Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ރެޓްކްލިފާއެކު މަސައްކަތް ކުރަން ތައްޔާރު: ޓެން ހާގް

28 ޑިސެމްބަރު 2023 | ބުރާސްފަތި 02:11

އޭނާ ދެކޭ ގޮތުގައި އެެއީ ޔުނައިޓެޑަށް ލިބުނު ކުރިއެރުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޑިސެމްބަރު 2023 | ބުރާސްފަތި 02:11
މެންޗެސްޓަރ ޔުނައިޓެޑުގެ 25 އިންސައްތަ ހިއްސާ ގަނެފައިވާ ރެޓްކްލިފް

މެންޗެސްޓަރ ޔުނައިޓެޑުގެ 25 އިންސައްތަ ހިއްސާ ގަނެފައިވާ ރެޓްކްލިފް

މެންޗެސްޓާ ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެފައިވާ އިނގިރޭސިވިލާތުގެ ޖިމް ރެޓްކްލިފާއެކު މަސައްކަތް ކުރަން ތައްޔާރުކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ދާދި ފަހުން ޔުނައިޓެޑުން ވަނީ އެ ކުލަބުގެ 25 އިންސައްތަ ހިއްސާ އިނގިރޭސި މަހުޖަނަށް ވިއްކާލަން އެއްބަސްވެފައިވާކަން ހާމަކޮށްފަ އެވެ ޔުނައިޓެޑުގެ ހިއްސާ އޭނާ އަށް ވިއްކާލަން ނިންމާފައި ވަނީ 1.3 ބިލިއަން ޕައުންޑަށެވެ.

އެކަމާ ގުޅޭ ގޮތުން ޓެން ހާގް ބުނީ ރެޓްކްލިފާއެކު ކުރިއަށް ދާން ތައްޔާރަށް ހުރި ކަމަށެވެ. އޭނާ ދެކޭ ގޮތުގައި އެެއީ ޔުނައިޓެޑަށް ލިބުނު ކުރިއެރުމެކެވެ. އަދި ޔުނައިޓެޑުގެ މުސްތަޤުބަލަށްޓަކައި ނިންމި ފުރިހަމަ ނިންމުމެއް ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. ރެޓްކްލިފާ ގުޅޭ ގޮތުން އިތުރަށް އޭނާ ބުނީ، ރެޓްކްލިފަކީ ފުޓުބޯޅަ ހިންގުމުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މީހެއް ކަމަށެވެ. އެކަމުގެ ސަބަބުން ޔުނައިޓެޑުގެ ސަޕޯޓަރުން އެދޭ ފަދަ ކާމިޔާބީތައް ހާސިލްވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމުގައި ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑުހެ ހިއްސާ ގަތުމުގެ މަސައްކަތް ރެޓްކްލިފްގެ އިތުރުން، ޤަތަރުގެ މަހުޖަނެއް ކަމަށްވާ ޝޭހު ޖާސިމް ބިން ހަމަދު އަލް ތާނީ ވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް، ވަކި ހިސާބަކުން އޭނާ ވަނީ އެ މަސައްކަތް ދޫކޮށްލަައިފަ އެވެ. ޔުނައިޓެޑުގެ ހިއްސާ ގަތުމުގެ މަސައްކަތް ރެޓްކްލިފަށް ކާމިޔާބު ކުރެވިފައި ވަނީ, އެ މަސައްކަތް ފެށިތާ އަހަރެއްވީ ފަހުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްޖިމް ރެޓްކްލިފްއެރިކް ޓެން ހާގް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް