Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީ - ސީރިއާ ބިންހެލުން

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

ސީރިއާއަށް ރެކްޓަރ މިންގަނޑު 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައީ ހޯމަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 05:28
ސުންނާފަތިވެފައިވާ ގެތަކުގެ ދަށުން ފެނުނު ކުޑަކުއްޖާ

ސުންނާފަތިވެފައިވާ ގެތަކުގެ ދަށުން ފެނުނު ކުޑަކުއްޖާ

މައިމީހާގެ ލޯބީގެ ވާހަކައަކީ ދައްކާ ކޮޅުން ލާނެ ވާހަކައެއް ނޫނެވެ. އެއީ އެފަދަ ދެވަނަ އެއް ނެތް ލޯތްބެކެވެ. މަޔަކު ދަރިއެއް ދެކެ ވާ ލޮތްބަކީ އަގު ނުކުރެވޭ ފަދަ މުއްސަނދި ލޯތްބެކެވެ. މައެއްގެ ކުލުނަކީ ދަރިފުޅަށްޓަކައި މަރާއި ހަނގުރާމަކުރަން ޖެހިލުން ނުވާނެ ފަދަ ކުލުނެއްކަން ޔަގީނެވެ. ދަރިންނަށްޓަކައި މައިން ވާ ޤުރުބާނީ އާއި ދަރިންނަށްޓަކައި މައިން ކުރާ ހިއްވަރަކީ ވެސް ލާމަސީލު ވާހަކައެކެވެ. މައިންގެ ލޯބީގެ މިފަދަ މިސާލުތައް ފެންނަނީ ނާޒުކު ހާލަތުތައް މެދުވެރިވާ ހިނދުގައެވެ. އެފަދަ ޙާލަތުގައި މަންމައެއްގެ ފަރާތުން ފެންނަ މަންޒަރުތަކަކީ މުޅި ދުނިޔެ އެކަމަކުން އާޝޯހުކުރުވާ ފަދަ ކަންކަމެވެ.

ސީރިއާގައި ހޯމަ ދުވަހު ހިނގި ބިންހެލުމުގެ ހާދިސާގެ ތެރެއިން ވެސް މައިންގެ ހިއްވަރުގެ އެތައް ހިއްސާ އެއްގެ ވާހަކަ ކިޔާލަން ފުރުސަތު ލިބެއެވެ. ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް ރެކްޓަރ މިންގަނޑު 7.8 މެގްނިޓިއުޑްގެ ބިންހެލުމާއެކު ސީރިއާގެ އެތައް ހާސް އާއްމުންގެ ދިރިއުޅުން އެ ފުށް މިފުށަށް ވަނީ ޖެހިފައެވެ. ބަލަބަލާ ތިއްބާ ގެތައް ސުންނާފަތިވެ ބިމާއި ހަމަވި މަންޒަރު ދެކުނު އެތައް ބަޔަކު އެބަ ތިއްބެވެ. ހަފުސްވެފައިވާ ގެތަކުގެ ދަށުގައި ތާށިވެފައި ހިރަފުހުގެ ހާސްކަމުގައި އެތައް އާއިލާއެއް އެހީ އަކަށް އެދި އިންތިޒާރުކުރަމުން އެބަ ދެއެވެ. ކަން މިހެން އޮތް އިރު ސީރިއާގައި ހިނގި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމުގައި އުޅޭ ރެސްކިއު ގްރޫޕްތަކުން ހިއްސާ ކުރި މައުލޫމާތުތަކުން އަޖާއިބުކުރުވަނިވި ކަންކަން ވެސް ފެންނަން އެބަހުއްޓެވެ.

އޭގެ ތެރެއިން މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ހޯދި އެއް ވާހަކަ އަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރި ކުޑަ ދަރިފުޅާއި އޭނާގެ ހިއްވަރު ގަދަ މައިމީހާގެ ވާހަކައެވެ. އިމާރާތުގެ ދަށުން އެ މައުސޫމް ފުރާނަ ސަލާމަތް ކުރި ވަގުތު އެ ކުއްޖާގެ މައިމީހާ އާއި ފޫޅު ދަނޑި އާއި އެއްކޮށް ފެނުން ވެގެން ދިޔައީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް ނޭވާ ހިފަހައްޓާލަން ޖެހޭ ކަމަކަށެވެ. އެ ތުއްތު ފުރާނަ ސަލާމަތުން ދިރި އޮއްވާ ފެނުން ވެގެން ދިޔައީ އެތައް ބަޔަކަށް ޖަޒުބާތީ ކަމަކަށެވެ. ކުޑަ ދަރިފުޅު ސަލާމަތުން ދިރިއޮއްވާ ސަލާމަތް ކުރެވުނު ނަމަވެސް އެ މައުސޫމް ދަރިފުޅުގެ މަންމަގެ ފުރާނަ ސަލާމަތެއް ނުވިއެވެ. އެ މަންމަގެ ފަހު ނޭވާ ހޭދަކުރީ ދަރިފުޅާއި އަމިއްލަ ފުރާނަ އަށް ވާނެ ގޮތެއް ނޭނގި ބިރުވެރިކަމެއްގެ ތެރޭގައެވެ. ވެއްޓިފައިވާ ގެތަކުގެ ދަށުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރި ގޮތެއް ލިޔާ އިބާރާތުން ފަހުމުކޮށް ދެވިދާނެ ބާއެވެ؟ އެ މަންމަގެ އެންމެ ފަހު ހިއްވަރު ހޭދަކުރީ ދަރިފުޅުގެ ހައްގުގައި، ދަރިފުޅަށްޓަކައެވެ. އެ މަންމަގެ ހަށިގަނޑުގައި ހުރި އެންމެ ފަހުގެ ހަކަތަ ހޭދަކުރީ ތުއްތު ދަރިފުޅު މި ދުނިޔެ އަށް ގެނައުމަށްޓަކައެވެ. އެ ދަރިފުޅު ވިހެއުމަށެވެ. މިއީ މައިމީހާގެ ލޯބީގެ ކިހާ ލާމަސީލު މިސާލެއްތޯއެވެ؟

އެ އަންހެން މީހާ ވިހާފައި ވަނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. އެ ތުއްތު ފުރާނަ ސަލާމަތް ކުރުމާއެކު ހޮސްޕިޓަލަށް ގެންގޮސް އެ ކުއްޖާއަށް ފަރުވާދެމުންދާއިރު އެ ކުއްޖާ އަށް މީޑިއާ އާއި އާއްމުންގެ ސަމާލުކަން ހުއްޓުނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަތަރު މީހުންގެ އާއިލާއަކަށް ނިސްބަތްވާ އެ ކުޑަ އަންހެން ކުއްޖާ ފިޔަވައި އެއްވެސް މީހަކު މިހާރު މި ދުނިޔެއަކު ނެތެވެ. ވިހެއުމާއެކު އެ ދަރިފުޅު ޔަތީމުވީއެވެ. މަންމަ އާއި ބައްޕަ މި ދުނިޔެ އާއި އަލްވަދާއުކީ ދިމާވި ކުއްލި ހާދިސާގެ ޝިކާރައަކަށް ވެގެންނެވެ. އެއްބަނޑު އެއްބަފާ ހަތަރު ކުދިން މި ދުނިޔެ އާއި ވަކިވެދިޔައީ ވެސް އެ ބިންހެލުމުގެ ސަބަބުންނެވެ. އެ ވާހަކަ ވެގެން ދިޔައީ އެތައް ބަަޔަކު ފެންކަޅިކޮށްލި ވާހަކައަކަށެވެ.

މިއީ އެންމެ ފުރާނައެއްގެ ވާހަކައެކެވެ. އެންމެ އާއިލާއެއްގެ ވާހަކައެވެ. މިފަދަ އެތައް ކުދިންނެއް ސީރިއާގައި ހިނގި ބިންހެލުމަށް ފަހު އަޅާލާނެ އާއިލާ މީހެއް ނެތި ބިކަވެއްޖެއެވެ. މައިންނާއި ދަރިން ވަކިވެ، އެތައް ބަޔަކު ޔަތީމުވެއްޖެއެވެ. އެކަމަކު މި ހާދިސާގައި އަނިޔާވި މީހުންނާއި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމުގައި ހޭދަކުރާ ކޮންމެ ވަގުތަކީ ވެސް އަޖާއިބުކުރުވަނިވި އެތައް ކަމެއް ފެންނަ ވަގުތެކެވެ. ވިއްސިވިހާލިވެފައިވާ ގެތަކުގެ ދަށުން އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ތިރިތިއްބާ ސަލާމަތްކުރާ މަންޒަރަކީ ކުޅަދުންވަންތަކަމާމެދު ވިސްނާލަން މަޖުބޫރުކުރުވާ ކަންކަން ކަމީ ގައިމުކަމެކެވެ.

ތުރުކީ-ސިރިއާ ބިންހެލުންސީރިޔާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު