Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުގައި ޕްރިމިއާ ލީގުގެ ފުރަތަމަ ލަނޑާއެކު ހޮލުންޑަށް އުފާވެރިކަން

މިވަގުތު އޭނާ އަކީ، މުޅި ދުނިޔޭގައި ވެސް ހުރި އެންމެ އުފާވެރި މީހާ ކަމަށް ހޮލުންޑް ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2023 | ބުރާސްފަތި 02:15
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ރަސްމުސް ހޮލުންޑް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ރަސްމުސް ހޮލުންޑް

މެންޗެސްޓަރ ޔުނައިޓެޑުގެ ޖާޒީގައި، އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑާއެކު ޑެންމާކުގެ ފޯވާޑް ރަސްމުސް ހޮލުންޑަށް އިންތިހާ އަށް އުފާވެރިކަން ލިބިއްޖެ އެވެ.

އެޓަލަންޓާގައި ހުރުމަށްފަހު އޭނާ ޔުނައިޓެޑަށް ބަދަލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް، އޭނާ އަށް ޕްރިމިއާ ލީގުގައި ލަނޑެއް ޖެހިފައި ނުވެ އެވެ. އެ މެޗާ ހަމައަށް އައިއިރު، ޔުނައިޓެޑަށް ހޮލުންޑް ޖަހަފައިވާ ފަސް ލަނޑަކީ ވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަހާފައިވާ ލަނޑެވެ. ނަމަވެސް، ފަހަތުން އަރައި ޔުނައިޓެޑުން އެސްޓަން ވިލާގެ މައްޗަށް ކުރި ހޯދި މެޗުގައި ހޮލުންޑް ވަނީ ޕްރިމިއާ ލީގުގައި އޭނާގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ހޮލުންޑް ބުނީ، ޔުނައިޓެޑުގެ ޖާޒީގައި ޕްރިމިއާ ލީގުގައި ލަނޑެއް ޖެހުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ. އަދި މިވަގުތު އޭނާ އަކީ، މުޅި ދުނިޔޭގައި ވެސް ހުރި އެންމެ އުފާވެރި މީހާ ކަމަށް ހޮލުންޑް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އޭނާ ބުނީ، މިހާތަނަށް އައިއިރު ޔުނައިޓެޑުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އައި ކަމަށާއި، ޕްރިމިއާ ލީގުގައި އޭނާ އަށް ލަނޑު ނުޖެހޭތީ، ސަޕޯޓަރުންގެ ނުރުހުން އަންނަކަން ވެސް އިނގޭ ކަމަށެވެ. ނަމަވެސް، އެކަންކަމަށް މާބޮޑު ސަމާލުކަމެއް އޭރު ވެސް ނުދީ، ބޭނުންވީ ޔުނައިޓެޑާއެކު ކުރިއަށް ދާން ކަމުގައި އޭނާ ވަނީ ބުނެފަ އެވެ. އޭނާ ސިފަ ކުރި ގޮތުގައި، ޔުނައިޓެޑަކީ ކުރިއަށް ދެވޭނެ، މޮޅު ޓީމެކެވެ.

ޔުނައިޓެޑާއެކު ހޮލުންޑް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި 15 މެޗު ކުޅެފަ އެވެ. ލީގު ކަޕްގައި ދެ މެޗު ކުޅެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ވަނީ ހަ މެޗު ކުޅެފަ އެވެ. މިހާތަނަށް ޔުނައިޓެޑަށް އޭނާ ވަނީ ޖުމުލަ 23 މެޗު ކުޅެދީ، ހަ ލަނޑު ޖަހައިފަ އެވެ. ހޮލުންޑަކީ ޔުނައިޓެޑުގައި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

މެންޗެސްޓަރ ޔުނައިޓެޑްރަސްމުސް ހޮލުންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު