Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި

އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު

ރާއްޖޭގެ އިގުތިސާދީ މިނިވަންކަން 105 އަހަރަށް ގެއްލިގެންދިޔަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 07:48
އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ

އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ

ތާރީޚުން ފެންނަ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ މީހުން އާބާދުވީ މީގެ 2500 އަހަރު ކުރިންނެވެ. މަލިކުން ފެށިގެން އައްޑޫއާ ހަމައަށް ރާއްޖޭގެ އިހުތިސާސު ހިނގި އިރު، ރާއްޖޭގެ ދިގު ތާރީޚުގައި މިނިވަންކަން ގެއްލިފައި ވަނީ އެންމެ ތިން ފަހަރުއެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ މިނިވަންކަން ގެއްލުނީ 1558 ވަނަ އަހަރުގެ މެއި 19 ވަނަ ދުވަހުއެވެ. ޕޯޗުގީޒުންގެ އަތް ދަށުވެ އެމީހުންގެ އަނިޔާވެރިކަމުގައި 15 އަހަރު ހޭދަކުރުމަށް ފަހު މިނިވަންކަން ލިބުނީ 1573 ވަނަ އަހަރުގެ ޖުލައި 9 ވަނަ ދުވަހުއެވެ. މިއާއެކު ދެން ދުވަހަކުވެސް ބައެއްގެ އަޅުވެތިކަމަށްދާން ދިވެހިން ބޭނުމެއް ނުވިއެވެ.

ނަމަވެސް ކަންވީ މުޅިން އެހެން ގޮތަކަށެވެ. ދެވަނަ ފަހަރަށްވެސް ރާއްޖޭގެ މިނިވަންކަން ގެއްލުނެވެ. މިފަހަރު މިނިވަންކަން ގެއްލުނީ މަލާބާރިންނަށެވެ. އެއީ 1752 އަހަރުގެ މެއި 20 ވަނަ ދުވަހުން 1753 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ.

ތިން ވަނަ ފަހަރަށް ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީ ވަރަށް ހިތްދަތިކޮށެވެ. ފުރަތަމަ ގެއްލުނީ އިގުތިސާދީ މިނިވަންކަމެވެ. ދެން ގެއްލުނީ ސިޔާދަތީ މިނިވަންކަމެވެ. 1880ގެ މެދުތެރޭގައި ރާއްޖޭގެ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ އޮތީ އިނގިރޭސިންގެ ބާރުގެ ދަށުގައެވެ. އަދި އިނގިރޭސިންގެ އެހީއާއެކު ރާއްޖޭގެ އިގުތިސާދީ މިނިވަންކަން ވޯރާ ވިޔަފާރިވެރިންނަށް ގެއްލިގެންދިޔައެވެ.

އިނގިރޭސިންގެ "ހިމާޔަތުގެ" ދަށަށް ގޮސް، ރާއްޖޭގެ މިނިވަންކަން ގެއްލެން އޭގެފަހުން މާގިނަ ދުވަސްތަކެއް ނުނަގައެވެ. ދެއާއިލާއެއްގެ ދެމެދުގައި ހިނގި ވެރިކަމުގެ ކޯޅުމެއްގެ ތެރޭގައި އިނގިރޭސިންގެ "ހިމާޔަތުގެ" ދަށަށް ރާއްޖެ ދިޔައެވެ.

އަތިރީގެ އަދި ކަކާގެ އާއިލާއާ ދެމެދު އޮތް ސިޔާސީ ވާދަވެރިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދިޔައީ އަތިރީގޭ އިބްރާހިމް ދީދީ (ދޮށިމޭނާކިލޭގެފާނު) އާއި ކަކާގެ މުހައްމަދު ރަންނަބަނޑޭރިކިލޭފާނެވެ. މިކޯޅުންގަނޑުގެ ތެރޭގައި ރާއްޖޭގެ މަސްރަހަށް ނުފޫޒު ފޯރުވުމުގެ ބާރު އިނގިރޭސިންނަށް ލިބިގެންދިޔައެވެ.

އަތިރީގެއާ އިނގިރޭސިންނާ އޮތް ގުޅުމުގެ ބޭނުން ހިފައި އިބްރާހިމް ދީދީ އޭރު ވެރިކަމުގައި ހުންނެވި ރަދުން ވެރިކަމުން ބާލުވައި، މުހައްމަދު މުއީނުއްދީން (ކުޑަ ބަންޑާރައިން) އަށް ރާއްޖޭގެ ރަސްކަން ދެއްވިއެވެ. އެއީ 1886 ވަނަ އަހަރުއެވެ. ރާއްޖޭގެ ދައުލަތް ބަނގުރޫޓުވެ ސިޔާސީ ކުޅިގަނޑުގެ ތެރޭގައި މާލޭގައި ހިންގި އަލިފާން ރޯކުރުމުގެ ކެމްޕެއިންތަކާއެކު 1887 ވަނަ އަހަރު އިނގިރޭސިންގެ ހިމާޔަތް ލިބިފައިވާ ގައުމަކަށް ރަސްމީކޮށް ރާއްޖެ ވެގެންދިޔައެވެ. އެއާއެކު ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވުމުގެ ބާރުވެސް އިނގިރޭސިންނަށް ލިބިގެންދިޔައެވެ.

1887 ވަނަ އަހަރުން 1965 ވަނަ އަހަރަށް އިނގިރޭސިންގެ ހިމާޔަތް ލިބިފައިވާ ގައުމެއްގެ ގޮތުގައި 77 އަހަރު ރާއްޖެ އޮތެވެ. ރާއްޖޭގެ ފުރަތަމަ ގާނުނު އަސާސީ އެކުލަވާލެވިގެން ދިޔައީ މި 77 އަހަރުގެ ތެރޭގައެވެ. އެއީ 1932 ވަނަ އަހަރުއެވެ.

ދެ ވަނަ ބޮޑު ހަނގުރާމައާ ދިމާކޮށް 1941 ވަނަ އަހަރު އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑޫ ގަމުގައި ގާއިމު ކުރެވިގެން ދިޔައެވެ. ކ.ދޫނިދޫ އަދި ހއ. ކެލާގައިވެސް އިނގިރޭސިންގެ ސިފައިން ހަރަކާތްތެރިވަމުންދިޔައެވެ. ހަނގުރާމަ ނިމި 1948 ވަނަ އަހަރު ރާއްޖޭގެ ދާޚިލީ ކަންކަމުގައި އިނގިރޭސިންގެ އަތުން މިނިވަންކަން ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިޔައެވެ.

ރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުުގެ ބާރުތައް ލިބި، އާންމުންނަށް ކުދިކުދި ކަންކަމުގައި މިނިވަންކަން ލިބެން ފެށީ 1950ގެ އަހަރުތަކުގެ ތެރޭގައެވެ. 1962 ވަނަ އަހަރުގެ އޮގަސްޓް މަހު، 105 އަހަރަށް ފަހު ރާއްޖެއަށް އިގުތިސާދީ މިނިވަންކަން ލިބިގެންދިޔައެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ބޭރުކުރެވުނެވެ. 1965 ވަނަ އަހަރު ބޮޑުވަޒީރު ނާސިރު ވަނީ ރާއްޖޭގެ މިނިވަންކަން ޔަގީންކުރުމަށް އިނގިރޭސިންނާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. 2021 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހަކީ މި އެއްބަސްވުމުގައި ސޮއިކުރައްވާ 77 އަހަރަށް ފަހު ރާއްޖޭގެ މިނިވަންކަން އަލުން ހޯއްދަވައިދެއްވިތާ 56 އަހަރު ފުރޭ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު