަރުކާރުން އަލުން ހަމަޔަކަށް އަޅުވަންޖެހުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ގައުމުގެ ޚާރިޖީ ސިޔާސަތެވެ. އެހެން އެކަން ކުރަންޖެހުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީނުގެ ސަރުކާރަކީ ދުނިޔެއަށްވުރެ ބޮޑު، ބާރު އޮތް ސަރުކާރެއްގެ ގޮތުގައި އެމަނިކުފާނު އަމިއްލަފުޅަށް ޤަބޫލުކުރައްވައި މުޅިދުނިޔެއާ އެކަހެރިކޮށްގެން ޤައުމު ހިންގައިފައި އޮތުމެވެ. އެއްދިމާލަށް އަރިއަޅާލައިފައި އޮތަސް " ގަޓް" ހުރި ސަރުކާރެއްގެ ލޭބަލް ހިފައިގެން އުޅުނު ސަރުކާރެއް ކަމަށް ރައީސް ޔާމީނުގެ ސަރުކާރުން ބުނެފައި އޮތުމުންނެވެ. އެކަންކަމުގެ ސަބަބުން ރާއްޖެއާމެދު ދުނިޔޭގެ ގިނަ ޤައުމުތަކުން ދެކެމުން އައި ގޮތް ބަދަލުވެފައި އޮތުމުންނެވެ.

ދިވެހިރާއްޖެއާމެދު އެހެން ޤައުމުތަކުން ދެކުނު ގޮތް އޭރު ބަދަލުވީއޭ ބުނުމުން ހައިރާން ނުވާށެވެ. ވިސްނާލުމަށް ގޭގައި ހުރި ސަރަންފީގައި ހިނދުކޮޅަކު އިންނަވާށެވެ. 2018 ވަނަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ރައީސް ޔާމީނު ކުރެއްވި މަސައްކަތަށް 17.6 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ރާއްޖެ އެގޮނޑިއަށް ގެނައުމަށް ތާއީދު ކުރީ އެންމެ 46 ޤައުމުންނެވެ. މިއީ އޭގެ ކުޑަކުޑަ މިސާލެކެވެ.

އަންގާރަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް އދ. ގެ އާންމު މަޖިލީހުގައި ދެވަނަ ފަހަރަށް ތަޤްރީރު ކުރެއްވުން އޮންނަ ދުވަހެވެ. އެއީ ދިވެހި ޤައުމަށް ލިބޭ ފަޚުރެކެވެ. އެމަނިކުފާނު މިޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އެކުލަވާލެވުނު ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި " ޚާރިޖީ ސިޔާސަތު" ބައްޓަން ކުރާނެ ގޮތް ލިޔެފައި އެބައޮތެވެ. އެސިޔާސަތުތައް ލިޔެފައިއެވަނީ ރައީސް ޔާމީނުގެ 5 އަހަރުގެ ވެރިކަމުގައި ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަބަބުން ޤައުމަށް ލިބުނު ގެއްލުން ފޫބެއްދުމުގެ މަޤްސަދުގައެވެ. ނަމަކަށް އެއްޗެއް ލިޔެފައި ބޭއްވުމުގެ މަޤްޞަދުގައެއް ނޫނެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީގޮތުން އަދި ބައިނަލްއަޤްވާމީގޮތުން ހަރަކާތްތެރިވާ މިނިވަން ޚާރިޖީ ސިޔާސަތެއް ޤާއިމުކޮށް، ތަންފީޒުކުރުމާ، ރާއްޖޭގެ ގަދަރާއި ޢިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ، ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލްތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ހެދުމާ، ބައިނަލް އަޤުވާމީ ދުނިޔެއާއި ގުޅުން ބަދަހިކޮށް، ރާއްޖެއާއި އެހެން ޤައުމުތަކުގެ މެދުގައި އޮންނަ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއިއެކު ހަދާފައިވާ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ އިޙްތިރާމްކުރާ ޤައުމެއް ކަމަށް އަލުން އަނބުރާ ހެދުމާ، ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށްދެވި، ރާއްޖޭގެ އިގްޠިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގައި އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން އިންޑިޔާ ކަނޑުގެ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދަމަހައްޓާ ގުޅުންތައް ވަރުގަދަކުރުމާ،  އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެކު ރާއްޖެއާއި އިސްލާމީ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ހިމެނިފައިވެއެވެ.

ކުރިން ވެސް ދެންނެވި ގޮތަށް މިކަންކަން ހަމައެކަނި ކަރުދާހުގައި ލިޔެވިފައި އޮތީ ކަމަކަށް ނުބެލެވެއެވެ. މީގައި އެބުނާ ގޮތަށް ސިޔާސަތުތައް ތަންފީޒުވަމުން އަންނަކަމުގެ ހެކިތައް ވަށައިގެންދަނީ ފެންނަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކާމިޔާބަކީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމެވެ. ރާއްޖެ ރިޔާސަތަށް ގެނައުމަށް 143 ގައުމުން ތާއީދު ކޮށްފައިއޮތުމެވެ. އަދި އެކަމަށް މި ސަރުކާރުން ކުރި ޚަރަދު ރައީސް ޔާމީނުގެ ސަރުކާރުން 2018 ވަނަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ކުރި ޚަރަދާ އަޅާކިޔާއިރު 12.9 މިލިޔަން ރުފިޔާ މަދުކަން ފާހަގަ ކުރާނަމެވެ.

ދެވަނަ ކާމިޔާބެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ ކޮވިޑް -19 ފެތުރުން ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން ހޯދިފައިވާ ކާމިޔާބުގެ ވާހަކައެވެ. ކޮވިޑް19 ކޮންޓްރޯލް ކުރުމުގައި ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ހޯދުނީ އާބާދީގެ 85 ޕަސަންޓް މީހުންނަށް ކޮވިޑް19 ގެ ވެކްސިން ދިނުމުންނެވެ. ހުރިހާ ދިވެހިންނަށް ބޭނުންވާ ވެކްސިން ލިބުނީ ބޭރުގައުމުތަކާ ، ޖަމިއްޔާތަކާ އޮތް ގުޅުމުގެ ސަބަބުންނެވެ. މިއީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ.

އެހެން ކަމުން ޤައުމެއް ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ކާމިޔާބު ޚާރިޖީ ސިޔާސަތެއް ދަމަހައްޓަންޖެހެއެވެ. ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއް ހިތަށް އެރުމުން ހިތަށް އައިހާ ގޮތަކަށް ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްގެން ޤައުމަށް ލިބޭނެ ހަމައެއްވެސް މޮޅެއް ކާމިޔާބެއް ނެތެވެ. އަދި ޤައުމުތަކަށް ހިތުހުރި އެއްޗެއް ގޮވަމުން އަންނަ ފޯރީގައި މަގުމެދަށް ވެރިމީހާނިކުމެ" މުންޑުއަރުވާ" ހިސާބަށް ދިޔުމަކީ އަމްދުން ކާމިޔާބު ޚާރިޖީ ސިޔާސަތެއްގައި އޮންނަ ކަމެއް ނޫނެވެ.

އދ.ގެ އާންމު މަޖިލިސްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
09 އޮކްޓޯބަރު 2024

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

09 އޮކްޓޯބަރު 2024
ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް
08 އޮކްޓޯބަރު 2024

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
08 އޮކްޓޯބަރު 2024

ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ

08 އޮކްޓޯބަރު 2024
ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް