Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތި ލުމުން އިނގިރޭސި ޕްރިމިއާރ ލީގު މިރޭ ފަށަނީ!

މިރޭގެ މެޗުގައި އާސެނަލް އަދި ލެސްޓާގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 09:35
އާސެނަލް އަދި ލެސްޓާ ސިޓީގެ ބައެއް މުހިންމު ކުޅުންތެރިން

އާސެނަލް އަދި ލެސްޓާ ސިޓީގެ ބައެއް މުހިންމު ކުޅުންތެރިން

އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތިލުމުން އިނގިރޭސި ޕްރިމިއާ ލީގުގެ އާ ފުޓްބޯޅަ ސީޒަން މިރޭ ފެށިގެންދާނެއެވެ.

މިރޭ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށޭ އިރު މިފަހަރުގެ ޓްރާންސްފާ މާކެޓްގައި މި ދެޓީމަށް ވެސް ވަނީ އިނގިރޭސި ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގިނަ އަދަދެއްގެ އާ ކުޅުންތެރިންތަކެއް ގެނެސް ޓީމުތައް އިތުރަށް ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން ސީޒަން ހުޅުވާ މެޗުގައި މިރޭ ވާދަކުރާ ލެސްޓާ ސިޓީ އަދި އާސެނަލްއަށް ވަނީ ކުޅުންތެރިން ގެނެސް ޓީމުގެ އެކި މަގާމުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މި ފަހަރުގެ ސީޒަނަށް އާސެނަލްއިން ވަނީ އެޓީމުގެ ގޯލް ކީޕަރު ސަޒްނީ އަދި 10.3 މިލިއަން ޕައުންޑަށް އިޓަލީގެ ޔުވެންޓަސް އަށް ވިއްކާލުމަށް ފަހު ފްރާންސްގެ ލިޔޯންއަށް ކުޅެމުން އައި ހުނަރުވެރި ފޯވާޑް އެލެސެންޑަރ ލަކަޒޭޓް، 52 މިލިއަން ޕައުންޑުގެ ރެކޯޑް ފީއަކަށް އާސެނަލްއަށް ގެނެސްފައެވެ.

އަދި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔާޔާ ސަނޯގޯ ފްރާންސްގެ ޓޫލޫސް އަށް ދޫކޮށްލުމަށް ފަހު ސާލްކޭއަށް ކުޅެމުން އައި ސީޑް ކޮލަސެނިޗް ހިލޭ ޓްރާންސްފާގެ ދަށުން އާސެނަލްއަށް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން އާސެނަލްއިން ދަނީ މިރޭ އެޓީމާ ދެކޮޅަށް ނިކުންނަ ލެސްޓާ ސިޓީގެ ވިންގާ ރިޔާދް މަހްރޭޒް ގެންނަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އާސެން ވޭގާ ބުނެފައިވަނީ މަހްރޭޒް ގެނައުމުގެ މަސައްކަތް ކުޔިރައްދާ ކަމަށްބުނެފައެވެ.

މިރޭގެ މެޗަށް ލެސްޓާއާ ދެކޮޅަށް އާސެނަލް ނިކުންނައިރު އެޓީމު މިވަގުތު އޮތީ ރަނގަޅު ހާލަތެއްގައި ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމުގެ ސަބަބުން މިރޭ ލެސްޓާއާ ދެކޮޅަށް ނުކުޅެވޭނެއެވެ. އެގޮތުން މިރޭގެ މެޗުގައި ނުކުޅެވޭނެ ކުޅުންތެރިންގެ ތެރޭގައި އެލްކްސިސް ސަންޗޭޒް، މެސުޓް އޮޒިލް، މުސްތަފީ، ވިލްޝެއާ، ރަމްސޭ އަދި ކޮސައިންލީފަދަ ކުޅުންތެރިން ހިމެނެއެވެ.

މިރޭގެ މެޗާ ބެހޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފައިވަނީ މިރޭގެ މެޗަށް މުހިނމު ގިނަ ކުޅުންތެރިން އަނިޔާގައި ތިބުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ބޭނުންކުރާނީ މިވަގުތަށް އެންމެ ފިޓް އަދި އެންމެ ފޯމުގައި ތިބި ކުޅުންތެރިންކަމަށެވެ.

ލެސްޓާ ސިޓީއަށް ބަލާއިރު އެޓިމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ވަނީ ކުލަބު ދޫކޮށް އެހެން ކުލަބުތަކަށް ބަދަލުވެފައެވެ. އެގޮތުން ލެސްޓާގެ ދެވަނަ ގޯލް ކީޕަރ ރޮބާޓް ޒީލާ ޖަރުމަނުގެ ސްޓޫގާޓްއަށް ބަދަލުވެފައިވާއިރު އެޓީމުގެ އެޓޭކިން މިޑްފީލްޑަރ ބާޓޮސް ކަޕުސްކާ ވަނީ ޖަރުމަނުގެ ފްރެއިބާގްއަށް ބަދަލުވެފައެވެ.

އަދި މައިކަލް ކެއިން އާއި މާސިން ވެސިލޯސްކީ ހިލޭ ޓްރާންސްފާގެ ދަށުން ދޫކޮށްލާފައިވާއިރު، ނިމިގެން ދިޔަ ސީޒަނުގައި މެނެޗެސްޓާ ސިޓީއަށް ކުޅުނު ކެލެޗި އިހެނަޗޯ އާއި ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން އައި ވިސެންޓޭ އިބޯރާ އާއި ހަލްސިޓީގެ ދެކުޅުންތެރިން ކަމަށްވާ ހެރީ މަގުއިރޭ އަދި އެޑިން ޖެކްޕޮވިޗް ވަނީ ލެސްޓާ ސިޓީއަށް ގެނެސްފައެވެ.

ލެސްޓާއަށް ބަލާއިރު އެޓީމުގެ އެއް ނަމްބަރ ގޯލް ކީޕަރ ކޭސްޕާ ސްމައިކަލްގެ އިތުރުން އޭންޑީ ކިންގް އަދި މެޑްޑީ ވެސް މިވަގުތު ތިބީ އަނިޔާގައެވެ. އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި މިކުޅުންތެރިންނަށް ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

މިރޭ ލެސްޓާ އަދި އާސެނަލް ކުރިމަތިލާއިރު މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް 26 ވަނަ ދުވައެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ އާސެނަލްއެވެ.

އިނގިރޭސި ޕްރިމިއާލީގުގެ އާ ސީޒަން ހުޅުވާ މެޗުގައި ލެސްޓާ އަދި އާސެނަލް ބައްދަލުކުރާއިރު މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު