Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ

ކޮމިޝަނުން ވަނީ އިންތިޚާބުގެ ދެފުށްފެންނަކަން ޔަޤީންކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޑިސެމްބަރު 2023 | އާދީއްތަ 02:29
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން

ރިޔާސީ އިންތިޚާބު 2023 ވެގެން ދިޔައީ ދިވެހިރާއްޖޭގެ ދުސްތޫރީ ތާރީޚުގައި މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާ އެކުގައި ފެށިގެން ނިމެންދެން ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ނެރުނު ރިޔާސީ އިންތިޚާބު 2023 ރިޕޯޓްގައި ބުނީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއްގައި ބޭއްވި މި އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ފެނުނީ ކެތްތެރިކަން ކަމަށެވެ. އަދި އިންތިޚާބުގެ ޞައްޙަކަމާއި މިނިވަންކަން ކަށަވަރުކޮށް އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ހިނގާތޯ ބަލައި އެކަމަށް ފާރަވެރި ވި އޮބްޒާވަރުންނާއި މޮނީޓަރުން ކެންޑިޑޭޓުންގެ މަންދޫބުން އަދާކުރި ދައުރު ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތަކަށް ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނާއި ޢާންމުން ބޯލަނބައި، އެ ނިންމުންތައް ބަލައިގަތުމަކީ އިލެކްޝަންސް ކޮމިޝަނަށް މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ފަސޭހަވެގެން ދިޔަ ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީން ބުނީ އިންތިޚާބު އެހާ އޮމާންކޮށް ދިޔައީ، ޕާޓީތަކާ މަޝްވަރާކުރުމާއި މަޢުލޫމާތު ޢާންމު ކުރުމުގައި އަވަސްވެގަތުމާއި އިންތިޚާބުގެ ނިޒާމަކީ ދެފުށްފެންނަ ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަަމަށެވެ. އަދި ބޭރުގެ އޮބްޒާވަރުންގެ ރިޕޯޓުތަކުން، މި އިންތިޚާބުގެ އިންސާފުވެރިކަމާއި މިނިވަންކަމާމެދު ވަރަށްބޮޑަށް ތައުރީފު ކޮށްފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. އެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ އަމާންކަމާ ޞުލްޙަ މަސްލަޙަތު އިސްކޮށް ތަފާތު ޚިޔާލުތަކާއި ތަފާތު ސިޔާސީ ވިސްނުންތަކާއެކު ވެސް ކާމިޔާބު އަދި އަމާން އޮމާން އިންތިޚާބަކަށް ފުރުޞަތުދިނުމުން ޝުކުރު އަދާކުރާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ދެފުށްފެންނަކަން ޔަޤީންކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2023

ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"

31 ޑިސެމްބަރު 2023
ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"
31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
19 ސެޕްޓެމްބަރު 2023

ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް

19 ސެޕްޓެމްބަރު 2023
ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު