Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ އާއި ރޮނާލްޑޯ

ރޮނާލްޑޯ އަށް އޮތީ އިޙުތިރާމް، އަދި ވެސް ދަނީ އެންމެ މަތީ ފަންތީގައި ކުޅެމުން: މެސީ

22 ޖޫން 2025 | އާދީއްތަ 04:50

މެސީ ބުނީ އެހާ ގާތް ރަޙުމަތްތެރި ކަމުގެ ގުޅުމެއް ނެތް ނަމަވެސް، އަބަދު ވެސް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އަދާ ކުރީ އިންތިހާ އިޙުތިރާމް ކަމަށާއި، އޭގައި އިތުރު އެހެން ސަބަބެއް ނޯންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2025 | އާދީއްތަ 04:50
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަދި އާޖެންޓީނާގެ ކެޕްޓަން މެސީ

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަދި އާޖެންޓީނާގެ ކެޕްޓަން މެސީ

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އޮތީ އިޙުތިރާމް ކަމަށާއި، ރޮނާލްޑޯ އަދި ވެސް އަންނަނީ މަތީ ފަންތީގައި ކުޅެމުން ކަމަށް، އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ދާދި ފަހުން ރޮނާލްޑޯއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މެސީ ބުނެފައި ވަނީ، ރޮނާލްޑޯ އަށް، އަދި އޭނާގެ ފުޓުބޯޅަ ކެރިއަރަށް އޮތީ އިންތިހާ އަށް އިޙުތިރާމް ކަމަށެވެ. އަދި މިވަގުތު ވެސް ރޮނާލްޑޯ އަންނަނީ މަތީ ފަންތީގައި ކުޅެމުން ކަމަށް މެސީ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ދެ ކުޅުންތެރިންގެ ދެމެދުގައި އޮތް ވާދަވެރިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މެސީ ބުނެފައި ވަނީ، ވާދަވެރިކަން އޮތީ ހަމައެކަނި ދަނޑު މަތީގައި ކަމަށެވެ. އެއީ ކޮންމެ މީހަކު ވެސް ބޭނުން ވަނީ އެ މީހަކު ކުޅެމުން އަންނަ ޓީމު މޮޅުވާންކަން ފާހަގަކޮށް މެސީ ބުނީ، ހުރިހާ ކަމެއް ވެސް އޮތީ ދަނޑު މަތީގައި ކަމަށެވެ.

އެހެން ނަމަވެސް، ދަނޑުން ބޭރުގައި ދެ ކުޅުންތެރިންނަކީ ވެސް އާދައިގެ ދެ މީހުން ކަމަށް މެސީ ވަނީ ބުނެފަ އެވެ. ރޮނާލްޑޯއާ މެސީ އަކީ އެހާ ގާާތް ދެ ކުޅުންތެރިން ނޫން ކަމަށާއި، ސަބަބަކީ ދެ ކުޅުންތެރިން ވެސް އެހާ ގިނައިން ބައްދަލުވެފައި ނެތުން ކަމަށް ވެސް މެސީ ބުންޏެވެ.

މީގެ އިތުރުން މެސީ ބުނީ އެހާ ގާތް ރަޙުމަތްތެރި ކަމުގެ ގުޅުމެއް ނެތް ނަމަވެސް، އަބަދު ވެސް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އަދާ ކުރަނީ އިންތިހާ އިޙުތިރާމް ކަމަށާއި، އޭގައި އިތުރު އެހެން ސަބަބެއް ނޯންނާނެ ކަމަށެވެ.

މެސީ އާއި ރޮނާލްޑޯ ސްޕެއިންގައި ކުޅުނުއިރު މި ދެ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑެވެ. ޚާއްސަކޮށް ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗުތަކުގައި މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން ފެނިގެންދެ އެވެ. މި ދެ ކުޅުންތެރިން ވަނީ އެތައް ފަހަރަކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑަށް ވެސް ވާދަކޮށްފަ އެވެ.

މެސީ ވަނީ މިހާތަނަށް އަށް ފަހަރު ބެލެންޑިއޯ އެވޯޑު ކާމިޔާބު ކޮށްފަ އެވެ. އަދި ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލެންޑިއޯ އެވޯޑު ކާމިޔާބު ކޮށްފަ އެވެ. މި ދެ ކުޅުންތެރިން ސްޕެއިން ދޫކޮށްލި ފަހުން، އެންމެ ފަހުން މެޗެއް ކުޅުނީ 2023 ވަނަ އަހަރު އެވެ.

އެއީ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަޞްރާއި، ސައުދީގެ އަލް ޙިލާލް އިން އެކުލަވާލި ޓީމަކާއި، މެސީ އޭރު ކުޅެމުން އައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބައްދަލު ކުރި މެޗެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް