Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބް ވޯލްޑް ކަޕް

އަހަރެން ހުއްޓައި ކްލަބް ވޯލްޑްކަޕް ކާމިޔާބު ކުރަންޖެހޭ: ގާޑިއޯލާ

މި ތަށި ހޯދަން އަބަދު ފުރުސަތެއް ނުލިބޭނެ: ގާޑިއޯލާ

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 10:56
ގާޑިއޯލާ ސިޓީއަށް ހޯދައިދިން ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓަށް ބަލަހައްޓައިގެން

ގާޑިއޯލާ ސިޓީއަށް ހޯދައިދިން ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓަށް ބަލަހައްޓައިގެން

ދުނިޔޭގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައި ކުޅޭ ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ, އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީން ކާމިޔާބު ކުރަންޖެހޭ މުބާރާތެއް ކަމަށް، ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ސައޫދީ އަރަބިއްޔާގައި، ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑާ ދެކޮޅަށް ކުޅެންޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ގާޑިއޯލާ ވަނީ ސްޕޭނުގެ ބާސެލޯނާގައި މި ތަށި ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ނަމަވެސް އޭނާ ބުނީ ސިޓީއަށް މި ތަށި ހޯދައިދިނުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެކަމަށެވެ. އޭގެ ސަބަބަކީ އިނގިރޭސި ލީގުގައި ވާދަވެރި އެހެން ޓީމުތަކަށް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީން މި ތަށި ކާމިޔާބުކޮށްފައިވުން ކަމަށެވެ.

2015 ވަނަ އަހަރު ސިޓީއާ ހަވާލުވިފަހުން މިދިޔަ ސީޒަނަކީ ގާޑިއޯލާގެ އެންމެ ކާމިޔާބު ސީޒަނެވެ. ސިޓީ ވަނީ ޕްރެމިއަރ ލީގާއި އެފްއޭކަޕް، އަދި ޗެމްޕިއަންސް ލީގާއި ޔޫރަޕިއަން ސުޕަރކަޕްވެސް ކާމިޔާބުކޮށްފައެވެ. މިހެންވެ ގާޑިއޯލާ ބުނީ މިވަގުތު އޭނާއަށް މަދުވަނީ ކުލަބު ވޯލްޑްކަޕުގެ ތަށި އެކަނި ކަމަށެވެ.

ކުލަބު ވޯލްޑްކަޕް މިހާރު ކުޅެނީ އެކި ބައްރުތަކުގެ ޗެމްޕިއަން ޓީމުތަކުގެ މެދުގައި ބާއްވާ މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް ފީފާއިން ވަނީ 2025 ވަނަ އަހަރުން ފެށިގެން މި މުބާރާތް 32 ޓީމުގެ މެދުގައި އެއް މަސްދުވަހުގެ މުއްދަތަށް ބާއްވަން ނިންމާފައެވެ. މިކަމާމެދު ގާޑިއޯލާ ބުނީ ބަދަލު ގެނައީ ފީފާއިން ކަމަށާއި، މިހެންވެ އެއީ އެންމެ ރަނގަޅު ނިންމުން ކަމަށް ބަލައި، ޓީމުތަކުން ޖެހޭނީ ސަޕޯޓް ދޭންކަމަށެވެ.

ކުލަބް ވޯލްޑް ކަޕް މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު