Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ޝެފީލްޑް ޔުނަައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ހާލަންޑް އަދި ޑި ބްރެނާ އަށް ނުކުޅެވޭ

ގާޑިއޯލާ ބުނީ ހާލަންޑް އަދި ޑި ބްރޭނާގެ އިތުރުން، އެ މެޗުގައި ޑޮކޫ އާއި ޖޯން ސްޓޯންސް އަށް ވެސް ނުކުޅެވޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2023 | ހޮނިހިރު 03:14
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހާލަންޑް އަދި ޑި ބްރޭނާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހާލަންޑް އަދި ޑި ބްރޭނާ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީން، ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އެ ޓީމަށް ކުޅެމުން އަންނަ ނޯވޭގެ އާލިން ހާލަންޑް އަދި ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ އަށް ނުކުޅެވޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގައި ސިޓީން ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ އެވެ. ގާޑިއޯލާ ބުނީ އެ މެޗުގައި ވެސް އެ ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށެވެ. އަނިޔާގެ ސަބަބުން ދެ ކުޅުންތެރިން ވެސް ކުޅުމުގަައި ދުރުގައި ތިބިއިރު، އެއީ ސިޓީ އަށް ކުރިމަތި ވަމުން އަންނަ ގޮންޖެހުންތަކެކެވެ.

އެންމެ ފަހުން ހާލަންޑް ސިޓީގައި ކުޅުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން، ފުރިހަމަ ވަގުތު ހަމަވަންދެން ހާލަންޑް ވަނީ ކުޅެފަ އެވެ. ނަމަވެސް، އޭގެ ފަހުން ސިޓީން ކުޅުނު އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެ އެވެ. އެއީ އޭނާ އަށް ލިބުނު އަނިޔާ އިން މުޅިން އެއްކޮށް ރަނގަޅު ނުވާތީ އެވެ. ނަމަވެސް، އަނިޔާ އިން ރަނގަޅުވެ، ޑިސެމްބަރު މަހު އޭނާ ވަނީ ސިޓީގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފަ އެވެ. ގާޑިއޯލާ ބުނެފައި ވަނީ، ހާލަންޑަށް ކުޅެވެނެ ދުވަހެއް ޔަގީން ވާނީ، ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ.

ސިޓީގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އައި ޑި ބްރޭނާ އަށް އަނިޔާވީ، ކޮމިއުނިޓީ ޝީލްޑް މެޗުގަ އެވެ. އާސެނަލާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ވަކި ހިސާބަކުން ޑި ބްރޭނާ އަށް އަނިޔާވީއިރު، ވަގުތުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އަނިޔާގެ ސަބަބުން ޑި ބްރޭނާ ވަނީ ސާޖަރީއެއް ވެސް ކޮށްފަ އެވެ. އެކަމުގެ ސަބަބުން ޑި ބްރޭނާ ކުޅުމާ ދުރުގައި ހުރިއިރު، ސިޓީ އަށް ވަނީ އެކަމުގެ އަސަރު ވެސް ކޮށްފަ އެވެ. އަނިޔާ އަށް ފަހު، ސިޓީގެ ފަރިތަކުރުންތަކަށް ޑި ބްރޭނާ ނިކުންނަން ފެށީ ގާތް ގަނޑަކަށް ހަތަރު މަސް ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެވެ.

ޝެފީލްޑް ޔުނައިޓެޑު މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ހާލަންޑް އަދި ޑި ބްރޭނާގެ އިތުރުން، އެ މެޗުގައި ޑޮކޫ އާއި ޖޯން ސްޓޯންސް އަށް ވެސް ނުކުޅެވޭނެ ކަމަށެވެ. މިވަގުތު ސިޓީ އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ.

މެންޗެސްޓަރ ސިޓީއާލިން ބްރައުޓް ހާލަންޑްކެވިން ޑި ބްރޭނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު