Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ކެވިން ޑި ބްރޭނާ ސިޓީގެ ފަރިތަކުރުންތަކަށް ނުކުންނަށް ފަށައިފި

19 ޑިސެމްބަރު 2023 | އަންގާރަ 02:38

ލިބުނު އަނިޔާއެއްގެ ސަބަބުން ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2023 | އަންގާރަ 02:38
މެންޗެސްޓަރ ސިޓީގެ ފަރިތަކުރުމުގައި ކެވިން ޑި ބްރޭނާ

މެންޗެސްޓަރ ސިޓީގެ ފަރިތަކުރުމުގައި ކެވިން ޑި ބްރޭނާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފިއެވެ.

ފީފާ ކުލަބު ވޯލްޑް ކަޕްގެ ސެމީފައިނަލް މެޗުގެ ކުރިން ސިޓީން ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށް ޑި ބްރޭނާ ވަނީ ނުކުމެފައެވެ. އެ ޓީމުގެ ފަރިތަކުރުންތަކަށް ޑި ބްރޭނާ ނުކުމެފައިވަނީ، ލިބުނު އަނިޔާއެއްގެ ސަބަބުން ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފައެވެ. ސިޓީގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އައި ޑި ބްރޭނާ އަށް އަނިޔާވީ، ކޮމިއުނިޓީ ޝީލްޑް މެޗުގައެވެ. އާސެނަލާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ވަކި ހިސާބަކުން ޑި ބްރޭނާ އަށް އަނިޔާވީއިރު، ވަގުތުން އޭނާ ވަނީ ބަދަލުކޮށްފައެވެ.

އަނިޔާގެ ސަބަބުން ޑި ބްރޭނާ ވަނީ ސާޖަރީއެއް ވެސް ކޮށްފައެވެ. އެކަމުގެ ސަބަބުން ޑި ބްރޭނާ ކުޅުމާ ދުރުގައި ހުރިއިރު، ސިޓީ އަށް ވަނީ އެކަމުގެ އަސަރު ވެސް ކޮށްފައެވެ. އަނިޔާ އަށް ފަހު ޑި ބްރޭނާ ފަރިތަކުރުންތަކަށް ނުކުންނަން ފެށި ނަމަވެސް، ރަސްމީކޮށް އޭނާ އަށް މެޗެެއް ކުޅެވޭނެ ދުވަހެއް ޔަގީންވެފައެއް ނުވެއެވެ. ނަމަވެސް، އަނިޔާ އަށްފަހު ޑި ބްރޭނާ އަލުން ކުޅެން ނުކުތުމަކީ، މިވަގުތު މާޔޫސްކަމެއްގެ ތެރޭގައި އޮތް ސިޓީ އަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެއެވެ.

މިދިޔަ ސީޒަނުގައި ސިޓީން ތިން ތަށި ކާމިޔާބު ކުރިއިރު، ޑި ބްރޭނާ އަކީ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ސިޓީ އަށް ކުޅެދިން 49 މެޗުގައި 10 ލަނޑު ޖަހައިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2017

އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ

10 އޮކްޓޯބަރު 2017
އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ
11 އޯގަސްޓު 2017

އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތި ލުމުން އިނގިރޭސި ޕްރިމިއާރ ލީގު މިރޭ ފަށަނީ!

11 އޯގަސްޓު 2017
އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތި ލުމުން އިނގިރޭސި ޕްރިމިއާރ ލީގު މިރޭ ފަށަނީ!
21 ޖުލައި 2017

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

21 ޖުލައި 2017
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
15 އެޕްރީލު 2017

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް