Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމެޑްޑޮނާލްޑްސްގެ ފައިދާ ދަށަށް

މެދުއިރުމަތީގައި ފަލަސްތީނަށް ތާއީދުކޮށް ކުރާ ބޮއިކޮޓްގެ ސަބަބުން މެކްޑޮނަލްޑްސްގެ ފައިދާ ދަށަށް

8 ޖެނުއަރީ 2024 | ހޯމަ 04:40

ހުޅަނގުގެ ބޮޑެތި ފުޑް ޗެއިންތަކުން އިޒްރޭލަށް ތާއީދު ކުރާކަން ހާމަކުރުމުން ބޮއިކޮޓް ކުރުމަށް ދަނީ ގޮވާލަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 8 ޖެނުއަރީ 2024 | ހޯމަ 04:40
މެދުއިރުމަތީގައި މެކްޑޮނާލްޑްސްގެ ބްރާންޗްތައް ހިންގަމުންދިޔައީ ބޮޑު ފައިދާއާއި އެކުގައި

މެދުއިރުމަތީގައި މެކްޑޮނާލްޑްސްގެ ބްރާންޗްތައް ހިންގަމުންދިޔައީ ބޮޑު ފައިދާއާއި އެކުގައި

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ އިންސާނިއްޔަތާ ޚިލާފު ލޭއޮހޮރުވުމުގެ ހަނގުރާމައަށް މެކްޑޮނާލްޑްސްއިން ތާއީދުކުރާ ކަމަށް ބުނެ އެ ކުންފުނިން ހިންގާ ހަރަކާތްތައް ބޮއިކޮޓް ކުރުމުގެ ސަބަބުން މެދުއިރުމައްޗާއި އެނޫން ވެސް ގިނަ މާކެޓުތަކުން މެކްޑޮނަލްޑްސްގެ ފައިދާ ވަރަށްބޮޑަށް ދަށްވެފައިވާކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

ބުރާސްފަތި ދުވަހު ލިންކްޑްއިންގައި މެކްޑޮނަލްޑްގެ ސީއީއޯ ކްރިސް ކެމްޕްޒިންސްކީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާ ހަނގުރާމައިގެ ސަބަބުން އޭނާގެ ކުންފުންޏަށް "މާނަހުރި ވިޔަފާރީގެ އަސަރުތަކެއް" ކުރިމަތިވެފައިވާ ކަމަށާއި އަދި އެ ބްރޭންޑާ ގުޅޭގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ފަތުރަމުންދަނީ "އެސޯސިއޭޓެޑް ދޮގު މައުލޫމާތު" ތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި މެކްޑޮނަލްޑްސްއަށް އެކަންޏެއް ނޫނެވެ. ހުޅަނގުގެ ބޮޑެތި ފުޑް ޗެއިންތަކުން އިސްރާއީލަށް ތާއީދު ކުރާކަން ހާމަކުރުމުން ބޮއިކޮޓް ކުރަން ވަނީ ގޮވާލައިފައެވެ.

އޭގެ ރައްދުގައި މެކްޑޮނަލްޑްސްގެ ސީއީއޯ ރޮއިޓާސްއަށް ވިދާޅުވީ މެކްޑޮނަލްޑްސް ފަދަ ބްރޭންޑްތަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ މާޔޫސްކުރުވަނިވި އަދި ނުރަނގަޅު ވާހަކަތަކެއް ކަމަށެވެ.

"މުސްލިމް ގައުމުތައް ހިމެނޭ ގޮތަށް އަޅުގަނޑުމެންގެ ވިޔަފާރި ހިންގާ ކޮންމެ ގައުމެއްގައި ވެސް މެކްޑޮނަލްޑްސް ފަޚުރުވެރިކަމާ އެކު ތަމްސީލު ކުރަނީ އެ މީހުންގެ މުޖުތަމައުތަކަށް ހިދުމަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ލޯކަލް އޯނަރު އޮޕަރޭޓަރުން،" ސީއީއޯ އޭނާގެ ލިންކްޑްއިން ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނާ ސްޓޭންޑާ އިދިކޮޅަށް އެކުންފުނި އޮތްކަން ހާމަކުރުމުގެ ގޮތުން ކެމްޕްޒިންސްކީ ވަނީ އޭނާގެ ކުންފުނީގެ ސްޓޭންޑް ހާމަކޮށްފައެވެ. "މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އަސަރުކުރި މުޖުތަމައުތަކާއި އާއިލާތަކާ އެކު އަޅުގަނޑުމެން ދެމި އޮންނާނެ،" އޭނާ ލިޔުއްވާފައިވެއެވެ.

މެކްޑޮނަލްޑްގެ ފައިދާ ބޮޑުތަނުން ދަށްވެފައި މިވަނީ މިދިޔަ އޮކްޓޫބަރު މަހު އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ މެމްބަރުންނަށް އެތައް ހާސް ކެއުމެއް ހަދިޔާކުރަން އާންމުކުރުމާ ގުޅިގެން މުސްލިމުންނާއި އެނޫން ވެސް ގައުމުތަކުގެ މެދުގައި އެކުންފުންޏާއި މެދު ނުރުހުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި އިސްރާއީލުގެ ކެމްޕޭނަށް އެ ކުންފުނިން ތާއީދުކުރާ ކަމުގެ ޚަބަރު ލިބުމާއެކު މުސްލިމް ދުނިޔޭގެ އެހެން މެކްޑޮނަލްޑްގެ ފްރެންޗައިޒްތަކުން ވަނީ އެކަމާ ދެކޮޅުކަން ހާމަކޮށްފައެވެ.

މެލޭޝިއާގައި މެކްޑޮނަލްޑްސްގެ ލޯކަލް ބްރާންޗަކުން މިހާރުވެސް ދަނީ 1.3 މިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަވައްދާ ވަކާލާތުން ކުރަމުން ކަމަށްވާއިރު، އެ ކުންފުންޏާއިމެދު ހިންގަމުންދާ ގައުމީ ބޮއިކޮޓް ހަރަކާތެއް ހިންގަމުން ދާތީ، އިސްރާއީލަށް ތާއީދު ކުރުމުގައި އެ މީހުންގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެ ތުހުމަތަކީ "ދޮގު އަދި އަބުރު ކަތިލާ" ތުހުމަތެއް ކަމަށް ސިފަކުރަމުންނެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް 22،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 57،910 މީހުން ވަނީ ޒަހަމްވެފައެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އާންމުންނާއި ކުޑަކުދިން ކަމަށް ވާއިރު، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ އިންސާނިއްޔަތާޚިލާފު ހަނގުރާމައިގެ ނާތަހުޒީބު އަދި އަނިޔާވެރި ސިފަ އެކަމުގެ ސަބަބުން ދައްކުވައިދެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2019

ބިމުގު ދަތިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް!

11 ފެބުރުއަރީ 2019
ބިމުގު ދަތިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް!
23 ޖޫން 2018

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!
02 ޖޫން 2018

ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!

02 ޖޫން 2018
ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!
05 މާރިޗު 2018

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

05 މާރިޗު 2018
އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !
15 ޖެނުއަރީ 2018

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

15 ޖެނުއަރީ 2018
ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟
15 ޖެނުއަރީ 2018

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!
11 އޮކްޓޯބަރު 2017

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!
08 އޯގަސްޓު 2017

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

08 އޯގަސްޓު 2017
އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
31 ޖުލައި 2017

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް