Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"

31 ޑިސެމްބަރު 2023 | އާދީއްތަ 02:25

ޓެމްޕްލޭޓް ބޭނުންކޮށްގެން ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ އިސްލާހު ގެނެސްފައި ވަނީ މި ހިނގާ 19 ވަނަ މަޖިލީހުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޑިސެމްބަރު 2023 | އާދީއްތަ 02:25
ލޯފަން މީހުންނަށް ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓްލެވުން

ލޯފަން މީހުންނަށް ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓްލެވުން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ވޯޓުލާ މަރުކަޒުތަކަށް ޓެމްޕްލޭޓު ފޮނުވުމުގައި ޢަމަލުކުރާނެ އުޞޫލުތަކަށް ބަދަލެއް އަންނަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެ ބުރުގައި ވެސް ޤާނޫނުގައި ބަޔާންކުރާގޮތަށް ވޯޓުލާ ހުރިހާ މަރުކަޒަކަށް ޓެމްޕްލޭޓެއް ފޮނުވާފައިވާ ކަމަށް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އީސީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ޓެމްޕްލޭޓްތައް ތައްޔާރުކުރުމަށް ޔޫއެންޑީޕީގެ މާލީ އެހީތެރިކަން ލިބުނު ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެ ބުރުގައި ވެސް ޓެމްޕްލޭޓް ބޭނުންކޮށްފައިވަނީ ގާތްގަނޑަކަށް 46 މީހުން ކަމަށް ވަނީ ބުނެފައެވެ. އަދި ޓެމްޕްލޭޓު ތައްޔާރުކުރުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއް ކަމަށް ވެސް އީސީން ވަނީ ފާހަގަކޮށްފައެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް 2022 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުން އައީ ކުރަމުންނެވެ. އެގޮތުން އެހެން ޤައުމުތަކުގައި މިފަދަ އިންތިޒާމުތައް ހަމަޖައްސާފައިވާގޮތާއި ބޭނުންކުރާ ވަޞީލަތްތައް ދެނެގަތުމުގެ އިތުރުން ރާއްޖޭގައި މިފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ބެލުމަށް ދިރާސާކުރިކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މި މަސައްކަތުގައި ކަމާ ގުޅުންހުރި ޖަމިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު އެއްކުރި ކަމަށް ކޮމިޝަނުން ބުނެއެވެ.

އެގޮތުން ކުރި މަސައްކަތަށް ފަހު 11/2008 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ސަބަބުން ޓެމްޕްލޭޓެއް ބޭނުންކުރުމުގެ ފުރުޞަތު ލިބުނުކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެ އިސްލާހު ގެނެސްފައި ވަނީ މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.

2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ
31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
19 ސެޕްޓެމްބަރު 2023

ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް

19 ސެޕްޓެމްބަރު 2023
ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް
19 ސެޕްޓެމްބަރު 2023

މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން، ޔާމީނުގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސަމީރު

19 ސެޕްޓެމްބަރު 2023
މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން، ޔާމީނުގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސަމީރު
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
18 ސެޕްޓެމްބަރު 2023

ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭނެ، ހަޤީޤަތާއި ޚިލާފު ޚަބަރު ނުފަތުރާ - ހަބީބު

18 ސެޕްޓެމްބަރު 2023
ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭނެ، ހަޤީޤަތާއި ޚިލާފު ޚަބަރު ނުފަތުރާ - ހަބީބު
18 ސެޕްޓެމްބަރު 2023

ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި

18 ސެޕްޓެމްބަރު 2023
ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ގިނައިން ރީ ރަޖިސްޓްރީ ކުރުމަކީ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން: އެމްޑީޕީ

17 ސެޕްޓެމްބަރު 2023
ގިނައިން ރީ ރަޖިސްޓްރީ ކުރުމަކީ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް