Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ވެލެންސިއާ

އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކުރި ޖަލްސާ، ވެލެންސިއާގެ ޤަވާއިދާ ޚިލާފު!

7 ޖެނުއަރީ 2024 | އާދީއްތަ 18:31

ހިންގާ ކޮމެޓީގެ ޖަލްސާއެއް އެންމެ އަވަހަށް ވެސް ބޭއްވޭނީ އެކަމަށް އެދި މެމްބަރުން ޗެއާމަން އަށް ދެންނެވުމުން، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2024 | އާދީއްތަ 18:31
ވެލެންސިޔާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ވެލެންސިޔާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަންކަމުން ޢަބްދުﷲ އަޒްމީން ވަކިކުރަން، އެކުލަބުގެ ހިންގާ ކޮމެޓީގެ ޖަލްސާ ބާއްވާފައި ވަނީ ކުލަބުގެ ޤަވާއިދާ ޚިލާފަށް ކަމަށް އަޒްމީން ވިދާޅުވެއްޖެ އެވެ.

ވެލެންސިއާގެ ނައިބު ރައީސް އިލްމާއު ހުސެއިން އިބްރާހިމް (މައު) އަދި ޑިރެކްޓަރ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ވިދާޅުވީ، ވެލެންސިއާގެ ޗެއާމަންކަނުން އަޒްމީން ދުރުކުރަން، މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ކަމަށެވެ. އަަދި އަޒްމީންގެ އިތުބާރު ނެތް ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ އަޒްމީން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ވެލެންސިއާގެ ހިންގާ ޤަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ހިންގާ ކޮމެޓީގެ ޤަވާއިދުގައި ބުނެފައި ވަނީ، ހިންގާ ކޮމެޓީގެ ޖަލްސާއެއް އެންމެ އަވަހަށް ވެސް ބޭއްވޭނީ އެކަމަށް އެދި މެމްބަރުން ޗެއާމަން އަށް ދެންނެވުމުން، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، މައު އަދި ދޮނާ ވިދާޅުވި ފަދައިން، މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ނުވަތަ އޭގެ ފަހުން ވެސް، ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ވެލެންސިއާގެ އެއްވެސް މެމްބަރަކު އެދިފައިނުވާކަން އަޒްމީން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި މައު ވިދާޅުވެފައި ވަނީ 26 ވަނަ ހިންގާ ކޮމިޓީ އެއްކުރަން އެދިފައި ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލްކަން ފާހަގަ ކުރައްވައި އަޒްމީން ވިދާޅުވީ، ބައްސާމަކީ ވެލެންސިއާގެ ހިންގާ ކޮމިޓީގެ މެމްބަރެއް ނޫން ކަމަށެވެ. ހަމަ އެހެންމެ، މައު އަށް ގުޅުއްވައި އަޒްމީން އިސްތިއުފާގެ ވާހަކަ ދައްކާފައިވާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކައެއް ކަމަށް ވެސް އަޒްމީން ވިދާޅުވެފައިވެ އެވެ. އިތުރަށް އަޒްމީން ވިދާޅުވީ، ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުން އޭނާ އިސްތިއުފާ ދީފައިވާ ނަމަ، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ސަބަބެއް ސާފުނުވާކަމަށެވެ.

އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެލެންސިއާގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާއިރު، އެ ކުލަބުގެ އެތެރޭގައި ވަނީ މައްސަލަ ޖެހިފަ އެވެ. އެގޮތުން ވެލެންސިއާގެ ތާއީދު ސިޓީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ އަތުގައި އޮތް މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ވެލެންސިއާ އިން ވަނީ އެ ކުލަބުގެ ތާއީދު އޮތީ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) އަށް ކަމަށް ހާމަކޮށްފަ އެވެ. އަޒްމީން ސޮއި ކުރައްވައި، ވެލެންސިއާ އިން ވަނީ އެކަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީ އަށް ވެސް އަންގައިފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
02 މެއި 2017

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް