Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބ.ކެންދޫ

ބިމުގު ދަތިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް!

ވިޔަފާރި ކުރުމަށް ލިބިފައިވާ ބިންކޮޅު ކުޑަ

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2019 | ހޯމަ 12:04
ބ. ކެންދޫ

ބ. ކެންދޫ

ރާއްޖޭގެ އުތުރުގައި އޮންނަ ބ. ކެންދޫއަކީ ހަމަހިމޭންކަމުގެ ނަމޫނާ ރަށެކެވެ. އާބާދީގައި 1،300 އެއްހާ މީހުން ދިރިއުޅޭ ކެންދޫން ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އަމާން ކަމާއި ހަމަހިމޭން ކަމެވެ. މުރާލި ރައްޔިތުންތަކެއް އުޅޭ ކެންދޫގެ މަގުތަކާއި ގޮނޑުދަށުން ފެންނަނީ ސާފުތާހިރުކަމާއި ނަލަކަމެވެ.

ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރާ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތެރެއިން ކެންދޫއަކީ ވެސް ރާއްޖޭގެ އެހެން ރައްތަކެކޭ އެއްފަދައިން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ރަށެކެވެ. އޭގެ ތެރެއިން ގިނަ ރައްޔިތުން ފާހަގަކުރާ އެއް ކަމަކީ ބިމުގެ ދަތިކަމެވެ. އާބާދީއާ އެއްވަރުގެ ބިން ރަށުގައި ނެތުމުން ގެވަޅުގެ ގޮތުގައި އަލަށް ގޯތިގެދޮރު އަޅަން ދޫކުރާނެ ބިމެއް އެ ރަށަކު ނެތެވެ. އޭގެ އިތުރުން ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި، ދެން ވެސް ބޭނުންވާ އަސާސީ ބިނާތައް އެޅުމަށް އެކށީގެންވާ ޖާގައެއް ކެންދޫގައެއް ނެތެވެ.

ބ. އަތޮޅަކީ ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައިކުރާ އަތޮޅެކެވެ. އަތޮޅުގެ އެހެން ރަށްތަކެކޭ އެއްފަދައިން ކެންދޫގައި ވެސް ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެއެވެ. އެހެންނަމަވެސް، ވިޔަފާރިކުރާ ގިނަ ފަރާތްތަކުން ފާހަގަކުރި އެންމެ ބޮޑު ގޮންޖެހުމަކީ، ވިޔަފާރި ކުރުމަށް ލިބިފައިވާ ބިންކޮޅުގެ ކުޑަކަމުން އެންމެ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ނުކުރެވުމުވެ. ފުޅާކުރާނެ މަގެއް ވެސް ނެތީއެވެ. ބިން ނެތުމުގެ ސަބަބުންނެވެ.

ވިޔަފާރި އާއި އިގްތިސާދީ މަސައްކަތްކުރާނެ ބިން ނެތުމުން ރަށުގައި ވަޒީފާތައް އުފެދޭ މިންވަރު ވަނީ މަދުވެފައެވެ. އޭގެ ސަބަބުން ސްކޫލް ނިންމުމަށް ފަހު އަދާކުރާނެ މާގިނަ ވަޒިފާތަކެއް ރަށަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ޒުވާނުންތަކެއް ކުރާނެ މަސައްކަތެއް ނެތިފައި ރަށުގައި އެބަތިއްބެވެ.

ކެންދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އަބްދުއްރަޝީދް ވިދާޅުވި ގޮތުގައި، ރަށް އުފެދިފައި އޮންނަ ގޮތުން އިތުރަށް ރަށް ހިއްކުމަކީ ވަރަށް ދަތިކަމެކެވެ. އެހެން ނަމަވެސް ސިނާއީ ސަރަހައްދެއް ހެދުމުގެ ޕްލޭންތައް މިހާރު ވަނީ އެކުލަވާލާފައެވެ. ބަނދަރު ކައިރީގައި އޮންނަ ހުސް ބިމުގައި ޕެޓްރޯލް ޝެޑް އަދި އައިސް ޕްލާންޓެއް ހެދުމުގެ ޕްލޭނެއް ގައުންސިލުން ގެންގުޅޭއިރު، ރަށުގައި މިވަގުތު އިތުރަށް ދެން ދެވެން އޮތީ ހައެއްކަ ގެވަޅު ދެވޭ ވަރުގެ ބިންކޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

ކެންދޫއަށް ދިމާވެފައި ވަނީ ހަމައެކަނި ޖާގައިގެ ދަތިކަން އެކަންޏެއް ނޫނެވެ. ކުޅިވަރު ކުޅޭނެ އެކަށިގެންވާ ސާމާނު ނެތުމާއި، ކުޅިވަރުތައް ކުޅުމަށް އެންމެ އެދެވޭ މާހައުލެއް ނެތުމަކީ ވެސް ހާއްސަ ގޮތެއްގައި ކެންދޫގެ ޒުވާނުން ތަހަންމަލުކުރާ ވޭނެކެވެ.

ފުޓްބޯޅަ ދަނޑެއް އޮތް ނަމަވެސް އެދެވޭ ގޮތެއްގައި ރަނގަޅަށް އެ ދަނޑުގައި ކުޅުމަކީ އުނދަގޫ ކަމެކެވެ.

މިނޫނަސް އެކަށިގެންވާ ތައުލީމީ ނިޒާމެއް ރަށުގައި ގާއިމްވެފައި ނެތުމާއި، ބޭނުންވާ ސިއްހީ ހިދުމަތްތައް ނުލިބުމާއި، ފަސޭހައިން ފެރީ ދަތުރު ކުރެވެން ނެތުމަކީ ވެސް ކެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކެވެ.

ކެންދޫ ރައްޔިތުންގެ އުންމީދަކީ ކެންދޫއަށް ދިމާވެފައިވާ ދަތިތަކަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިހާރުގެ ސަރުކާރުން ލުއިފަސޭހަކަމެއް ހޯދައި ދިނުމެވެ.

ހަމަހިމޭން، ހިތްގައިމު، ނަލަ ނަލަ ކެންދޫގެ ޒުވާނުންގެ އެދުމަކީ، ރަށުގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތް ހަމަޖެހުމެވެ. ވަޒީފާގެ ފުރުސަތުތައް ރަށުގައި ގިނަވެ، ރައްޓެހިންނާ އެކު ތަފާތު ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކެއް ގާއިމްވެގެން ދިއުމެވެ. ޖަޒީރާ ވަންތަ ގޮތެއްގައި ރަށުގައި އުޅެވޭނެ މަގެއް ފެނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

08 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު