Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަމުގެ ދަތިކަން

"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"

ނައިފަރުގައި ހަވާލުކުރެވިގެން ދިޔަ ހައުސިންގ ޔުނިޓްތަކާއެކު ރައްޔިތުންގެ އުންމީދު އައު ވެގެން ދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2022 | ބުދަ 09:20
ނައިފަރުގަ 100 ހައުސިންގ ޔުނިޓް ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނައިފަރުގަ 100 ހައުސިންގ ޔުނިޓް ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި" މިއީ މިހާރު ބޯހިޔަވާހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ކޮންމެ އާއިލާއެއްގެ ހާލަތެވެ. ބޯހިޔަވާހަކަމުގެ މައްސަލަ އަކީ ޒަމާނުއްސުރެން ހައްލު ނުވެ ވާ މައްސަލައެކެވެ. މާލެ ސަރަހައްދުގައި ވެސް މިމައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު މިހާރު އަތޮޅު ތެރޭގައި ރަށްތަކުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލަ މިވަނީ ކުރިމަތިވެފައެވެ. މިކަމާއި ގުޅިގެން އާއިލާގެ އެތަކެއް މެމްބަރުން އެއް ކޮޓަރިއެއްގައި ނިދަން ޖެހެއެވެ. ނޫނީ ޖާގަ ކުޑަވުމުން ޑިއުޓީ ބަހައިގެން ނިދަން ޖެހެއެވެ. ތިމާގެ މީހެއް ނުވަތަ އާއިލާ މީހަކު ގޭގައި ހުރެލަން އައިސްފިނަމަ ނިދަން މިދާން ޖެހެނީ އެހެން ގެއަކަށެވެ.

މިއީ ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލް ކުރަމުންދާ ހާލަތެވެ. މި ސަރުކާރުން ވަނީ މިދަތިތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ ވައުދުވެފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ކުރިއަށްދާއިރު ސަރުކާރުން ވަނީ ޅ. ނައިފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް އެރަށު ކައުންސިލާއި ހަވާލުކޮށްފައެވެ.

ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އެރަށުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓްގެ ތަޅުދަނޑި އެރަށު ކައުންސިލާއި ހަވާލުކޮށްދެއްވީ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމެވެ.

މިއީ 1000 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާރޓްމެންޓްތަކެކެވެ. މި އެޕާޓްމަންޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ހަދާފައިވާ ތަންތަނެވެ. އަދި ފާހަނާތައް ވެސް ބޮޑެވެ. މި ތަންތަނަށް ބަލާލުމުން، ކޮންމެ ރައްޔިތަކު ވެސް ތަނުގައި ވެންޓިލޭޝަނާއި ތަން ފަރުމާކޮށްފައިވާ ގޮތާމެދު ހިތްހަމަޖެހޭނެކަން ޔަޤީނެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރި މަޝްރޫއެކެވެ. ނައިފަރު ކައުންސިލުން އާއްމު ކޮށްފައިވާ ލިސްޓްގައި, ހައުސިންގ ޔުނިޓަށް އެދުނު ފަރާތްތަކުގެ ތެރެއިން 741 މީހުންގެ ޝަރުތު ހަމަވާކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި 17 މީހުންނަށް ޔުނިޓް ލިބިފައި ނުވާއިރު 8 ފަރާތެއްގެ ފޯމް ވަނީ ބާތިލްކޮށްފައެވެ. ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވަނީ 91 ޕަސެންޓަށެވެ. މި ލިސްޓް އާންމު ކުރީ މި މަހުގެ ކުރީކޮޅުގައެވެ.

މި ހައުސިންގ ޔުނިޓްތައް ހަވާލުކުރެވިގެން ދިޔުމާއި ގުޅިގެން ފްލެޓްތައް ލިބުނު ރައްޔިތުން ތިބީ ނުހަނު އުފަލުންނެވެ. 100 ހައުސިންގ ޔުނިޓްތައް ހަވާލުކުރެވިގެން ދިޔައިރު މިކަމުގެ ސަބަބުން އެތައް އާއިލާތަކެއްގެ ދިރިއުޅުން އުޖާލާވެގެންދާނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެއެވެ. ޑިއުޓީ ބަހައިގެން ނިދާ ނިދުން ނިމުމަކަށް އަންނާނެއެވެ. ތިމާގެ މީހެއް ނުވަތަ އާއިލާ މީހަކު ގޭގައި ހުރެލަން އައިސްފިނަމަ ނިދަން އެހެން ގެއަކަށް ދާން ޖެހޭ ދިޔުން ވެސް ނިމުމަކަށް އަންނާނެއެވެ.

ނައިފަރުގައި މި ހަވާލު ކުރެވިގެންދިޔަ ހައުސިންގ ޔުނިޓާއެކު އެ ރައްޔިތުންގެ ތުންފަތް މައްޗަށް މިއަދު މި ވަނީ ހިނިތުންވުން ގެނުވާފައެވެ. ދިރިއުޅުމާއި މެދު ދެކެމުން އައި ހުވެފަންތަކުގައި ކުލަ ޖެހެން މިވަނީ ފަށާފައެވެ. ދިރިއުޅުމަށް އައި އެ ބަދަލުގެ ސަބަބުން އާއިލާތަކަށް ހިންދަމާލަން ފުރުސަތު ލިބި، ހިތްހަމަ ޖެހުމާއެކު އެއްތަނެއްގައި އުޅުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ. ފްލެޓް ލިބުމާއެކު އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި ކުރުން މިވަނީ ނިމުމަކަށް އައިސްފައެވެ.

ޅ. ނައިފަރުހައުސިންގ ޔުނިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓް ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ކުރަނީ

ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓް ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ކުރަނީ

24 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ގަމަށް ބަދަލުވި އާއިލާތަކަށް ކުރީ ސަރުކާރުން ދޭން ނިންމި ފައިސާ ދޭނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

ގަމަށް ބަދަލުވި އާއިލާތަކަށް ކުރީ ސަރުކާރުން ދޭން ނިންމި ފައިސާ ދޭނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

22 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު