Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކްލަބް ވަރލްޑް ކަޕް

މެންޗެސްޓަރ ސިޓީ ކްލަބް ވަރލްޑް ކަޕް ފައިނަލަށް

ފައިނަލްގައި ވާދަކުރާނީ ބްރެޒިލްގެ ފްލުމިނެންސޭ އާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 20 ޑިސެމްބަރު 2023 | ބުދަ 03:34
ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު ކޮވަސިޗް

ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު ކޮވަސިޗް

ފީފާ ކްލަބް ވަރލްޑް ކަޕްގެ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ސިޓީ ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ސައުދީ އަރަބިއްޔާގައި ކުޅުނު ސެމީފައިނަލްގައި ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ސިޓީން ކުރިހޯދީ 3-0 ނެވެ. މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސިޓީ އަށް ކުރި ލިބުނީ ބައި ގޯލަކުންނެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ޖެހީ ކޮވަސިޗް އެވެ. އަދި ތިންވަނަ ލަނޑު ޖެހީ ބާނާޑޯ ސިލްވާ އެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ އެޓީމްގެ ކުޅުންތެރިންނަށް މިތަށި ހޯދަން ލިބޭ ފަހު ފުރުޞަތަށް ވެދާނެ ކަމަށާއި, އެހެންކަމުން މިއީ ވަރަށް މުހިއްމު އަދި ޚާއްޞަ ފައިނަލެއް ކަމަށެވެ. މީގެކުރިން މިމުބާރާތް އިނގިރޭސި ތިން ކްލަބަކުން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއި, ލިވަޕޫލާއި, ޗެލްސީ އެވެ.

ސިޓީއަށް މިތަށި މިހާތަނަށް ހޯދިފައި ނެތަސް, ގާޑިއޯލާ ވަނީ ދެ ކެލަބެއްގައި ދެފަހަރު މަތީން މިތަށި ކާމިޔާބުކޮށްފައެވެ. ސިޓީއާއެކު މިތަށި ހޯދަން ފައިނަލްގައި ވާދަކުރަން ޖެހޭނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރޒިލްގެ ފުލްމިނެންސޭ އާއެވެ. އެޓީމްގައި ހުރި މަޝްހޫރު ތަރިއަކީ ގާޑިއޯލާގެ ބާސެލޯނާއާ ދެކޮޅަށް އެތައް ފަހަރަކު ކުޅުނު ރެއާލްގެ ކުރީގެ ކެޕްޓަން މާސެލޯ އެވެ. ފުލްމިނެންސޭ ފައިނަލުން ޖާގަ ހޯދީ 2-0 ން އަލް އަހުލީ ބަލިކޮށްގެންނެވެ.

ފީފާ ކުލަބް ވޯލްޑް ކަޕްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު