Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ހަަލަބޮލިކަން

ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!

2016 ވަނަ އަހަރު 65.6 މިލިއަން މީހުން އެހެން ގައުމުތަކަށް ހިޖުރަކުރި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 2 ޖޫން 2018 | ހޮނިހިރު 17:37
ސީރިއާގެ ހަލާކުވެފައިވާ އިމާރާތެއް

ސީރިއާގެ ހަލާކުވެފައިވާ އިމާރާތެއް

ސީރީއާ އިން ޔަމަނަށް، ދެކުނު ސޫދާނުން ވެނެޒުއޭލާ އަށް ބަލާލިއަސް ފެނިގެންދަނީ ހަނގުރާމައާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ ނިކަމެތިކަމާއި ދިރިއުޅުމުގެ ހުރަސްތަކެވެ.

މިފަދަ ހާލަތްތަކުގައި އުޅެން ބޭނުން ނުވެގެން މި ގައުމުތަކުން އެހެން ގައުމުތަކަށް ހިޖުރަ ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެގޮތުން 2016 ވަނަ އަހަރު އެކަނިވެސް 65.6 މިލިއަން މީހުންވަނީ މިގައުމުތަކުން އަމާން އައްސޭރިތަކަށް ހިޖުރަކޮށްފަ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެހާ ގިނަ އަދަދެއްގެ ބަޔަކު ގައުމުތަކުން ހިޖުރަކުރި ފަހަރެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ގައުމުގެ ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން އަމިއްލަ ގައުމުގެ އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރި މީހުންގެ އަދަދު 11.8 މިލިއަނަށް އަރާނެ އެވެ. މިއީ 2016 ވަނަ އަހަރަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.

މިދިޔަ އަހަރުގައި ހަމަނުޖެހުންތަކާއި ހަލަބޮލިކަމާއި ހަނގުރާމައިގެ ސަބަބުން 18 ގައުމަކުން 74 މިލިއަނެއްހާ މީހުން ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިފައިވެ އެވެ. މިކަންކަމުން ސާފުވާ އެއް ހަގީގަތެއްވެ އެވެ. ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނުން ދިރިއުޅުމަށާއި ދިރިއުޅުން ބިނާ ކުރުމަށް ގިނަ ހުރަސްތަކާ ކުރިމަތިވެ އެވެ. ބަނޑުހާއި ހޫނު ކަމާއި ފަގީރު ކަމަށް މަގުފަހި ކުރުވުމުގެ އިތުރަށް އަމިއްލަ އުފަން ބިމުގެ ގެދޮރު ދޫކޮށް ދާން މީހުންނަށް މަޖުބޫރުވެގެންދެ އެވެ.

މިގޮތަށް މި ދިމާވަނީ ކީއްވެގެން ހެއްޔެވެ. ހަނގުރާމައިގެ ސަބަބުން އާންމުންނަށް ދިރިއުޅެން ދަތިވަނީ ކީއްވެގެން ހެއްޔެވެ. މިކަމަށް ދިމާވާ ސަބަބުތަކަށް ބަލާ އިރު ގައުމުތަކުގެ ސިޔާސީ ހަލަބޮލިކަން އިތުރުވުމުގެ ސަބަބުން އަމިއްލަ މަންފާތައް ހާސިލް ކުރުމަށް ފޯކަސް ކުރެވެނެ އެވެ. މުޅި ގައުމުގެ ހަމަޖެހުމުގެ ބަދަލުގައި ވަކި ބައެއްގެ މަންފާތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރެވިގެންދެ އެވެ. އަދި މިލިޓަރީ އާއި އަސްކަރީ ބާރުވެސް މިފަދަ ކަންކަމަށް ބޭނުން ކުރެވިގެންއާދެ އެވެ. ބައެއް ހާލަތްތަކުގައި ގަސްތުގައިވެސް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެވިގެންދެ އެވެ. އަނެއްބައި ފަހަރު ހަތިޔާރު ބޭނުން ކުރެވިގެންދެ އެވެ.

މިކަންކަމުގެ މިސާލުތައް ސީރިއާ އާއި ދެކުނު ސޫދާން ފަދަ ގައުމުތަކުވެސް ފެނިގެންދެ އެވެ. މިފަދަ ހާލަތަކަށް ދިއުމުގެ ކުރިން އެހެން ގައުމުތަކުން ވެސް ގައުމުގެ ސުލްހަ މަސަލަސްކަމާ މެދު ވިސްނަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު