Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް ޔާމީން

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

އެ އިދާރާއިން ބުނެފައިވަނީ، ޔާމީނުގެ ފަރާތުން އެދިވަޑައިގެންފައިވާ ކަންކަމުގައި ޤާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޑިސެމްބަރު 2023 | ބުރާސްފަތި 08:22
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ހުއްދައަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި އެދިވަޑައިގެންނެވިކަމަށް ޔާމީނުގެ ވަކީލަކު ވިދާޅުވެއްޖެއެވެ.

ޔާމީނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ކަރެކްޝަންސްއިން ޔާމީނާއެކު ވެފައިވާ އިޤުރާރުގައި މަނާކޮށްފައިވަނީ ހަމައެކަނި ޓީވީ ސްޓޭޝަންތަކަށް ވަޑައިގެން ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ފަހުން ހުއްދައަށް އެދިވަޑައިގެންފައިވަނީ ޔާމީނުގެ ގެކޮޅަށް ނުވަތަ އޮފީހަށް ނޫސްވެރިއަކު ގޮސް ދަންނަވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި، ބަސްދީގަތުން ދެއްވުމަށްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެ ހުއްދަ ކަރެކްޝަންސްއިން ދީފައެއް ނުވެއެވެ.

ޔާމީނުގެ ފަރާތުން ދެވަނަ ކަމަކަށް އެދިވަޑައިގެންނެވީ އެމަނިކުފާނާ ބައްދަލު ކުރަން އެދޭ މީހުންނާ އަމިއްލަ ގެކޮޅުން ބައްދަލު ކުރެއްވުމަކީ އެންމެ ފަސޭހަ ގޮތްކަމަށް ނުވާނެތީ، އެފަދަ މީހުންނާ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އޮފީހުގައި ބައްދަލު ކުރެއްވުމުގެ ހުއްދައަކަށެވެ. ނަމަވެސް އެކަމަށްވެސް ކަރެކްޝަންސްއިން ހުއްދަ ދީފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ، މިހާރު ދީފައިވާ ލުއިތަށް ދިން ގޮތަށް، މި ލުއިތަށް ދިނުމަކަށް ވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެހެންނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ސުވާލުކޮށްލުމުން އެ އިދާރާއިން ބުނެފައިވަނީ، ޔާމީނުގެ ފަރާތުން އެދިވަޑައިގެންފައިވާ ކަންކަމުގައި ޤާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށާއި، އެކަންކަމަށް ހުއްދަ ނުދެއްވީ އެ ސަބަބުތަކާހުރެ ކަމަށެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މިހާރު ލުއިތަކާއެކު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށްވުރެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެސް މާރަނގަޅު ކަމަށް ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު