Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

ގައިން ތާހިރުވެލާނެ އެންމެ އަސާސީ މިންވަރުވެސް މިއަދު ޣައްޒާގައި ލިބޭކަށް ނެތް!

21 ޑިސެމްބަރު 2023 | ބުރާސްފަތި 09:26

މިދިޔަ ހަފުތާތަކުގެ ތެރޭގައި އެކަނިވެސް، ގައިން ގަޔަށް އަރާ ބަލިތައް ޖެހިގެން ޣައްޒާއިން 350000 ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ހާމަކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 ޑިސެމްބަރު 2023 | ބުރާސްފަތި 09:26
ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، ބޭރަށް ހިންގުމާއި، ހަމުގެ ބަލިތައް ޣައްޒާގައި މިހާރު އިންތިހާއަށް ފެތުރެމުން ދާ ކަމަށް އދގެ ރިޕޯޓްތައް ބުނޭ

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، ބޭރަށް ހިންގުމާއި، ހަމުގެ ބަލިތައް ޣައްޒާގައި މިހާރު އިންތިހާއަށް ފެތުރެމުން ދާ ކަމަށް އދގެ ރިޕޯޓްތައް ބުނޭ

ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުން ދިފާޢުވުމަކުން، ޣައްޒާގެ ރަށްވެހިންނަށް މިއަދު ލިބޭ އެއްވެސް ހިމާޔަތެއް އަދި ރައްކާތެރި ކަމެއްވެސް ނެތެވެ. 2 މަސް ދުވަހަށް ވުރެ ދިގުލައި ގޮސްފައިވާ ނަސްލު ދޮވެލުމުގެ ޤަތުލުޢާންމުގައި ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި މުޅި ޣައްޒާ އޮތީ ސުންނާފަތިވެ، ހަފުސްވެފައެވެ. ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައްވެސް ޣައްޒާގައި މިއަދު ނެތެވެ. ސާފުތާހިރު ވެވޭނެ ގޮތްތައް ދަތިވެ، ޣައްޒާގައި މިހާރު ދަނީ ހަލުވިކަމާއެކު އެކި ކަހަލަ ބަލިތައްވެސް ފެތުރެމުންނެވެ.

ޣައްޒާގައި އެކި ކަހަލަ ބަލިތައް ފެތުރެމުންދާ މި ދަނޑިވަޅުގައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، ދުވާލެއްގެ މައްޗަށް އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މަރުވެދާ މީހުންނަށް ވުރެ ގިނަ ބަޔަކު، ބަލިމަޑުކަމުގައި މަރުވެ ހިނގައިދާނެ ކަމުގެ އިންޒާރުދީފައެވެ. ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ މުޅުން އިނދަޖެހިފައެވެ. ގައިން ގަޔަށް އަރާ ބަލިތަކުގެ ނުރައްކާ، ޣައްޒާގައި ގެދޮރު ގެއްލިފައި ވާ 1.5 މިލިއަނެއްހާ މީހުންނަށް ކުރިމަތިވެފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ.

ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަށް ފައްސިވާ މީހުންގެ ޢަދަދު އިތުރު ވަމުން ދަނީ ހަލުވި ދުވެއްޔެއްގައެވެ. ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، ބޭރަށް ހިންގުމާއި، ހަމުގެ ބަލިތަކުގެ އިތުރުން، ސާފު ފެން ނުލިބުމާއި، ގައިން ތާހިރުވާނެ އެކަށީގެންވާ މާޙައުލެއް ނެތުމުގެ ސަބަބުން ޖެހޭ އިތުރު ބަލިތައްވެސް ޣައްޒާގައި މިހާރު އިންތިހާއަށް ފެތުރެމުން ދާ ކަމަށް އދގެ ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ އުތުރުގައި އޭނާގެ ޢާއިލާއާއެކު ދިރިއުޅެމުންދިޔަ ގެދޮރު ދޫކޮށް، ދީރް އަލް-ބަލާހްގެ ބީ ޕްރެޕަރޭޓަރީ ސްކޫލުގައި ހިންގާ ވަގުތީ ހިޔާވައްސަށް ބަދަލުވި އެކަކީ ރާޖީ އަބޫ އައްބޫދުއެވެ. ރާޖީ ބުނި ގޮތުގައި، އެ ހިޔާވައްސަކީ ޞިއްޙީ ގޮތުން ބަލާއިރު އެންމެ ރައްކާތެރި ވެއްޓެއް ނޫނެވެ.

ތަފާތު ބަލިތަކުގެ ޙާއްޔަކަށް ޣައްޒާ ވުމުގައި އެތައް ސަބަބެއް އެބަހުއްޓެވެ. އެންމެ ބޮޑު ސަބަބަކީ، ވަގުތީ ހިޔާތަކުގައި ޖާގަ ނެތް މިންވަރަށް އެތައް ޢާއިލާއެއްގެ ގިނަ ޢަދަދެއްގެ މެންބަރުންތައް ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވުމެވެ. ސާފު ފެނުގެ ސަޕްލައި އެހާމެ ތަދެވެ. ނަރުދަމާގެ ނިޒާމު އޮތީ ފެއިލްވެފައެވެ. ޢާންމު ދިރިއުޅުމުގައި އުފެދޭ އެކި ކަހަލަ ކުނިބުނި ދަނީ ފުނިފުންޏަށްޖެހެމުންނެވެ. ބޭސްފަރުވާގެ ސާމާނު ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރި އިރު، ގައިން ތާހިރުވުމަށް ބޭނުންވާ ސާމާނު ލިބުންވެސް އެހާމެ ދައްޗެވެ.

ޣައްޒާގެ ރަށްވެއްސެއް ކަމަށްވާ މަޙްމޫދު އަލް-ހައްސީ ބުނި ގޮތުގައި، ސާފުތާހިރުކަމަށް ބޭނުންވާ އެންމެ އަސާސީ މިންވަރުވެސް ޣައްޒާގައި މިއަދު ފުރިހަމަވާކަށް ނެތެވެ.

މިދިޔަ ހަފުތާތަކުގެ ތެރޭގައި އެކަނިވެސް، ގައިން ގަޔަށް އަރާ ބަލިތައް ޖެހިގެން ޣައްޒާއިން 350000 ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ބަލިތަކުގެ ކޭސް ނަމްބަރު އިތުރު ވާ ވަރަކަށް، ހޮސްޕިޓަލުތަކަށްވެސް ނުރައްކާ ބޮޑުވެއެވެ. އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލުގެ ތަރުޖަމާނު، ޚަލީލު އަލް-ދަރްކާން ވިދާޅުވި ގޮތުގައި، ބަލިޖެހިގެން އަންނަ މީހުން އިތުރުވެ، ހޮސްޕިޓަލުވެސް ތޮއްޖެހެނީއެވެ. އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރަމުން ދަނީ ކުޑަ ކުދިންނަށް ކަމަށްވެސް ތަރުޖަމާނު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ދުވަސްވަރަކީ ޣައްޒާއަށް ފިނިމޫސުމުގެ ދުވަސްވަރެވެ. ގަދައަށް ވިއްސާރަކުރާ ދުވަސްވަރެކެވެ. ހުރިހާ ކޮޅަކުން ބައްދާލެވިފައި އޮތް ޣައްޒާއަށް މިއީވެސް ގޮންޖެހުމެކެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ނަރުދަމާ ނިޒާމަށް އަދިވެސް އިތުރަށް ބާރުބޮޑުވެގެން ދިއުމުގެ ބިރުވެސް އިތުރު ވެފައި ވަނީ އިންތިހާއަށެވެ. ކަން މިހެން އޮތް އިރު، ތެޔޮ ނުލިބުމަކީވެސް ކުރިމަތިލާން ޖެހިފައި އޮތް އަނެއް ތަކުލީފެވެ. ތެޔޮ ނުލިބުމުގެ ސަބަބުން، ފެން ސާފުކުރާ ޕްލާންޓްތައް ވަނީ ބަންދުކޮށްފައެވެ. މިއާއެކު ފެނުގެ ތަޣައްޔަރުކަން އިތުރުވެ، ފެނުގެ ޒަރިއްޔާއިން އިތުރު ބަލިތަކެއް ފެތުރި، ބަލިމަޑުކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް