Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރްސީއެމް

އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި

އެޗްއާރްސީއެމްއިން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މޮނިޓަރިންގ ރިޕޯޓު އާންމުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ނޮވެމްބަރު 2023 | ހޮނިހިރު 07:21
އެޗްއާރްސީއެމް

އެޗްއާރްސީއެމް

އިންސާފުވެރިކަމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ލަފާދީފިއެވެ.

އެޗްއާރްސީއެމްއިން ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މޮނިޓަރިން ރިޕޯޓު އާންމުކޮށް، އިންތިޚާބުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ބައެއް ހުށަހެޅުންތައްވެސް ރިޕޯޓުގައި ހިމަނާފައެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ، ނޫސްވެރިންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެފައި ވާކަމަށާއި، ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން ދޭ ސްޕޮންސަރޝިޕް ފައިސާއާއި ޕަބްލިކް ރިލޭޝަންސްގެ ހަރަކާތްތަކުގެ ނަމުގައި ފޯރުކޮށްދޭ ފުރުސަތުތަކުގެ ސަބަބުން، ފުރިހަމަގޮތުގައި ދައުލަތް ޒިންމާދާރު ކުރުވުމަށް ހުރަސްތައް ހުރިކަން ފާހަގަކުރެވިފައި ވާކަމަށެވެ.

ވުމާއެކު، އިންތިޚާބުގެ ކެމްޕެއިނުގައި މީޑިއާތަކަށް ނާޖާއިޒު ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މީޑިއާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން، ގާނޫނީ އޮނިގަނޑުގައި ހިމެނުމަށް އެ ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ.  

އޭގެ އިތުރުން، ދައުލަތުގެ މީޑިއާއިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތަކުގައި ސަރުކާރު ހިންގާ ޕާޓީއާއި އެހެން ޕާޓީތަކާ އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ފުރުސަތު ކަށަވަރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެއެވެ.

ކޮމިޝަނުން އިތުރަށް ބުނީ، ސިޔާސީ މަސްރަހުގައި އެންޓި-ކެމްޕެއިން ކުރުމުގެގޮތުން, އަބުރު ގެއްލޭފަދަ ގޮތަކަށް ދޮގު ތުހުމަތުތައް ކުރުމާއި، ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމާއި ޒާތީ ދިރިއުޅުމަށް އަމާޒުކުރުމާއި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ކެންޑިޑޭޓުންނަށް އަމާޒުކޮށް އިތުބާރުނުހިފޭ ވާހަކަތައް ފަތުރާފައި ވާކަމަށެވެ.

އަދި އިދާރާތަކަށް އާންމު ރައްޔިތުން ކުރާ އިތުބާރު ގެއްލޭފަދަ ގޮތަކަށް ސިޔާސީ ފަރާތްތަކާއި ބައެއް މީޑިއާތަކުން މައުލޫމާތު ފަތުރާފައިވާކަން ފާހަގަކުރެވިފައި ވާކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެކަންކަން ހައްލުކުރުމަށްޓަކައި މީޑިއާތަކުން އަމަލުކުރާނެ ގައިޑްލައިނެއް މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލުމަށްވެސް އެޗްއާރްސީއެމްއިން ވަނީ ހުށައަޅާފައެވެ.

ހަމައެއާއެކު، އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ބެލުމުގެދަށުގައި މީހުން ބައިތިއްބާ މުއައްސަސާތައް ގުޅިގެން، މިފަދަ މަރުކަޒުތަކުގައި ތިބޭ މީހުންނަށް ވޯޓަރ އެޑިއުކޭޝަން ހަރަކާތްތަކާއި، އިންތިޚާބާގުޅޭ އަދާހަމަ މަޢުލޫމާތުތަކާއި، އަދި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މެނިފެސްޓޯއާއި ސިޔާސަތުތަކާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު