Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައީސް ޔާމީން އަންގަވައިގެން

ފިޝަރީޒް މިނިސްޓްރީގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް އެ ރަށް ބަދަލުކުރީ ޔޫސުފް ނައީމް އެރަށް ބޭނުންވާތީ ބުނެގެން ކަމަށް ޔާމީން ވިދާޅުވި

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 05:13
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު - އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސްދެއްވާފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު - އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސްދެއްވާފައި

ވ.އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. މިމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި 13 ހެއްކަކު ހުށަހަޅާފައިވާއިރު، ރައީސް ޔާމިންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް އަދި ފަހުން ނާއިބްރައިސްގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސްދެއްވާފައެވެ.  

ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ އަހުމަދު އަދީބު ހެކިބަސްދެއްވަމުން ވ.އާރަށުގެ މުޢާމަލާތާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔާދެއްވާފައެވެ. 

ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވެފައިވަނީ އާރަށަށް އިންވެސްޓު ކުރާނެ ބަޔަކު އެބަތިބި ކަމަށާއި އެރަށް ލިބިއްޖެއްޔާ އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް އޭނާގެ ގާތު ބުނި ކަމަށެވެ. އޭރު އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށް ވާތީ އެކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އޭރު ބުނެފައިވާނެ ކަމަށެވެ. 

އަދީބު ހެކިބަސްދެއްވަމުން ވިދާޅުވެފައިވަނީ ވ.އާރަށާއި ގުޅޭގޮތުން ޔާމީން އޭނާއަށް ގުޅުއްވި ކަމަށާއި އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލަށް ޔާމީން ފޮނުއްވި ކަމަށާއި އެހެންވެ، އެގޮތަށް އެ ކައުންސިލުން ނިންމި ކަމަށެވެ.  

އަދި ޔާމީން އަދީބަށް ފޯނުން ގުޅުއްވާ ޔޫސުފް ނައީމަށް އެ ރަށް ބަދަލު ކުރަން ބުނިކަމަށާއި އެރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީވެސް ޔޫސުފް ނައީމް އެރަށް ބޭނުންވާތީ ބުނެގެން ކަމަށްވެސް ޔާމީން ވިދާޅުވިކަމަށް އަދީބު ވިދާޅުވެފައިވެއެވެ. 

ޓޫރިޒަމް ޤާނޫނުގައިވާގޮތުން ޓުރިޒަމްގެ ބޭނުމަށް ރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހުރިއްޔާއެވެ. އެހެން ބޭނުމަކަށް ކަނޑައަޅާފައިވާ ރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވޭނީ ރައީސުލްޖުމުހޫރިއްޔާ އެރަށެއް ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ. އާންމު އުޞޫލަކުން މި ކަން ކުރުމަށް ގިނަ ދުވަސްތަކެއް ނެގިނަމަވެސް ވ.އާރަށުގެ މުއާމަލާތް ހިންގުމަށް މިހުރިހާކަމެއް ކޮށްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކަން ފާހަގަކުރެވެއެވެ. އަދި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަކީ އެދުވަސްވަރު ވަރަށް ގާތްގުޅުމެއް އޮތް ދެފަރާތްކަންވެސް ފާހަގަކުރެވިފައިވެއެވެ.

މިމައްސަލައިގައި ދަޢުވާކުރަމުން ޝަރީއަތުގައި ދައުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު  ޔޫސުފް ނައީމުގެ ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރު އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކު ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނޯޓް: މަތީގައިވާ ވީޑިއޯ އަކީ، ވ. އާރަށު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯއެވެ. މި ވީޑިއޯގެ 2 ގަޑި އިރާއި 41 ވަނަ މިނެޓުން ފެށިގެން ފެންނާނީ އަދީބުގެ ހެކިބަހެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއާރަށު ޚިޔާނާތްއަޙުމަދު އަދީބު

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު