Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަމަދާގެ އާއިލާ ޝަހީދުކޮށްލުން

ޔަހޫދީން ޝަހީދުކޮށްލި ޢާއިލާއެއް ގައުކުނޑިތަކުގެ ދަށުގައި 3 މަހެއްހާ ދުވަސް، ބައްޕަ ނިދަނީ އެތާ ޓެންޓު ޖަހައިގެން!

ނިރުބަވެރި ޔަހޫދީންގެ ޢުދުވާންތަކުގައި އޭނާގެ ޢާއިލާ މި ދުނިޔެއާ ވަކިކޮށްލި ވަގުތު ހަނދާންތައް މިއަދުވެސް އެ ސިކުނޑީގައި އެނބުރެމުން ދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2024 | ހޯމަ 02:21
ޙަމާދާ އަބޫ ސުލައިމާ؛ އިޒްރޭލުގެ ޢުދުވާނުގައި މުޅި ޢާއިލާ މަރުވެފައި

ޙަމާދާ އަބޫ ސުލައިމާ؛ އިޒްރޭލުގެ ޢުދުވާނުގައި މުޅި ޢާއިލާ މަރުވެފައި

ތިބާ އެމީހަކު ދެކެ އިންތިހާއަށް ލޯބިވާ މީހަކު މި ދުނިޔެއާ ވަކިވެދާތާ ކިތަންމެ ދުވަހެއް ފާއިތުވި ކަމުގައި ވީ ނަމަވެސް، އެމީހެއްގެ ހަނދާންތަކާ ވަކިވުމަކީ ދަތި، އުނދަގޫ ކަމެކެވެ. ބައެއް ހަނދާންތަކަކީ ދުވަހަކުވެސް ފިލާ ނުދާހާ ފުނުގައި ބިންވަޅު ނެގިފައި ވާ ހަނދާންތަކެކެވެ. ވަކިން ޚާއްޞަކޮށް ލޭގެ ގުޅުމުން އުފެދޭ ލޯބިން ބަދަހިވި ގުޅުންތަކެއްގެ ހަނދާނަކީ ދުވަހަކުވެސް ހިތުން ފިލާދާނެ ހަނދާންތަކަކަށް ނުވާނެއެވެ. ބައެއް ފަހަރު، އެ ހަނދާންތަކެއްގެ ސަބަބުން މުޅި މީހާ މާޔޫސްވެ، މާ ސިންގާ ދުނިޔޭގައި އެކަނިވެރިއަކަށް ވެދެއެވެ.

ފަލަސްޠީނަށް އުފަން، ޙަމާދާ އަބޫ ސުލައިމާއަކީ އެފަދަ ހިތްދަތި ޙާލެއްގައި ޙަޔާތުގެ ދުވަސްތައް ގުނަން މަޖުބޫރުވެފައި ވާ މީހެކެވެ. ނިރުބަވެރި ޔަހޫދީންގެ ޢުދުވާނީ ޙަމަލާއެއްގައި ޙަމާދާގެ މުޅި ޢާއިލާ މި ދުނިޔެއާ ވަކިވެގެން ދިޔައީ މީގެ 3 މަހެއްހާ ދުވަސް ކުރިންނެވެ. މިއަދު ޙަމާދާގެ ހިތުގައި ޖަހަމުން ދަނީ ހަމަ އެންމެ ވިންދެކެވެ. އެކަނިވެރިކަމުގެ ގިލަންވެރި ވިންދެވެ.

ރަފަޙުގައި ހުރި ޙަމާދާގެ ގެއަށް އިޒްރޭލުން ބޮން އެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ ޙަމަލާގައި ޙަމާދާގެ ލޯބިވާ އަނބިމީހާއާއި، 6 ދަރިންގެ އިތުރުން ކާފަ ކިޔާ 2 ދަރިންވެސް މި ދުނިޔެއާ ވަކިވެ ދިޔައެވެ. އަބަދުގެ އަބަދަށެވެ. ދަތުރުކުރީ ދެމި އޮތުމުގެ ޢާލަމަށެވެ.

މުޅި އެ ޢާއިލާއިންވެސް ސަލާމަތްވި ހަމައެކަނި މީހަކީ ޙަމާދާއެވެ. އެ ހިތުގައި އަޅާނެ ވޭނާއި، ކުރާނެހާ ޝަކުވާތައް އެހެން މީހަކަށް ބަޔާންކޮށްދެވޭނީ ކިހިނެއް ހެއްޔެވެ؟

ޙަމާދާ މިއަދުވެސް ދިރިއުޅެމުން ދަނީ އިޒްރޭލުން ބިމާ ހަމަކޮށްލި ގެ ހުރި ތަނުގައި ޓެންޓެއް ޖަހައިގެންނެވެ. ޙަމާދާއާއި އޭނާގެ ޢާއިލާއިން އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަ ގެ، މިއަދު ފެންނަން އޮތީ ގައު ކުނޑި ފުންޏެއްގެ ސިފައިގައި ނަމަވެސް، އެއީ ދުނިޔަވީ އެއްވެސް އެއްޗަކުން އަގު ނުކުރެވޭނެ އެތައް ހަނދާނެއް ވަޅުލެވިފައި ވާ ޚަޒާނާއެކެވެ.

ގައު ކުނޑި ފުންޏެއްހެން އޮތް ގޭގައި ޓެންޓެއް ޖަހައިގެން ޙަމާދާ ދިރިއުޅެމުން ދަނީ ހަމަ އެކަނި ހަނދާންތަކަކަށްޓަކައެއް ނޫނެވެ. އޭނާ އެބަޔަކު ދެކެ އިންތިހާއަށް ލޯބިވާ ޢާއިލާ މެންބަރުންނާ ވީ އެންމެ ގާތެއްގައި ޙަޔާތުގެ ދުވަސްތައް ގުނުމުގެ ބޭނުމުގައެވެ. ޙަމާދާގެ ޢާއިލާ މެންބަރުންގެ ހަށިގަނޑުތައް އަދިވެސް ވީ ވައްޓާލާފައި ވާ ޢިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައެވެ.

ޙަމާދާގެ މޫނުމަތިންވެސް އޭނާގެ ޙާލު ކޮންމެވެސް ވަރަކަށް ވަޒަންކޮށްލެވެއެވެ. ކަރުނަތައް ޖަމާވެފައި ވާ އެ ދެލޮލުން، ވޭނީ އެތައް ވާހަކައެއް ކިޔައިދޭ ފަދައެވެ. ނިރުބަވެރި ޔަހޫދީންގެ ޢުދުވާންތަކުގައި އޭނާގެ ޢާއިލާ މި ދުނިޔެއާ ވަކިކޮށްލި ވަގުތު ހަނދާންތައް މިއަދުވެސް އެ ސިކުނޑީގައި އެނބުރެމުން ދެއެވެ. ދެންމެ ވީ ކަމެއް ފަދައިންނެވެ. ޙަމާދާގެ ގެއަށް، ޔަހޫދީ އިޒްރޭލުން ބޮން އަޅާ، އެންމެ މަރާލިއިރު، އޭނާ ހުރީ ޕާނެއް ގަންނަން ގޮހެވެ.

އަނބުރާ ގެއަށް އާދެވުނު އިރު މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. ދެކެމުން ދިޔަ އެތައް ހުވަފެނެއް ވިއްސިވިހާލިވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ.

ކިތަންމެ ދާތި ޙާލެއްގައި ޖެއްސި ކަމުގައި ވީ ނަމަވެސް ޙަމާދާ ހުރީ ރަފަޙު ދޫކޮށް ދާ ގޮތަކަށް ނޫނެނެވެ. ކޮންމެ ފަދަ ޙާލެއްގައި ދިރިއުޅެން މަޖުބޫރު ކުރުވި ކަމުގައި ވީ ނަމަވެސް އަމިއްލަ ފަސްގަނޑު ފައިބައިގެން ނުދާނެ ކަމަށް ޙަމާދާ ބުނަނީ ސާބިތު ކަމާއެކީގައެވެ.

ޙަމާސް ޖަމާޢަތުން ކޮންޓްރޯލް ކުރާ ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ޖެނުއަރީ 2 ވަނަ ދުވަހު ޢާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޔަހޫދީ ޤަތުލުޢާންމުގައި މި ދުނިޔެ ދޫކުރި މީހުންގެ ޢަދަދި 22000 އަށް ވުރެ މައްޗަށް އަރައެވެ. ޒަޚަމްވި މީހުންގެ ޢަދަދު 60000 އާ ގާތް ކުރެއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ބިމާ ހަމަކޮށްފައި ވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުވެ މަރުވެފައި އަދިވެސް އެތައް ހާސް ބައެއްގެ ހަށިތައް ވާނެ ކަމަށްވެސް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

08 ފެބުރުއަރީ 2023
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައީސް ޔާމީން އަންގަވައިގެން

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައީސް ޔާމީން އަންގަވައިގެން

11 ސެޕްޓެމްބަރު 2022
ދިވެހިންގެ ނިވަލުގައި މާރުކޭޓުގެ ގޮޅިތައް ބިދޭސީންގެ ބާރުގެ ދަށުގައި، ސިޓީ ކައުންސިލް ގަދަ ނިދީގައި!

ދިވެހިންގެ ނިވަލުގައި މާރުކޭޓުގެ ގޮޅިތައް ބިދޭސީންގެ ބާރުގެ ދަށުގައި، ސިޓީ ކައުންސިލް ގަދަ ނިދީގައި!

08 އެޕްރީލު 2022
"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"

"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"

23 ފެބުރުއަރީ 2022
އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު

އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު

25 ޖުލައި 2021

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު